Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް ކުއްލިއްޔާގެ މައްސަލަ: ހޭޔަންބޯ އަރަތެއްބާ؟

ކުއްލިއްޔާގެ މައްސަލަ: ހޭޔަންބޯ އަރަތެއްބާ؟


ސައިތައްޓެއް ބޯލަންވެގެން ހޮޓަލަށްވަނީމެވެ. ''ކޮބާ ކުއްލިއްޔާ ވެސް އުވާލީ ދޯ'' އެކަކު ބުނި އަޑު އިވުނެވެ. ''އުވާލަންވީ އުވާލަންވީ. ބަހައްޓާނެކަމެއް ނެތް'' އަނެކަކު ބުނާ އަޑު އިވުނެވެ. ''އުވައެއް ނުލައެއްނު. ހަމަ އެކަނި އިނގިރޭސި ނަން ބަދަލުވީ'' ތިންވަނަ މީހާ ބުނެލި އެވެ. ''އާނ! އިމާރާތް ތަޅައެއް ވެސް ނުލާ''
ކޮންމެ ޔަކަސް ހަތަރު ފަސްމީހުންގެ ވާހަކަ އަކީ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ އުވާލި ވާހަކަ އެވެ. އެކަކު ބުނަނީ އެ ތަން އުވާލީ ނޫން ކަމުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެތަނުގެ ނަންބަދަލު ކުރީ ކަމުގަ އެވެ.
ކަންވެގެން އުޅޭ ގޮތް އޮޅުން ފިލުވައިލީމެވެ. އެމީހުން ބަހުސު ކުރަނީ އެންމެ ކަމަކާއެވެ. ކުއްލިއްޔާ އަކީ ރާއްޖޭގައި ޢަރަބި ބަހާއި އިސްލާމްދީނުގެ ތަޢުލީމު ފަތުރާދޭ ކޮލެޖެކެވެ. މި އަދު ޑީ. އާރު. ޕީން ނެރެފައިވާ ނޫސްބަޔާން ބުނާ ގޮތުގައި، ހިޖުރީ ފަނަރަވަނަ ޤަރުނު ފެށުނީއްސުރެ މި އަދާ ހަަމަޔަށް  ކުއްލިއްޔާގެ މި ޚިދުމަތް އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންނެވެ. ކޮންމެ އަހަރަކު އެތައް ކުދިންނެއް ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވަ އެވެ. ކޮންމެ އަހަރަކު އެތައް ކުދިންނެއް ބޭރުގެ ތަޢުލީމު ނިންމާފައި އެނބުރި ޚިދުމަތަށް ރާއްޖެ އާދެ  އެވެ.
1980ވަނަ އަހަރު މަޢުހަދެއްގެ ގޮތުގައި ހުޅުވުނު މި މަދަރުސާގައި އޭރު ތިބީ އެންމެ 32 ދެކުދިންނެވެ. 16 ފިރިހެން ކުދިންނާއި، 16 އަންހެންކުދިންެނެވެ. ހުރީހަމަ އެކަނި ދެ ކުލާސްރޫމެވެ. މި އަދު  ތިން ހާހަށްވުރެ ގިނަ ދަރިވަރުން އެބަ ތިއްބެވެ. އެ މަޢުހަދުންވަނީ ޓެކްނިކަލްދާއިރާއަށާއި، މެޑިކަލްދާއިރާއަށާއި، ޢަސްކަރީދާއިރާއަށާއި، ޤާނުނާއި، ކިޔަވައިދިނުމުގެ ދާއިރާއަށްވެސް ރަނގަޅު އެތައް ދަރިންނެއް ބިނާކޮށްފައެވެ.
2004ގައި މަޢުހަދު ކުއްލިއްޔާއަކަށްވީ ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ބިނާވެގެން އައުމުގެ ތަޞައްވުރުގައި ކަމަށް، ކުއްލިއްޔާއިން ހާމަ ކުރެ އެވެ.  ސަބަބަކީ، ކުއްލިއްޔާ އުފެދިފައިވަނީ ހިޖުރީ އާ ޤަރުނު ފެށުމުގެ މުނާސަބަތުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ އައި ސީ) ގެ ސަމިޓުން ނިންމި ނިންމުމަކަށެވެ.
ނަމަވެސް މި އުންމީދު މިހެން އޮއްވައި މި އަދު މި ވަނީ ކުއްލިއްޔާއަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީއެއްކަމުގައި ހަމަ ޖައްސާފަ އެވެ. އެކަމަކު، ޢަރަބި ބަހުން އަދި ވެސް ކިޔާނީ ކުއްލިއްޔާކަމަށް ރަސްމީ ޚަބަރުތައް ބުނެ އެވެ. ސުވާލަކީ، ޢަރަތްބަކަށް މި އަޑު އިވޭ ހިނދު އޭނާ އަށް ކުރެވޭނީ މިއީ ކޮލެޖެއްކަމުގެ އިޙްސާސެވެ. ސަބަބަކީ، ޢަރަބިބަހުން ކޮލެޖަށް ކިޔަނީ ކުއްލިއްޔާކަމަށްވީތީ އެވެ. ނަމަވެސް އިނގިރޭސި ބަހުން ފެކަލްޓީއެއްގެ ގޮތުގައި ކުއްލިއްޔާގެ ނަންކިޔާތީ، އިނގިރޭސިއަކަށް ވިސްނޭނީ މާ ދަށް މާނަ އެއްގަ އެވެ. ފެކަލްޓީ އެއްގެ މާނައިގަ އެވެ. ހަމަ އެހެންމެ ކޮލެޖެއްގެ ދަށުގައި ކޮލެޖެއް ނުހުންނާނެ ތީ އެވެ. އާންމު ދިވެެއްސަކަށް މި ބަސް މާނަ ކުރެވޭނީ ކިހިނެއްބާވަ އެވެ؟ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވަނީ ކުއްލިއްޔާ އުވާ ނުލައްވާކަމަށެވެ. އެކަމަކު ކޮލެޖެއްގެ ފެންވަރުން ފެކަލްޓީ އެއްގެ ފެންވަރަށް ދަށަށް ހިނގައްޖެ އެވެ. އެ ޑިޔުކޭޝަނުން ވިދާޅުވަނީ ކުއްލިއްޔާއަށް މި ކަމުގެ ސަބަބުން ވާނީ ފައިދާ ކަމުގަ އެވެ. ނަމަވެސް ޑީ އާރު ޕީ ގެ ނޫސްބަޔާން ބުނާ ގޮތުން، އެއީ ހޮސްޕިޓަލެއް ހެލްތު ޕޯސްޓަކަށް ބަދަލު ކުރުންފަދަ ނިކަމެތި ޢަމަލެކެވެ. ކޮންމެ އަކަސް އެނގޭކަމަކީ، ކުއްލިއްޔާ އިސްލާމިކް ޔުނިވަރސިޓީއަކަށް ވުމަށް އޮތް ފުރުޞަތު ގެއްލިއްޖެ ކަމެވެ. ބައެއް ކޯސްތައް އަލުން ނުފަށާނެ ކަމެވެ. އިނގިރޭސި ނަމުން ކީމާ ލިބޭމާނައާއި ޢަރަބި މާނައާ ފެންވަރުގައި މުޅިން ތަފާތެވެ. ''އެއީ އެކަކަށް އަންހެން ނަމަކާއި، ފިރިހެން ނަމެއް ކިޔުން ކަހަލަ ކަމެއް. ފިރިހެން ނަން އަޑު އިވޭ ވަގުތު ހީވާނީ އެއީ ފިރިހެނެކޭ. އަންހެން ނަމުން ގޮވާލެވޭ ވަގުތު ހީވާނީ އެއީ އަންހެނެކޭ'' ކުއްލިއްޔާގެ ނަންހާމަ ކުރަން ބޭނުން ނުވާ ދަރިވަރަކު ބުންޏެވެ. ކޮންމެ އަކަސް، ސިޔާސީ ވިސްނުމުން ނެއްޓި އަޅުގަނޑުމެން އާންމު ދިވެެެއްސަކު މިނަމާއި، މި ބަދަލު  މާނަ ކުރާނީ ކިހިނެއްބާވަ އެވެ؟