Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ރިޕޯރޓް ރިޕޯރޓް 2013ވަނަ އަހަރު ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަނެ ލީޑަރަކަށް ވާނީ ކާކުބާ؟؟

2013ވަނަ އަހަރު ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަނެ ލީޑަރަކަށް ވާނީ ކާކުބާ؟؟

Nor

އެމްޑީޕީ އިއްތިހާދަކީ މިހާރު ރާއްޖޭގެ ސަރުކާރު ހިންގަވާ ފަރާތެވެ. މިސަރުކާރު ރާއްޖެއަށް ގެންނެވުމަށް އެތައް ޕާޓީއެއް އިއްތިހާދުވިއެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއާއި،

އިބްރާހީމް އިސްމާޢީލްގެ ލޭބަރ ޕާޓީއާއި، ޢަދާލަތު ޕާޓީފަދަ ޕާޓީތައް ހިމެނެއެވެ. މީގެ އިތުރަށް ޑޮކްޓަރ ޙަސަން ސަޢީދު ހިމެނިވަޑައިގަންނަވާ ދިވެހި ގައުމީޕާޓީގެ އިތުރުން ގައުމީ އިއްތިހާދުވެސް ހިމެނެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާ ވާދަކުރައްވައި މިހާރުގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވީ އިސްދެންނެވި ޕާޓީތަކުގެވެސް ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. ޚާއްސަކޮށް ޑޮކްޓަރ ޙަސަން ސަޢީދާއި، ޤާސިމް އިބްރާހީމް ކޮށް ދެއްވި މަސައްކަތް މިހާރުވެސް ހަނދާން އެބަހުއްޓެވެ.

ކުރީގެ ރައީސް މައުމޫން ސަރުކާރުގެ އިސްމަގާމްތައް ފުރުއްވުމަށްފަހު ގާސިމާއި، ޑޮކްޓަރ ޙަސަން މައުމޫނާ ދެކޮޅަށް ނިކުމެ ވަޑައިގެން ރައީސް ނަޝީދަށް އެއްބާރު ލެއްވުން ދެއްވެވި ސަބަބުން ސީދާ އެނގި ވަޑައިގަންނަވާނީ އެބޭފުޅުންނަށެވެ.

ކޮންމެ ގޮތެއްވިޔަސް ރައީސް ނަޝީދަށް ވެރިކަން ލިބި ވަޑައިގެންނެވީ ގާސިމް އިބްރާހީމް ފަދަ ބޭފުޅުން ކޮށް ދެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ. ރައްޔިތުންގެ މެދުގައި އެބޭފުޅުންނަށް ލިބިފައިވާ މަޝްހޫރު ކަން ބޭނުން ކުރައްވައިގެން ރައީސް ނަޝީދަށް ވޯޓު ހޯއްދަވައި ދެއްވިއެވެ. އަދި ވެރިކަން ކާމިޔާބުވެސް ކޮށް ދެއްވިއެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ގެންނެވުމާއެކު ގާސީމް އިބްރާހީމަށް ހޯމްމިނިސްޓަރުކަން ދެއްވިއެވެ. ޑޮކްޓަރ ޙަސަން ސަޢީދަށް އެޑުވައިޒަރުކަން ދެއްވިއެވެ. އެންމެ ފަހުން ފެނުނީ މިދެބޭފުޅުންވެސް ސަރުކާރުން އިސްތިއުފާ ދެއްވި ތަނެވެ. މިސަރުކާރާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން އިސްތިއުފާ ދެއްވުމަށްފަހު ޑޮކްޓަރ ޙަސަން ސަޢީދު ހިމެނި ވަޑައި ގަންނަވާ ގައުމީ ޕާޓީންވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފަށްޓަވައިފައެވެ.

ގާސިމް އިބްރާހީމަކީ ރައްޔިތުންނަށް އަބަދުވެސް ހުރިހާ ގޮތަކުން އެހީތެރިވެ ވަޑައިގަންނަވަމުން ގެންދެވި ބޭފުޅެކެވެ. އެހެން ކަމުން އެމަނިކުފާނަށް ތާއީދު ކުރައްވާ މީހުންވެސް މަދެއް ނޫނެވެ. މިހާރުވެސް މަދެއް ނޫނެވެ. ގާސީމާއި ޑޮކްޓަރ ޙަސަން ސަޢީދަށް މިފަސް ގަނޑުން ލިބިފައިވާ ޖާގަ މިހާރުގެ ރައީސަށް ހުސްކޮށް ދެއްވިއެވެ. ނަމަވެސް މިބޭފުޅުންގެ ޚިޔާލާ ރައީސް ނުވަތަ ސަރުކާރުގެ ޚިޔާލާ އެއްގޮތްވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން މިދެބޭފުޅުންވެސް ސަރުކާރުން އިސްތިއުފާ ދެއްވީއެވެ.

ރިޔާސީ އިންތިޚާބުގައި މިދެބޭފުޅުންވެސް ވާދަ ކުރެއްވިއެވެ. ނަމަވެސް ފުރަތަމަ ބުރުން ފޭލިވެ ވަޑައިގެންނެވިއެވެ. އޭރުވެސް އެބޭފުޅުންނަށް ތާއީދު ކުރެއްވި އެތައް ހާސްބަޔަކު މިހާރުވެސް އެބަތިއްބެވިއެވެ. އެމީހުންގެ އެއްބާރުލުން އަދިވެސް މިބޭފުޅުންނަށް އޮންނާނެއެވެ.

ރިޔާސީން އިންތިޚާބުން ފޭލިވިޔަސް ގާސީމް އިބްރާހީމް ރައްޔިތުންނަށް ދެއްވާ އެހީތަކަށް ބަދަލެއް ނުގެންނަވައެވެ. އަދިވެސް އެމަނިކުފާނު ހުންނެވީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެން ގައުމުގެ ގައުމުގެ ދަރިންނަށް ކޮންމެވެސް ކަމެއް ކޮށްދެއްވުމަށް ތައްޔާރަށެވެ. އެކަން މިހާރުވެސް އަޅުގަނޑުމެންނަށް އެބަ އެނގެއެވެ. އެމަނިކުފާނަކީ މިހާރުވެސް ސިޔާސީ ޕާޓީއެއްގެ ލިޑަރެކެވެ. އެހެން ކަމުން ކުރިއަށްއޮތް 3102 ވަނައަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިސްނައިގެން ނުވާނެއެވެ. އެހެން ކަމުން ކުރީގެ ތަޖުރިބާ ބޭނުން ކުރައްވައިގެން އެމަނިކުފާނުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރެވެއެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީއޭ ގެ ރައީސް ޢަބްދުﷲ ޔާމީނާއި، ޑީއާރުޕީގެ އަޙުމަދު ތަސްމީން ޢަލީ ވާދަ ކުރައްވާނެއެވެ. އަދި އެމްޑީޕިންވެސް ކެންޑިޑަކު ކުރިމަތި ލައްވާނެއެވެ. އެހެން ކަމުން މިފަދަ ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް އެންމެ ކަމުދަނީ ކޮންބޭފުޅެއްކަން މިހާރުން ފެށިގެން ކަނޑައަޅައިފައި ބެހެއްޓުން ވަރަށް މުހިންމުވާނެއެވެ. މިބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް އަމިއްލަ ގޮތުންވެސް ކަންކަން ކޮށްދެވޭނެ މީހަކު އިޚުތިޔާރު ކުރުން ވަރަށްރަނގަޅުވާނެއެވެ. މާޒީއަށް ބަލާފައި ކަންކަން ނިންމުން ވަރަށް މުހިންމެވެ.

އެންމެ ފަހުން ބަދަލުކުރީ 20:01 ބުދަ, 10 މާރޗް 2010