Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ކުޅިވަރު

ވީބީ ދޫކޮށް ދަގަނޑޭ ނިއުރޭޑިއަންޓަށް ބަދަލުވެއްޖެ

ވީބީ އާއި ގައުމީ ޓީމުގެ ކެޕްޓަން އަދި ދެކުނު އޭޝިޔާގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވީބީ ދޫކޮށް ނިއުރޭޑިއަންޓަށް ސޮއި ކޮށްފިއެވެ. ވީބީން ދަގަނޑޭއަށް ރިލީޒް ދީފައިވާއިރު ނިއުރޭޑިއަންޓަށް ދަގަނޑޭ ދޫކުރީ ކިހާވަރެއްގެ އަދަދެއް ކަމެއް ވީބީއަކުންވެސް އަދި ނިއުއަކުންވެސް ކަށަވަރު ކޮށެއް ނުދެއެވެ.

އިތުރަށް ވިދާޅުވުމަށް...
 

9 ނަންބަރު ޖޯޒީގެ މައްސަލަ ހައްލުވެއްޖެ

ރާއްޖޭގެ ގައުމީ ޓީމުގެ 9 ނަންބަރު ޖޯޒީގެ މައްސަލައިގައި ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) އާއި މެނޭޖަރު އަލީ ވަޙީދުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުވެ އަޑުބަރޭ ޓީމުގެ ކިބައިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...
 

އެންމެ ފަހު ވަގުތު ދަގަނޑޭ ގައުމީ ޓީމަށް ނަގައިފި

ފައިގެ ކަށިކޮޅެއްގައި ރެނދެއް ލާފައިވާ ކަމަށް އެކްސްރޭ ތަކުން ކުރިން ދެއްކި ނަމަވެސް ދާދި ފަހުން އިންޑިޔާއަށް ގޮސް ނެގި އެކްސްރޭ އިން ރެނދު ލާފައިވާ ނެތް ކަމަށް ދެއްކުމުން ގައުމީ ޓީމުގެ ސްކޮޑުން ބާކީ ކޮށްފައިވާ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެންމެ ފަހު ވަގުތު ޓީމަށް ނަގައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 

އެންމެ ފަހު ވަގުތު އަޑުބަރޭ ގައުމީ ޓީމުން ބާކީ ކޮށްފި

އިންޑިޔާގެ ގައުމީ ޓީމާ ދެކޮޅަށް މިރޭ ރާއްޖޭގެ ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަށް ނަގާފައިވާ ގައުމީ ޓީމުން ފޯވަޑް އަސްއަދު އަލީ (އަޑުބަރޭ) ފަހު ވަގުތު ބާކީ ކޮށްފިއެވެ.

ގައުމީ ޓީމުގެ މެނޭޖަރު އަލީ ވަޙީދު (ބަލަކް) ބުނީ ފަހު ވަގުތު އަޑުބަރޭ ޓީމުގެ ސްކޮޑުން ބާކީ ކުރަން ޖެހުނީ އަޚްލާގީ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ބަލަކް ނުބުނެއެވެ. އެކަމަކު އިތުބާރު

އިތުރަށް ވިދާޅުވުމަށް...
 

އިންޑިޔާއާ ދެކޮޅަށް މިރޭ ކުޅުވާނީ އީރާނާ ދެކޮޅަށް މާލޭގައި ކުޅުވަން ބޭނުންވާ ސްޓައިލަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ބުނެފި

އިންޓަރނޭޝަނަލް ފްރެންޑްލީ މެޗުގައި މިރޭ އިންޑިޔާގެ ސީނިއަރ ގައުމީ ޓީމާ ދެކޮޅަށް ދިވެހި ކުޅުންތެރިން ލައްވައި ކުޅުވާނީ ވޯލްޑް ކަޕް ކޮލިފައިންގގައި އީރާނުގެ ގައުމީ ޓީމާއެކު ގަލޮޅު ދަނޑުގައި ކުޅެން އޮތް މެޗުގައި ދިވެހި ޓީމު ލައްވައި ކުޅުވަން ބޭނުންވާ ގޮތަށް ކަމުގައި ދިވެހި ޓީމުގެ ކޯޗު ޑީއޭގޯ ކުރުސިއާނީ ބުނެފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 


Page 1 of 4