· 2013 ވަނަ އަހަރުވެސް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުވެސްކާމިޔާބު ކުރައްވާނީ ރާއްޖޭގެ ގިނަ ބަޔަކަށް ދީލަތި ކަމާއި އެކު އޯގާތެރި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ މަޝްހޫރު ވިޔަފާރިވެރިޔާ ދިވެހި ޖުމުހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގެ އެހީތެރިކަން ލިބިވަޑައިން ރިޔާސީ އިންތިހާބަށް ނިކުމެވަޑައިނަވާ ބޭފުޅަކަށް ކަމަށް މިހާރުވެސް
ރާއްޖޭގެ މަސްރަހު ދިރާސާ ކުރާފަރަތް ތަކުން ބުނަން ފަށައިފިއެވެ އެފަދަ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ ސިޔާސީ މައިދާނުން ގާސިމްގެ ބާރުކަނދުވާލަން މިހާރުގެ ވެރިކަން ކުރާ ޕާޓީގެ ފަރާތުން ކިތައްމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވިޔަސް އެޕާޓީގެ މެމްބަރުންގެތެރެއިން ވެސް ސީދާ މިހާރުގެ ރައިސް ނަޝީދަށް ސަނާކިޔުއްވަމުން ގެންދަވާ މެމްބަރުން ފިޔަވައި އިތުރުބަޔަކަު އެފަދަ ވާހަކަ އަޑު ނާހާނެ ކަމަށާއި އެޕާޓީ ގައި ވެސް ހިމެނޭ ހެޔޮވިސްނޭ މެމްބަރުން ، މިސަރުކާރު ގެންނެވުމަށް ގާސިމް އިބްރާހިމް ވެވަޑައިންނެވި ގުރުބާނީ ހަނދާން ނައްތާނުލާނެ ކަމުގައި ވެސް ެފަދަ ފަރަތް ތަކުން ދަނީ ބުނަމުންނެވެ އެފަދަ ފަރަތްތަކުން ބުނަމުންދާ ގޮތުގައިަބަދުވެސް ގާސިމުގެ ފަހަތުގައި ރާއްޖޭގެ ގިނަ ބަޔަކު ތިބޭނެ ކަމަށާއި މިހަރުގެ ރައިސް ވެސް އިތުރު ދައުރެއް ބޭނުންވެލައްވާ ނަމަ ކޮންމެހެނވެސް ގާސިމްގެ އެހީތެރިކަމަށް އެދިވަޑައިންނަވަން ޖެހިވަޑައިން ނަވާނެކަމަށް ވެސް ނަޝީދު ނިސްބަތް ވެ ވަޑައިންނަވާ ޕާޓީ އަށް ނިސްބަތްވާ ގިނަ މެމް ބަރުން ވެސް ބުނާތީ މިހާރުދަނީ ހޮޓާ ތަކާއި ކެފޭ ތަކުގެތެރެިނ އިވެމުންނެވެވީމާ ކޮއްމެ ބޭފުޅަކު ކަމުގައި ވިޔަސް ވެރިކަން ބޭނުން ވެވަޑައިންނަވާނަމަ ކޮއްމެހެންވެސް ގާސިމް ގެ އަތްޕުޅުގައި ހިއްޕަވާނެކަމަށް ވަރަށް ބޮޑަށް ދަނީ ބެލެވެމުން ނެވެ








