DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ކުޅިވަރު ކުޅިވަރު 9 ނަންބަރު ޖޯޒީގެ މައްސަލަ ހައްލުވެއްޖެ

9 ނަންބަރު ޖޯޒީގެ މައްސަލަ ހައްލުވެއްޖެ

ރާއްޖޭގެ ގައުމީ ޓީމުގެ 9 ނަންބަރު ޖޯޒީގެ މައްސަލައިގައި ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) އާއި މެނޭޖަރު އަލީ ވަޙީދުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުވެ އަޑުބަރޭ ޓީމުގެ ކިބައިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.


 

އަޑުބަރޭ ބުނީ 9 ނަންބަރު ޖޯޒީގެ މައްސަލައިގައި އުފެދިފައިވާ ހުރިހާ ކަމެއް ހައްލު ކުރުމަށް 9 ނަންބަރު ޖޯޒީ އެންމެ ފަހުން ބޭނުންކުރި އަޙްމަދު ތޯރިގް (ޓޮމް) އާއެކުވެސް މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަމުގައި ޓޮމްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް އަޑުބަރޭ ބުންޏެވެ. އެހެންކަމުން 9 ނަންބަރު ޖޯޒީ އަލުން އަޑުބަރޭއަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އަޑުބަރޭ ވަނީ ބުނެފައެވެ.

އަޑުބަރޭ ބުނީ މެނޭޖަރު އަލީ ވަޙީދަށް ކުރިން ފާޑު ކިއިފައި ވިޔަސް އެކަމަށް މައާފަށް އެދޭ ކަމަށެވެ. އަދި އަލީ ވަޙީދަކީ ވަރަށް ރަނގަޅު މެނޭޖަރެއް ކަމަށްބުނެ އަޑުބަރޭ އިއްޔެ ވަނީ އަލީ ވަޙީދަށް ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ.