DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ކުޅިވަރު ކުޅިވަރު ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގ އެއްވަނައިން ނުވެއްޓި ސްޕޭން 1 އަހަރު ހަމަކޮށްފި

ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގ އެއްވަނައިން ނުވެއްޓި ސްޕޭން 1 އަހަރު ހަމަކޮށްފި

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އިސް ޖަމްއިއްޔާ ކަމަށްވާ ފީފާއިން ކޮންމެ މަހަކު ހޮވަމުން އަންނަ ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގގެ އެއްވަނަ މިމަހުވެސް ސްޕެއިން ހޯދައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެއްވަނަ މަގާމުން ނުވެއްޓި ސްޕެއިން އަންނަނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހިފަހައްޓަމުންނެވެ. އެހެންވެ ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގގެ އެއްވަނައިން ނުވެއްޓި އެމަގާމު

ސްޕެއިން އެވަނީ އެއްއަހަރު ދުވަސް ވަންދެން ހިފަހައްޓާފައެވެ.

 

މިމަހު ދުނިޔޭގެ އެއްވަނަ ސްޕެއިންއަށް ލިބުނުއިރު މިދިޔަ މަހަށްވުރެ ވަނީ ޕޮއިންޓުގެ އަދަދުވެސް އިތުރު ވެފައެވެ. މިމަހުގެ ސްޕެއިންއަށް ލިބިފައި ވަނީ 1871 ޕޮއިންޓެވެ. މިއީ މިދިޔަ މަހަށްވުރެ 14 ޕޮއިންޓް އިތުރު އަދަދެކެވެ.

މިމަހުވެސް ރޭންކިންގގެ ދެވަނަ ލިބިފައި ވަނީ ހޮލެންޑަށެވެ. ނަމަވެސް މިދިޔަ މަހު ތިންވަނައިގައި އޮތް ބްރެޒިލް މިފަހަރު ވަނީ ދަށަށް ގޮސްފައެވެ. އެއީ މިދިޔަ މަހު 4 ވަނައިގައި އޮތް ޖަރުމަނު މިފަހަރު 3 ވަނަ އަތުލުމުންނެވެ. މިފަހަރު ހަތަރު ވަނައަށް ގޮސްފައި ވަނީ އިންގްލެޑެވެ. ބްރެޒިލްއަށް ލިބިފައި ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ފަސް ވަނައެވެ.