DhiMinivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ކުޅިވަރު ކުޅިވަރު ވީބީ ދޫކޮށް ދަގަނޑޭ ނިއުރޭޑިއަންޓަށް ބަދަލުވެއްޖެ

ވީބީ ދޫކޮށް ދަގަނޑޭ ނިއުރޭޑިއަންޓަށް ބަދަލުވެއްޖެ

ވީބީ އާއި ގައުމީ ޓީމުގެ ކެޕްޓަން އަދި ދެކުނު އޭޝިޔާގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވީބީ ދޫކޮށް ނިއުރޭޑިއަންޓަށް ސޮއި ކޮށްފިއެވެ. ވީބީން ދަގަނޑޭއަށް ރިލީޒް ދީފައިވާއިރު ނިއުރޭޑިއަންޓަށް ދަގަނޑޭ ދޫކުރީ ކިހާވަރެއްގެ އަދަދެއް ކަމެއް ވީބީއަކުންވެސް އަދި ނިއުއަކުންވެސް ކަށަވަރު ކޮށެއް ނުދެއެވެ.


 

ވީބީގެ ރިލީޒާއެކު ދަގަނޑޭ ނިއުރޭޑިއަންޓަށް ބަދަލުވެފައިވާއިރު ނިއުރޭޑިއަންޓަށް ވަނީ ވީބީ އާއި ގައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހަންމަދުވެސް ގެންގޮސްފައެވެ. މީގެއިތުރުން ވިކްޓްރީގެ ފޯވަޑް އިބްރާހިމް ފަޒީލްވެސް ވަނީ ނިއުއަށް ބަދަލުވެފައެވެ.

މިކުޅުންތެރިންގެ އިތުރުން ވީބީގެ ހަސަން ހަނީފް (ބެންޖޯ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ނިއުއަށް ސޮއި ކޮށްފި ކަމަށް ބަޔެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިކަން މުޅިން ކަށަވަރު ވެފައެއްނުވެއެވެ.