DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ވާހަކަ ވާހަކަ އެސިޓީއަށް ފަހު...

އެސިޓީއަށް ފަހު...


އަހަރެން އިނީ އަގައިން ބަސް ހުސްވެފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. އަހަރެން ވަނުމުން އަޒީމް އިސްއުފުލާ ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ހިތާމައިއިގެ އަސަރު ތަކެވެ. މާޔޫސް ކަމެވެ. ހީވަނީ ވަރަށް ގިނަ ވާހަކަ ތަކެއް ބުނަން ބޭނުންވެފައި އިންހެންނެވެ.

އަޒީމް... ކިހިނެއްތަ؟...

އަހަރެން އަޒީމަށް ގޮވާލުމުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އެކަމަކު އެހިނިތުން ވުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.

އަޒީމް އިށީދެއިން މޭޒުގެ އަނެއްފަރާތުގައި އިށީންނަމުން އަހަރެންގެ އަތުގައި އޮތް ފޮތްބޮނޑިއާއި ފައިލް މޭޒުމަތީގައި ބާއްވާލުމުން އަޒީމް އެތަކެއްޗަށް ވަރަށް ފުންކޮށް ނަޒަރު ހިންގާލިއެވެ.

ތިޔަ ހީވީ ހަމަ ރަނގަޅަށް... އަހަރެންގެ އަތުގައި މިހިރީ މުޅިންވެސް އަޒީމްގެ މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތައް... އަހަރެންނަށް އަދިވެސް ކާމިޔާބު ނުވެ އޮތް ކަމަކީ ނަދީމާގެ ބަހެއް ހޯދުން... އޭނާ އަދިވެސް އެއްވެސް އެއްޗެއް ނުބުނޭ... ވާހަކައެއް ނުދައްކާ... އޭނާގެ ފުރާނަ ހުއްޓަސް އެއީ ހަމައެކަނި ދިރިއޮތް މަސްގަނޑެއް... އޭނާގެ ހަމައެކަނި ހަރަކާތަކީ ލޮލުން އޮހޮރޭ ކަރުނަ...

އެންމެ ފަހުން ބަދަލުކުރީ 06:47 ހޮނިހިރު, 28 ނޮވެމްބަރ 2009