އެއްވެސްމީހަކަށް ޓެރަރިޒަމްގެ މާނަ އޮޅުވައެއް ނުލެވޭނެއެވެ. އަދި ތިމާ ހަމަ ހިތައްއެރިހާ ތަރުޖަމާއެއްވެސް ނުކުރެވޭނެއެވެ. އޮރެންޖެއް ދިވެހިރާއްޖޭގައި އޮރެންޖަކަށްވެފައި ޗައިނާގައި އާފަލަކަށް ނުވާނެއެވެ. އެވާނީ ހަމަ އެޔަށެވެ. އެމެރިކާގެ ރައީސަކަށްވިޔަސް،އިނގިރޭސި ރާނީޔަކަށްވެސް ، ދިވެހި ރައީސަކަށްވެސް އޭގެ މާނަޔާއި އޭގެ ތަފްސީލު އޮޅުވައެއްނުލެވޭނެއެވެ. މީ އެންމެން ދަންނަކަމެކެވެ. ނަމަވެސް މި ފަހުގެ ތާރީޚްގައި މި ވޭތުވެދިޔަ 70 ނުވަތަ 50 ކަށް އަހަރު ތެރޭގައި މި ލަފްޒުގެ މާނަ ބަދަލުކޮށް ޔޫރަޕްގެ "ކާފަރުންގަނޑު" ހިތުން މީގެ މާނަ އޮޅުވައި މުސްލިމުންގެ ބޮލުގައި އަޅުވަން ވަރަށް މަސައްކަތް ކުރެއެވެ. އަދި އޭގެ ޝިކާރަޔަކަށް ބައެއް މުސްލިމު އަޚުންނާއި އުޚުތުން ވާތަން މަދުން ނަމަވެސް އެބަފެނެއެވެ. ބަހުގެ ހަމަތަކުގެ މަތިން މި ލަފްޒުގެ މާނަ ބަލަމާ ހިނގާށެވެ.
މިދިޔަ 200 ވަރަކަށް އަހަރު ކުރިން ބަހުގެ އަސްލު އަހުލުވެރިން އެމިހުންގެ އެންމެ މުސްކުޅި ޤަދީމީ އިނގިރޭސި ރަދީފުތަކުގައި ޓެރެރިޒަމްގެ މާނަ ކޮށްފައިވަނީ ކޮބައިކަން ބަލައިލުމަކީ މިވަގުތު ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މިގޮތުން އިނގިރޭސީގެ އެންމެ ދުވަސްވީ ރަދީފުތައް ކަމުގައިވާ ( ފަންކިންވެގްނާ، ވެބްސްޓާރސް، ނުވަތަ އޮކްސްްފޯރޑް ) ރަދީފުގައި މި ލަފްޒުގެ މާނަޔަށް ބަލަމާ ހިނގާށެވެ. އެގޮތުން މީގެ މާނަޔަކީ: (Terrorism: The act of spontaneous or protracted infliction of systematic attacks and assaults upon individuals and places within human population with the purpose of fear and trauma”) ނޫން ނަމަ އަންނަނިވި ގޮތަށް މި ލަފްޒުގެ މާނަ ކޮށްފައިވެއެވެ. Terrorism means: the use of violent actions in order to create political aims or force a government to act. މިއީ އެންމެ މުސްކުޅި ފޮތްތަކުގައި ލިޔެފައިވާ ތަފްސީލުތަކެވެ. މާނަޔަކީ ކޮބައިތޯއެވެ. މާނަޔަކީ އިންސާނުން އުޅޭތަނަކަށް ހަތިޔާރާއިއެކު އަރައި ބަޔަކަށް ބިރުދައްކައި ސިޔާސީ މަޤްސަދެއް ޙާސިލް ކުރުމެވެ. ނުވަތަ ބަޔަށް ބިރުދައްކައި ބައެއްގެ ތެރޭގައި ބިރުވެރިކަން ފަތުރައި ޙަމަލާދީ ބަޔަކު އަޅުވެތިކުރަން އުޅުމެވެ. މާނަޔަކީ މީ ކަމަށްވާއިރު މި މާނައިގެ ދަށުން މިކަން ކުރިމީހުންނަކީ ކޮންބައެއްތޯ ނުބަލައި މީގެ އަސްލު އަހުލުވެރިންނަކީ ކޮންބައެއްތޯ ދެނެގަންނާނީ ކިހިނެއްހެއްޔެވެ.؟ ޓެރެރިޒަމްގެ މިލަފްގެ މާނަ ވޭތުވެދިޔަ 200 ވަރަކަށް އަހަރުގެ ތެރޭގައި ކާފަރު ޔަހޫދީންނާއި ކާފަރު ނަސާރާއިން އަދިވެސް މަޝްރިޤްގެ (ޔޫރަޕްގެ) އެކިއެކި ކަޓުދީންތަކުގެ މީހުން މިލަފްޒު ގެ މާނައިގައި ސިޔާސީ ކުލަވަރު ޖައްސަންވަރަށް މަސައްކަތް ކޮށްފައިވެއެވެ.އަދި ޓެރަރިޒަމްއަކީ މުސްލިމުން ކުރާކަމެއް ކަމަށްބުނެ މުސްލިމުންގެ ނަން ހަޑިކުރަން ވަރަށް ވަރުގަދަ މީޑިއާ ކެންޕޭންތަކެއް ތަކުރާރުކޮށް ކުރަމުން އަންނާތީ އެބަފެނެއެވެ. ނަމަވެސް ތާރީޚް ގެތެރެއިން އަޅުގަނޑުމެންނަށް ފެންނަނީ ޓެރެރިޒަމްއަކީ ހަމަސީދާ "ރޯކާފަރުން" ކުރާކަމެއްގެގޮތުގައެވެ. 19 ސަތޭކައިގެ އަހަރުތަކަށް ބަލައިލާއިރު މަދުންވެސް ނަމަވެސް މުސްލިމަކު މިކަލަ ޢަމަލެއްކުރިކަމަކަށް ތާރީޚަކުން ފެންނާކަށް ނެތެވެ. މިކަމަކީ ރަސޫލު ޒަމާނުއްސުރެ މިއަދާއި ހަމަޔަށް މުސްލިމުން ނޫން އެހެންދީންތަކުގެ މީހުން ގަސްތުގައި މުސްލިމުންގެ މައްޗައް އޮންނަ ޙަސަދައިގެ ސަބަބުން މުސްލިމުން ފޮހެލަން ހިންގާ ކަމެކެވެ. ފަހުގެ ތާރީޚް ހެކިދޭގޮތުގައި 18ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން މި ޓެރެރިޒަމް ވަރަށް ބާރަށް ކާފަރުން ގިނައިން ހިންގާފައިވާކަން ސާބިތުވެއެވެ. އެގޮތުން ތާރީޚްގެ ފަތްފުއްތަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ސައުތު އެމެރިކާ ހިފަންވެގެން ސްޕޭނުގެ މީހުންނާއި ޕޯޗުގީޒުންގެ މީހުންކޮށްފައިވާމަސައްކަތްތަކަކީ އޭގެ ނަތީޖާއެއްގެ ގޮތުގައި 50 މިލިޔަން ކުށެއްނެތް އިންސާނުން ގަސްދުގައި އެއްވެސް ކުށެއްނެތި މަރާލެވިފައިވާ ޓެރެރިޒަމްގެ ޢަމަލެކެވެ. މިކަންކޮށްފައިވަނީ ޕޯޗުގީޒުންގެ "ކޮންކީސްދަޑޯޒް:" ކަމަށް ތާރީޚް ހެކިދެއެވެ. މިއީ އެމީހުންގެ ބަހުންނަމަ ގަސްތުގައި ބައެއްގެ މައްޗައް ހަތިޔާރާއި އެކުއަރައި ބިރުދައްކައި ބަޔަކު މަރައި މުދާ ފޭރިހެދުމެވެ. މިއީ ކޮންކަމެއްތޯއެވެ.؟ އާދެ މިއީ ސާފުބަހުން (ޓެރެރިޒަމް) އެވެ. މިއީ ރާވައިގެން ދީފައިވާ ލާއިންސާނީ ޢަމަލެކެވެ. މިހަމަލާތައް ދިން މީހުންނަކީ އިސްލާމުންތޯއެވެ؟ ނޫނެކެވެ. މިޙަމަލާތައް ދީފައިވަނީ ކްރިސްޓިއަން ޓެރަރިސްޓުންނެވެ. ނަމަވެސް އެއްވެސް ފޮތެއްގައި މި މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލިޔެފައެއްނުވެއެވެ. ކީއްވެހެއްޔެވެ؟ ވިސްނާލައްވާށެވެ. 50 މިލިޔަން މީހުން ކަމަކާއި ނުލާމެރުމަކީ ކޮންބަހަކުން އިންސާނިއްޔަތު މާނަ ކުރެވޭނެ ކަމެއްތޯއެވެ؟ އަޅުގަނޑުމެންނަށް ތާރީޚްގެ ތެރެއިން ފެނިގެންދަނީ ކްރިސްޓޮފަރ ކޮލަމްބަސް ކިޔާ މީހަކު ސްޕޭންގެ ރަސްކަލެއްކަމުގައިވާ ކިންގް ފާރޑިނެންޑާއި އޭނާގެ އަންހެނުން އިސަބެއްލާ (ކުރީގައި ރަންޑީންގެ ގޮތުގައި ހުރިމީހެއް) ބުނި ބަހަކަށް ގޮސް އެމެރިކާގެ ކެލެފޯނިޔާ ސަރަހައްދައް އަރައި މީހުންމަރައި ހެދިވާހަކަޔެވެ. މިބުނި ކޮލަމްބަސް އެމެރިކާޔަށް ފޮނުވަންވެގެން ރަސްގެފާނު ފާރޑިނެންޑުގެ ރަންޑި އަންހެހުން އިސަބެއްލާގެ ތާޖް ޔަހޫދީ ވިޔަފާރިވެރިއަކަށް ވިއްކައިލެވުނެވެ. އަދި އެފައިސާއިން އޭނާ ލައްވައި ނައުތަކެއްބަނދެ ރާވައިގެން އެމެރިކާ ހިފަން ފޮނުވުނެވެ. މިއީ އިސްލާމުން ތޯއެވެ. ؟ ނޫނެކެވެ. މިއީވެސް ހަމަ ރޯ ކިރިސްޓިއަނުންނެވެ. މިމީހުންގެ މިހަނގުރާމަތަކުގައި 89 މިލިޔަން މީހުންގެ މައްޗައް އަރައިގަނެ މީހުން ގަސްތުގައި މަރައި މީހުންގެ މުދާ ފޭރިފައިވެއެވެ. މިއީ ކޮންކަމެއްތޯ އެވެ. ؟ މިއީ އެމީހުންގެ ބަހުން ޓެރެރިޒަމްއެވެ. ނަމަވެސް މިވާހަކަވެސް އެއްވެސް ބަޔަކު ޓެރިޒަމްގެ ގޮތުގައި ފާހަގަކޮށްފައެއް ނުވެއެވެ. ކީއްވެތޯއެވެ؟ އެއީ ހަމަ އިސްލާމުން ބަދުނާމުކުރަން ރާވައިގެން ކުރާކަމެކެވެ. އަޅުގަނޑުމެންނަށް ތާރީޚުން ފެނިގަނެދަނީ އެފްރިކާބައްރުގައި އިނގިރޭސިންނާއި، ޑަޗްމީހުންނާއި، ފްރާނސްމީހުން ތިންގަމުގެ ދެމެދުގައި ކުރި ތިނެސްކަން ވިޔަފާރީގައި 180 މިލިޔަން އިންސާނުން އަޅުވެތިކުރިވާހަކަޔެވެ. މިއީ ކުރީގައި އެފްރިކާގެ މިނިވަން އިންސާނުން ތަކެކެވެ. މި ތިންގައުމުގެ މީހުން އެއްބަސްވީ ވިސްކީއާއި ބަޑިއާއި ބޯޓްހެދުމުގެ ވިޔަފާރީގައި މަސައްކަތް ކުރާނެ ލޭބަރުން ނުވަތަ މަސައްކަތުމީހުން ނެތުމުގެ ސަބަބުން އެފްރިކާގެ މީހުން އަޅުވެތިކުރާށެވެ. އެއީ އެމީހުން ހަންކަޅުމަކުންނެވެ.ކިހާ ނުބައި ރޭވުމެއްތޯއެވެ.؟ ބަޔަކުގެ ހަންކަޅުކަމުންނެވެ. ނަމަވެސް އިސްލާމްދީނުގައި ކަޅެއް ދޮނެއްގެ ފަރަޤެއްނެތެވެ. ހުރިހާ އިންސާނުންނަކީ ކަރާމާތްތެރިވެގެންވާ ބަޔެކެވެ. އެހެންނަމަވެސް މިނުބައި ކްރިސްޓިއަން ޓެރެރިސްޓުން އެތަނަށް ހަތިޔާރާއެކު ރާވައިގެން އަރައި މީހުންނަށް ބިރުދައްކައި މީހުންގެ މުދާފޭރި މީހުން ގަސްދުގައި ކަމާކާއި ނުލައި މަރައިހެދިއެވެ. 180 މިލިޔަންމީހުންގެ ތެރެއިން 77 މިލިޔަން މީހުންގެ ޤަބުރު ވަނީ އެޓްލާންޓިކް ކަނޑުގެ އަޑީގައެވެ. ވިސްނާލައްވާށެވެ. އާދަމުގެ ދަރިން މަރައި ކަނޑަށް އެޅުމަކީ އިންސާނިއްޔަތު ތޯއެވެ.؟ ނޫނެކެވެ. ޓެރެރިޒަމްއަކީ އެއީއެވެ. މިމީހުން މިކަންކޮށްފައިވަނީ ކޮންމެ ނަވަކަށް ސަތޭކަ މީހުންލައި އެކަކު އަނެކަކުގެ މައްޗައް މީހުންއަރުވައި އޭގެތެރެއިން ކޮންމެ 100 އަކުން 22 މީހުން ތިންމަސްދުވަހުގެ މި ދިގުދަތުރުގައި ސަލާމަތްވާނެ ކަމަށްބަލައިގެންނެވެ. ގިނަމީހުން މަރުވެފައިވަނީ ބޯޓްތަކުގެ ފަލްކާތަކުގައި ނޭވާހާސްވުމުގެ ސަބަބުންނެވެ. މިއީ ހަމަ ސާފްބަހުން ޓެރެރިޒަމްއެވެ. މިއީ އިސްލާމުން ތޯއެވެ. ؟ ނޫނެކެވެ. މިއީވެސް ހަމަ ރޯ ކިރިސްޓިއަނުންނެވެ. ނަމަވެސް އެއްވެސް ފޮތެއްގައި މި މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލިޔެފައެއްނުވެއެވެ. އަދި އެއްވެސް ނޫހެއްގައި މިތާރީޚް ލިޔާއިރު މީ ޓެރަރިސްޓުންނެކޭ ނުވަތަ މި ނުބައި ޖަރީމާއަކީ ޓެރެރިޒަމް އެކޭ ލިޔެފައި އޮއްވައި ނުފެނެއެވެ. ކީއްވެތޯއެވެ؟ މިގޮތަށް އާދަމުގެ ދަރިން އަޅުވެތިކޮށްގެން 400 އަހަރު އިންސާނުންގެ ކާރގޯ މިނުބައި ކްރިސްޓިއަން ޓެރެރިސްޓުން އުފުލައިފައިވެއެވެ. އަޅުގަނޑުމެންގެ ހަނދާނަށް އަންނަންދެން އެފްރިކާ އޮތީ ދޮން ކްރިސްޓިއަން ޓެރެރިސްޓުންގެ އަތްދަށުގައެވެ. މިކަމުގައި ޖީ އެއިޓް ނުވަތަ ބާރުގަދަ 8ޤައުމުވެސް އޮތީ ހަމަ ހިމޭނުން މިކަމުގައި ހިތްވަރުދީ ޢަމަލީގޮތުން ބައިވެރިވެގެންނެވެ. ދެން އަޅެފަހެ މިނުބައި ނުލަފާ ކްރިސްޓިއަން ޓެރެރިސްޓުންގެވާހަކަތޯ ތިބޭފުޅުން ޤަބޫލުކުރާނީ އަޅުގަނޑު އަހާލާހިތްވެއެވެ. ކޮމީނިސްޓް ކާފަރު ނޮންމުސްލިމު ޗައިނާއާއި އިންޑިޔާއާއި ދެމެދު 86 މިލިޔަން މީހުންމަރާފައިވާ ވާހަކަޔަކީ އަޅުގަނޑު މިއަދު މި ލިޔުމުގައި ފާހަގަ ކުރާ އެކަނި ކަމެއްނޫނެވެ. މިއީ ކުދިންނޭ ހަމަ ތާރީޚެވެ. އެނުބައި ޓެރެރިޒަމް ހިންގީ މުސްލިމުނޫން ކާފަރުންނެވެ. ފުރަތަމަ މިބަސް "ޓެރެރިޒަމް" ރަސްމީ ސިފަޔެއްގައި ބޭނުންކުރެވުނީ 1790 ގެ ދުވަސް ވަރު ފްރާންސް މީހުންގެ އިސްތިޢްމާރުގައެވެ. އެޑްވަރޑް ބާރގް ކިޔާ އިނގިރޭސި ސްޓޭޓްސްމަނެކެވެ. މިއީ ; ޖެކޮބެން ފްރެންކްލިން ޓެރަރިސްޓް ފްރާންސްގައި އަތްގަދަ ކުރި ދުވަސްވަރެވެ. 1794ން ފެށިގެން 1993އާއި ހަމަޔަށް ދިޔަ ދުވަސްތައް ލޭބަލްކުރެވިފައިވަނީ " ޔަރއޮފް ރޭން" ނުވަތަ ޓެރަރިޒަމްގެ އަހަރުތަކުގެ ނަމުންނެވެ. މިބުނި ޖެކޮބެން ފްރެންކްލިން އަކީ އިސްލާމެއްތޯއެވެ؟ ތާރީޚަށް ކުޑަކޮށް ބަލައިލިނަމަވެސް މިދެންނެވި ޙަޤީޤަތް ފާޅުވެގެންދާނެއެވެ. އަޅުގަނޑުމެންނަށް ތާރީޚުން ފެނިގެންދަނީ މެކްސިމިލިން ރޯބްފިއަރގެ ދުވަސްވަރު ކުށެއްނެތް އެތަކެއް އިންސާނުންނެއް ކަމަކާއި ނުލައި މެރި ވާހަކަތަކެވެ. އެންމެ ފުރަތަމަ ވެރިކަމަށް އަރައި 500000 ފަސްލައްކަމީހުން ބަންދު ކުރިއެވެ. އޭގެ ތެރެއިން 40000 ސާޅީސްހާސް މީހުން ހަމަވަގުތުން މެރިއެވެ. އެމީހުންނަށް ބިރުދެއްކިއެވެ. އެމީހުންގެ މުދާ ފޭރުނެވެ. މިއީ ކޮންކަމެއްތޯއެވެ؟ އެއަށްފަހު 2ލައްކަމީހުން ޤައުމުން ޑީޕޯރޓްކުރިއެވެ. އަދި އޭގެ ތެރެއިން 20000 ވިހިހާސް މީހުން މަރުވަންދެން ޖަލުތަކުގައި އަނިޔާކުރިއެވެ. މިއީ އިސްލާމުން ތޯއެވެ. ؟ ނޫނެކެވެ. މިއީވެސް ހަމަ ރޯ ކިރިސްޓިއަނުންނެވެ.. ނަމަވެސް އެއްވެސް ފޮތެއްގައި މި މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލިޔެފައެއްނުވެއެވެ. އަދި އެއްވެސް ނޫހެއްގައި މިތާރީޚް ލިޔާއިރު މީ ޓެރަރިސްޓުންނެކޭ ނުވަތަ މި ނުބައި ޖަރީމާއަކީ ޓެރެރިޒަމް އެކޭ ލިޔެފައި އޮއްވައި ނުފެނެއެވެ. ކީއްވެތޯއެވެ؟ މިހާރުގެ އިންޓަރނޭޝަނަލް މީޑިޔާތަކުން މިހިންގާ ދޮގު ޕްރޮޕެގެންޑާވަނީ މިދިވެހިރާއްޖެއަށްވެސް ވަރަށް މަކަރުވެރިގޮތަކަށް އިމްޕޯރޓްކުރެވިފައެވެ. ހޭއަރާ ވިސްނާށެވެ ! ކަމުގެ ޙަޤީޤަތަކީ އަދި މުޅިން އެހެން އެއްޗެކެވެ. އަދިވެސް ތާރީޚަށް ބަލަމާ ހިނގާށެވެ. 19 ސަތޭކަވަނަ ޤަރުނުގައި އިސްލާމަކަށް ނިސްބަތްކުރެވޭ މީހަކުވެސް މިބާވަތުގެ ޓެރަރިސްޓް ޢަމަލެއް ހިންގިކަމެއް ފެންނާކަށް ނެތެވެ. 1881 ގައި ސަރ އެލެގްޒެންޑާރ2 ރަޝިޔާގެ ސޭންޓް ޕީޓާރސްބާރގް ސްޓްރީޓްގައި މަރާލެވުނު ނުރައްކާތެރި ޙަމަލާޔާ ދޭތެރޭ ވިސްނާލާށެވެ. އޭނާ ބްލަޓްޕްރޫޕް ކެރިއަރަކު އިންދާ 2 ފަހަރު ބޮމުގެ ޙަމަލާ ދެވުނެވެ. ފުރަތަ އެތިފަހަރުން ސަލާމަތްވާންވެގެން ނުކުތްތަނުން 2ވަނަ ބޮމުން އޭނާ ގޮއްވާލެވުނެވެ. މިޙަމަލާގައި 12މީހުން ވަގުތުން މަރުވިއެވެ. މިޙަމަލާދިނީ މުސްލިމަކުތޯއެވެ.؟ ތާރީޚުން އެނގޭގޮތުގައި މިއީ އިގްނިސީންގެ އަނާރކިސްޓެކެވެ. އޭނާގެ ނަމަކީ ޕޯލް ބުރުބުސްކްއެވެ. މިއީވެސް މުސްލިމެއްނޫނެވެ. 1886 ގައި ލޭބަރ ރައިޓްސް ހިނގަމުން ދިޔަވަގުތު އެމެރިކާގެ ޗިކާގޯގެ ހޭމާރކެޓްގައި ދިން ބޮމުގެ ޙަމަލާޔަކީ ވެސް 12މީހުން ވަގުތުން މަރުވި އަނާރކިސްޓަކު ދީފައިވާ ޙަމަލާޔެކެވެ. މިޙަމަލާގައި ޗިކާގޯގެ ސިފައިންގެމީހަކު ކަމުގައިވާ ޑީޖެން ނަމަކަށްކިޔާ މީހަކުވެސް މަރުވެފައިވެއެވެ. މިނުބައި ޖަރީމާ ހިންގިމީހާޔަކީ ޓެރަރިސްޓެކޭ ނުކިޔަނީ ކީއްވެހެއްޔެވެ؟ ހަމަ މުސްލިމުންގެ ނަން ޓެރަރިސްޓުންގެ ގޮތުގައި ކިޔަނީ.....ކީއްވެހެއްޔެވެ؟ 1901 ގައި ސެޕްޓެމްބަރ މަހުގެ 6ވަނަ ދުވަހު އެމެރިކާގެ ރައީސް ވިލިއަމް މެކެންލީ މަރާލިއެވެ. އެއީ ލިޔޯން ކްޒޮލްގުސް ކިޔާ އަނާރކިސްޓެކެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޓެރަރިސްޓް ލިޔޯން ކްޒޮލްގުސްއޭ އޭނާޔަށް ނުކިޔަނީތޯއެވެ؟ އޭނާޔަކީ މުސްލިމެއްތޯއެވެ؟ 1910 ގެ އޮކްޓޯބަރު މަހުގެ 1ވަނަދުވަހު ލޮއެންޖަލިސްޓައިމްސް ގެ މޭން ބިލްޑިންގްގައި ވަރުގަދަ ބޮމުގެ ޙަމަލާޔެއް ދެވުނެވެ. މިޙަމަލާގައިވެސް 19 މީހުން މަރުވެފައިވެއެވެ. މިޙަމަލާ ދީފައިވަނީ ޖޭމްސް ކިޔާ ކްރިސްޓިއަނަކާއި ޖޯސެފް ނަމަކަށް ކިޔުނު ކްރިސްޓިއަނެކެވެ. މިއީވެސް ހަމަ އިސްލާމުންތޯއެވެ؟ 28 ޖޫން 1914 ގައި ފްރާންސްގެ ސަރވަޖޯގައި އާރކްޑިއޫކް އާއި އޭނާގެ އަންހެނުން މަރާލިއެވެ. މިއީ ޔަންގްބޮސްނިއަންގޭންގް ކިޔާ ބަޔަކު ރާވައިގެން ދިން ނުބައި ޙަމަލާއެކެވެ. އެމީހުންނަކީ ކޮމިއުނިސްޓުންނެވެ. ބުނެވޭގޮތުގައި މިއީ ފުރަތަ ބޮޑުހަނގުރާމަ ފެށުމުގެ އަސްލެވެ. މިވަރު ނުބައި ކަމެއްކޮށް މުޅިދުނިޔެ ބޮޑު ފިތުނައެއްގެ ތެރެއަށް ވައްޓައިލި މީހުންނަކީވެސް ޔޫރަޕްގެ މީހުންގެ ކުރިމަތީގައި ޓެރަރިސްޓުންނެއް ނޫނޯލައެވެ. އަދިވެސް ތާރީޚަށް ބަލަމާހިނގާށެވެ. 16 އެޕްރިލް 1925 ގައި ބަލްގޭރިއާގެ ސޯފިއާގެ ސެއިންޓް ނެޑެލިއާ ޗާރޗްގައި ވަރަށް ވަރުގަދަ ބޮމުގެ ޙަމަލާޔެއްދެވުނެވެ. 150 މީހުން ވަގުތުން މަރުވެ 490 މީހުން ޒަޚަމްވި މި ޙާދިސަޔަކީ މުޅި ބަލްގޭރިޔާގެ ޙަޔާތުގައި ދެވުނު އެންމެ ބޮޑު ޓެރަރިސްޓް ޙަމަލާޔެވެ.މި ޙަމަލާ ދިނީ ބަލްގޭރިއަން ކޮމިނިސްޓް ޕާރޓީންނެވެ. ދެންވެސް ހަމަ ބުނާނީ ޓެރަރިސްޓުންނަކީ އިސްލާމުންނޭ ތޯއެވެ؟ ތިއުޅެނީ ކޮންބައެއްގެ ބުއްދިއާކުޅެލަން ކަމަށްތޯއެވެ؟ ތާރީޚް ބަލާށެވެ. 9 އޮކްޓޯބަރ 1934 ގައި ޔޫގޯސްލޭވިޔާގެ ކިންގް އެލެގްޒެންޑަރ ބަޑިޖަހައި މަރާލެވުނެވެ. އޭނާގެ ނަމަކީ ވްލާޑާ ޖޯޖެފް ކިޔާ ކްރިސްޓިއަނެކެވެ. އޭނާޔަކީ ޓެރަރިސްޓަކަށް ނުވީ އިސްލާމަކަށް ނުވާތީހެއްޔެވެ؟ ނިކަން ވިސްނާލާށެވެ. މުޅި ދުނިޔޭގެ ތާރީޚްގައި ވެސް އަދި އެމެރިކާގެ ތާރީޚްގައިވެސް އެމެރިކާގެ މަތިންދާބޯޓެއް އެންމެފުރަތަމަ ފަހަރު ހައިޖެކްކުރި މީހަކީ މުޙައްމަދު ކިޔާމީހެއްތޯއެވެ؟ ނޫނެކެވެ. އޭނާޔަކީ ރާމިއޮރެޒް އޯރޓިން ކިޔާ ކެތްލިކް ކްރިސްޓިއަނެކެވެ. ޓެރަރިސްޓުންނަކީ މިއީ ނޫންތޯއެވެ؟. 1968ގައި ގުއަޓަމާލާއަށް ފޮނުވައިފާވާ އެމެރިކާގެ އެމްބެސެޑަރ މަރާލެވުނެވެ. 1969 ގައި 30 ޖުލައި ވީދުވަހު ޖަޕާނަށް ކަނޑައަޅައިފައިވާ އެމެރިކާގެ އެމްބެސެޑަރ ވަޅިޙަމަލާޔަކުން މަރާލެވުނެވެ. 1969 ގެ 3 ސެޕްޓެމްބަރ މަހުގައި ބްރެޒިލްއަށް ފޮނުވިފައިވާ އެމެރިކާގެ އެމްބެސެޑަރ ކިޑްނެޕްކޮށް މަރާލެވުނެވެ. މިއީ ހައްތާވެސް ރޯ ކާފަރުން ދީފައިވާ ޓެރަރިސްޓް ޙަމަލާ ތަކެވެ. މި އެންމެންނަކީވެސް އިސްލާމުންނެއްނޫނެވެ. މިއީ އިސްލާމުން ތޯއެވެ. ؟ ނޫނެކެވެ. މިއީވެސް ހަމަ ރޯ ކިރިސްޓިއަނުންނެވެ. ނަމަވެސް އެއްވެސް ފޮތެއްގައި މި މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލިޔެފައެއްނުވެއެވެ. އަދި އެއްވެސް ނޫހެއްގައި މިތާރީޚް ލިޔާއިރު މީ ޓެރަރިސްޓުންނެކޭ ނަުވަތަ މި ނުބައި ޖަރީމާއަކީ ޓެރެރިޒަމް އެކޭ ލިޔެފައި އޮއްވައި ނުފެނެއެވެ. ކީއްވެތޯއެވެ؟ ހަމަ އިސްލާމުންނަކީ ޓެރަރިސްޓުންނޭ ކިޔަނީ މިހުރިހާކަމެއް އޮބޭނެކަމަށް ހީކޮށްތޯއެވެ.؟ އަޅުގަނޑު ހައިރާންވަނީ އިސްލާމުންނޭކިޔައިގެން މިއުޅޭ ޔަހޫދީންގެ ބައިވެރިން ވެސް މި ތާރީޚްތައް އެނގިތިބެމެ ޓެރަރިސްޓުންނަކީ އިސްލާމުންނޭ ބުނެ ތަކުރާރުކޮށް ބޮޑެތި ދޮގުހަދަމުން މީހުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރާތީވެއެވެ. ޔޫރަޕާއި އެމެރިކާގެ ބޮޑެތި ޓީވީ ޗެނަލްތަކުގައި ގަސްތުގައި ރާވައިގެން މިހިންގާ ދޮގުކެންޕޭން މިދިވެހިރާއްޖޭގައިވެސް ތާރީޚް ނޭނގޭ ބައެއްމަދު ޖާހިލުން ތިމާމެންނަކީ މާބޮޑެތި ލިޔުންތެރިންކަމުގައި މީހުންނަށް ހީކުރުވުމުގެ ގޮތުން މިވާހަކަތަޢް ލިޔެ ފާޅުކުރާތީއެވެ. މިކަމުން ދޭހަވެގެންދާނީ ހަމައެކަނި ތިމާމެންގެ ކިބައިގައި ތާރީޚޭ ކިޔާ ޢިލްމު ނެތްކަމާއި ދުނިޔޭގެ އިލްމަށް ކޮށިބަޔަކުކަމުގައެވެ. މިފަދަ ޢިބާރާތެއް މުސްލިމަކާއި ދިމާއަށް މުޚާތަބްކޮށް ލިޔެފި މީހަކީ ޢާއްމު މަޢްލޫމާތު ކޮށި ބޭރުގެ ޚަބަރުތަކަށް ނުއުފަންނަ މީހަކުކަމުގައި ވުމީ ހަމަބުއްދި ހުރި ކޮންމެ އިންސާނަކަށްވެސް އެނެގޭނެކަމެކެވެ. އަޅުގަނޑުމެންނަށް ތާރީޚުން ފެނިގެންދަނީ 1995 ގައި 19 އެޕްރީލްމަހު ފެޑެރަލް ބިލްޑިންގްގައި ދެވުނު ބޮމުގެ ޙަމަލާގައި 186 ކުށެއްނެތްމީހުން މަރުވި ވާހަކަޔެވެ. މި ޙަމަލާދީފައިވަނީ ޓިމޮޗީ އާއި ޓެރީ ކިޔާ 2 ކްރިސްޓިއަނުންނެވެ. ކީއްވެގެންތޯ ޓިމޮޗީ ކްރިސްޓިއަން ޓެރަރިސްޓް ނުކިޔަނީ ނުވަތަ ނުލިޔަނީ އަދި ކީއްވެގެންތޯ ޓެރީ ކްރިސްޓިއަން ޓެރަރިސްޓް ނުކިޔަނީ ނުވަތަ ނުލިޔަނީ ނޫނީ ޔޫރަޕްގެ ފޮތްތަކުގައި ނުލިޔަނީ މިއީ ސުވާލު އުފެދޭ ކަމެކެވެ. ހަމައެކަނި މުސްލިމުންގެ ނަންކިޔާއިރު އެކަނި ބޭނުންކުރެވޭ ލަފްޒެއްތޯއެވެ؟ 1941ން ފެށިގެން ބޮޑުހަނގުރާމަޔަށް ފަހު 1948 އާއި ދެމެދު ޖެވިޝް ޓެރަރިސްޓް ގޭންގްތަކުން ތަފާތު އެކިފަހަރުމަތިން ޖުމްލަ 259 ބޮމުގެ ޓެރަރިސްޓް ޙަމަލާ ތަފާތު އެކި ޤައުމުތަކުގައި ތަފާތު އެކިފަހަރުމަތިން ދީފައިވާކަމީ ތާރީޚް ދިރާސާކުރާ ލޯކަނު މީހަކަށްވެސް ފެންނަންހުރި ޙަޤީޤަތެކެވެ.މި ގޭންގް ތަކުގެ ތެރޭގައި ޓިގްނުން، ސްޓަން، އަދި ހެގަނާ ގޭންގްތައް ފާހަގަ ކުރެވެއެވެ. އެކަމަކު އިރުކޮޅުކޮޅުން ޓެރަރިސްޓް ޙަމަލާ ދެނީޔޭ ބުނެ މުސްލިމުންނޭ މި ކިޔަނީ ކޮންބޭނުމަކުތޯއެވެ؟ ކީއްވެހެއްޔެވެ؟. އަދި ވެސް ބަލަމާ ހިނގާށެވެ. 22 ޖުލައި 1946 ގައި މަޝްހޫރު ކިންގްޑޭވިޑް ހޮޓަލުގައި ދިން ބޮމުގެ ޙަމަލާއަށް ބަލައިލަމާތޯއެވެ. މެނަޗިން ބެޑިން ނަމަކަށް ކިޔާ ނޮންމުސްލިމަކު އަޑީގައި ހުރެގެން ދިން މިބޮމުގެ ޙަމަލާގައި 91 މީހުން މަރުވިއެވެ. މީގެ ތެރޭގައި 28 އިނގިރޭސި ރައްޔެތުންނާއި،48 އަރަބިންނާއި ، 17 ޔަހޫދީން މަރުވިއެވެ. މިޙަމަލާ ދިނީ އަރަބީންގެ ހެދުން އަޅައި ތުބުޅި ދިގުކޮށް މުސްލިމުން ކަމުގައި މީހުންނަށް ހީކުރުވަން ކަމަށް އިނގިރޭސި މަޝްހޫރު ނޫސްތަކުގައި ލިޔެފައި އެބަހުއްޓެވެ. މިވެސް އެންމެން ދަންނަ ޓެރަރިސްޓް ޙަމަލާޔެކެވެ. ނަމަވެސް މި މީހުންނަކަށް ޓެރަރިސްޓުންނެކޭ ނުކިޔައެވެ. ކޮންސަބަބަކާއި ހުރެ ހެއްޔެވެ؟ މިއީ ވެސް އިގުނުން ގޭންގުން ރާވައިގެން ދީފައިވާ ޙަމަލާޔެކެވެ. މިއީ އިނގިރޭސި ތާރީޚްގައި އިނގިރޭ މެންޑޭޓާ ޚިލާފަށް ދެވުނު އެންމެ ބޮޑު އެއްޙަމަލާ ކަމަށް ތާރީޚް ފޮތްތަކުގައި ފަލައަކުރުން ލިޔެފައި އެބަހުއްޓެވެ. މަޝްހޫރު ނަމުން ނަމަ މެނިކަންޕޭގަން އަކީ އޭރު އިނގިރޭސިންނަށް އެންމެ ނުރައްކާތެރި އެންމެ ބޮޑު ޓެރަރިސްޓެވެ. އެކަމަކު ކަންތަވީ ކިހިނެއް ކަމައްތޯއެވެ؟ އެންމެފަހުން އިޒްރޭލުގެ ޕްރައިމް މިނިސްޓރ ކަމުގެ މަޤާމު ދެވި އަދި އޭގެ ފަހުން ނޯބަލް ޕީސް އިނާމު މި ނުބައި ޓެރަރިސްޓަށް ދެވިފައިވެއެވެ. ވިސްނާލަބަލާށެވެ.. މަކަރުވެރިކަމުގެ އިންތިހާއެވެ. އަދި މިވަރަކުން ނިމުނީ އަކީ ނޫނެވެ. 1945 ގައި އިނގިރޭސިން އިންޑިޔާ ހިފައި އަޅުވެތިކޮށް ޓެރަރައިޒް ކުރިވާހަކަޔަކީ އަޅުގަނޑަށް އެކަނި އެނގޭ ވާހަކަޔެއްތޯއެވެ؟ މިކަމަށް މުޅި އިންޑިޔާގެ ހުރިހާ ތާރީޚީ ފޮތްތަކެއް އެހުރީ ލައިބްރަރީ ތަކުގައި ކިޔާނެމީހަކު ކިޔާށެވެ. ގޮސް ބަލައި އެނގިގަންނާށެވެ. ވަކި ދީނެއްގެ މީހަކަށް ޓެރަރިސްޓެކޭ ކިޔާނަމަ އެންމެ އެކަށީގެންވަނީ އަދި އެންމެ އަޢުލާކަން ބޮޑުވެގެންވަނީ އެންމެންދަންނަ ހިޓްލަރެވެ. އޭނާޔަކީ ރޯ ކްރިސްޓިޔަނެކެވެ. 60 މިލިޔަން މީހުން މެރިކަމުގެ ތުހުމަތު ކުރެވޭ މި ނުބައި ޖައްބާރަކީ ފަހުގެ ތާރީޚްގައި ދުނިޔެދުއް އެންމެ ބޮޑު އެއް ޖައްލާދެވެ. މީނާޔަށް ކްރިސްޓިއަން ޓެރަރިސްޓް ހެޓިލަރ ނުކިޔަނީ ލަދުންތޯއެވެ. ނޫނީ ކްރިސްޓިއަނުންނަކީ އެންމެ ގިނަ މީހުންމެރި މީހުންނޭ ނުވަތަ ޓެރަރިސްޓުންނޭ ނުކިޔޭނެ ހެއްޔެވެ..އޭ ދިވެހި ލޮބުވެތި ރައްޔެތުންނޭވެ. ހޭއަރާ ވިސްނާށެވެ. މިކަހަލަ ކުޑަކުޑަ ލިޔުމެއްގައި މުޅިދުނިޔޭގެ ތާރީޚް ލިޔާނީ ކިހިނެއްހެއްޔެވެ. ނަމަވެސް އަދި ވެސް ހަމަ ހަނދާންކޮށްދިނުމގެ ގޮތުން ލިޔެލާނަމެވެ. 1968 އާއި 1992 އާއި ދެމެދު ބާރޑަރމިނޯފް ގޭންގުން ދީފައިވާ ބޮމުގެ ޙަމަލާތަކާއި މަރާފައިވާ މަރު ތަކަކީ 80 ސަފްޙާގެ ފޮތެއްގައި ލިޔެވޭނެ ބާވަތަކު ވާހަކަތަކެއްނޫނެވެ. އިޓަލީގެ ރެޑްބްރިގޭޑުން ކިޑްނެޕްކޮށް މަރާލި އިޓަލީވިލާތުގެ ޕްރައިމް މިނިސްޓަރުގެ ވާހަކަވެސް ލިޔެލަމާހިނގާށެވެ. 55 ދުވަހު އޭނާ ކިޑްނެޕްކޮށް ބަންދުގައި ބޭންދުމަށްފަހު އޭނާ މަރައިލީ އެލްޑޯމޯރޯ ކިޔާ ކްރިސްޓިއަނެކެވެ..މިއީ ކޮންކަހަލަ އަމަލެއްތޯ އަމިއްލައަށް ޖަވާބުދެއްވާށެވެ. 1995 ގައި ޖަޕާނުގެ ރެޑްއާރމީން ޓޯކިޔޯގެ މަގެއްމަތީގައި އެތައްހާސް ރައްޔެތުންނެއް ނާރވްގޭސް ބޭނުންކޮށްގެން މަރަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ ޢަމަލަކަށް ނުވެދާނީ ކޮންފަދައަކުން ހެއްޔެވެ. މިއީ ހައްތަހާވެސް ނޮންމުސްލިމުން ނުވަތަ ކާފަރުންނެވެ. މިވަރުންވެސް ޓެރަރިސްޓުންނަކީ ކޮބައިކަމާއި ޓެރަރިޒަމަކީ ކޮބައިކަން ނޭގޭނަމަ ނުވަތަ އެނގެންބޭނުންނުވާނަމަ އަދިވެސް ދެތިން ތާރީޚެއް އިތުރު ކޮށްލާނަމެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު ޓެރަރިސްޓް ޖަމާޢަތް ކަމައްވާ އައި އާރ އޭ ނިކަން ދެކިބަލާށެވެ. ތަކުރާރުކޮށް ޓެރަރިސްޓް ޙަމަލާތައް ހަމައެކަނި އިނގިރޭސިވިލާތައް ދޭތާވެސް މިހާރު 100 އަހަރަށްވުރެ ގިނަވީއެވެ. މިއީ ހައްތަހާވެސް ކްރިސްޓިއަން ކެތްލިކް ޓެރަރިސްޓުންނެވެ. ނަޒަރުހިންގާލާއިރު 1972 ގައި އެކަނިވެސް 3 ން ފަހަރު މަތިން ބޮމުގެ ޙަމަލާދީފައިވެއެވެ. ފުރަތަމަ ޙަމަލާގައި 7މަރު އަދި 9 މީހުން ޒަޚަމްވެފައިވެއެވެ. ދެވަނަ ޙަމަލާގައި 11 މަރު އަދި ތިންވަނަ ޙަމަލާގައި 9 މީހުން މަރުވެފައިވެއެވެ. 1974 ގައި އައި އާރ އޭ އިން 2 ބޮމުގެ ޙަމަލާދީފައި ވެއެވެ. ފުރަތަމަ ފަހަރު ގިލްޑްފޯރޑް ޕަބްގައި ޙަމަލަ ދިނެވެ. މިފަހަރު 5 މަރު އަދި 44 ކުށެއްނެތް މީހުން މަރުވިއެވެ. 1974 ގައި ބަރމިންހަމްޕަބްގައި 21މީހުންމަރައި 182 މީހުން ޒަޚަމް ކޮށްލާފައި ވެއެވެ. މީގެ އިތުރުން 1996 ގައި އައި އާރ އޭ އިން ލަންޑަންގައި ބޮމް އެޓޭކެއް ދިނެވެ. 2 މީހުންމަރުވެ 100 މީހުންނަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެއެވެ. އަދިވެސް 1996 މެންޗެސްޓަރގެ ޝޮޕިންސެންޓަރަކަށް ބޮމުގެ ޙަމަލާޔެއްދީ 206 މީހުން ޒަޚަމް ކޮށްފައިވެއެވެ. 1989 ވަނަ އަހަރު 1 އޯގަސްޓް ގައި ބެމްބްރިޖް ބޮމް ބްލާސްޓްގެ ނަމުން މަޝްޙޫރުވި ޚަބަރަކީ ވެސް ފާހަގަކޮށްލަން ޖެހޭ ހާދިސާއެކެވެ. އައި އާރ އޭ އިން ދީފައިވާ މިހަމަލާގައި 500 ރާތާ ބޮމެއްގެ އެހީގައި 25 މީހުން މަރާފައިވެއެވެ. މި މަޢްލޫމާތް ތަކަކީ ބީބީސީ އަދި އެމްނެސްޓީން ހަމަ ކޮންމެ މީހަކށްވެސް ފަސޭހައިން ލިބެ ކަށަވަރުވާނެ ޚަބަރު ތަކެވެ. މިއީ ހައްތަހާވެސް ނޮންމުސްލިމުން ލިޔެފައިވާ ޚަބަރު ތަކެވެ. މިއީ މިއަދަކު އަހަރެމެން މުސްލިމުން ދައްކާ އުޅޭ ވާހަކަތަކެއް ނޫނެވެ. 2001 ވަނަ އަހަރު ބީބީސީގެ އިމާރާތަކަށް 4 މާރޗް ގައި ބޮމުގެ ޙަމަލާޔެއް ރާވައިގެން އައި އާރ އޭ އިން ދީފައި ވެއެވެ. މި މީހުންނަކީ މުޅިންވެސް ކްރިސްޓިއަން ކެތްލިކް މީހުންނެވެ. މިއަދު ޔޫކޭގެ ސަރުކާރުން ތިމަންމެން ބިރުގަންނަނީ ތާކިހާ އެޅި ތުނބުޅިލީ މުސްލިމުން ދެކެއޭ ބުނެ އޮޅުވާލަން މަސައްކަތް ކުރަނީ އޭގެ ފަހަތުގައި ހަމަ އަސްލުގައިވެސް މަޤްސަދުތަކެއް ފޮރުވިފައި ވާތީއެވެ. މިދެންނެވި ހަމަލާ ތަކަކީ ކަށަވަރުވެ ސާބިތުވެފައިވާ ހަމަލާތަކަށްވެފައި މިއަށް ޓެރަރިޒަމްއޭ ނުކިޔަނީ ކްރިސްޓިއަނުން ބަދުނާމުވެދާނެތީކަން އަޅުނގަޑުމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. 7 ޖުލައިގައި 2005 ވަނަ އަހަރު ދެވިފައިވާ ލަންޑަންބޮމިންގައި ހަމައެކަނި ކުރެވޭ ޝައްކެއްގެ ސަބަބުން މުސްލިމުން ބަދުނާމު ކުރުމަކީ ކިހާ ބޮޑު އިންސާފެއްތޯއެވެ. އެވެސް އަދި ހަމައެކަނި ޝައްކު ކުރެވިގެންނެވެ. ސާބިތުވެގެންނެއް ނޫނެވެ. ނަމަވެސް އައި އާރ އޭއިން އެކަނި ދީފައިވާ ޙަމަލާތަކަށް އިންސާފުކޮށްލާއިރު މުޅި އިސްލާމީ އުއްމަތް ލަދުން މަރުވާވަރު ވެއެވެ.. ސްޕޭނާއި ފްރާންސްގެ އީޓީއޭ ގެ މަޝްހޫރު 36 ބޮމުގެ ޙަމަލާޔަކީ ވެސް ފާކަގަ ކުރަން ޖެހޭ ބަޔަކު ގަސްތުގައި ނުދައްކާ ތިބި ވާހަކަޔެކެވެ. މީގެ އިތުރުން ޔޫގެންޑާގެ ލޯރޑް ސެލެވޭޝަން އާރމީގެ ނަމުން މަޝްހޫރުވެފައިވާ ކްރިސްޓިއަން ގޭންގަކީ ކުޑަކުދިން ބޭނުންކޮށްގެން ބޮމުގެ ޙަމަލާދޭކަމަށް މުޅި ދުނިޔެ ދަންނަބައެކެވެ. އަޅުގަނޑުމެންގެ އަވައްޓެރި ސްރީލަންކާގެ އެލްޓީޓީއީ އަކީ ކޮންބައެއްތޯއެވެ؟ އެއީ މުސްލިމުންތޯއެވެ.؟ ނޫނެކެވެ. އެއީ ހިންދޫންގެ ބަޔެކެވެ. ފާއިތުވި 30 އަހަރުގައި ސުވިސައިޑް ބޮމުގެ ޙަމަލާ އެންމެ ގިނައިން ދިން އެއްބައެވެ. ނަމަވެސް މި މީހުންގެ ވާހަކަ ޚަބަރުގައި ކިޔާއިރުވެސް ކިޔާނީ ހަމައެކަނި އެލްޓީޓީއީ ޓައިގަރުންނޭ އެވެ. ކީއްތޯވާނީ އެލްޓީޓީއީ ހިންދޫ ޓެޓަރިސްޓުންނޭ ކިޔާނަމަ ގައިމު ބަޔަކަށް ހޭބުއްދި ވިސްނިދާނެ ނޫންތޯއެވެ. މިއީ ހަމައެކަނި މާބަނޑު މީހުން ބޭނުންކޮށްގެން މިހާތަނަށް ބޮމުގެ ޙަމަލާ ދީފައިވާ ފުރަތަމަ ޓެރަރިސްޓް ޖަމާޢަތެވެ. އިންޑިޔާގައި ބިންދުރަންވާލާ ނަމަކަށް ކިޔާ ސިކުންގެ ޖަމާޢަތަކުން އަމުރިތުސަރުގައި ހަދައިފައިވާ ގޯލްޑެން ޓެމްޕަލް ގައި ހަމަލާދީ 100 މީހުން މަރައިފަނީ ގައުމުގެ ސިފައިންވެސް އެތާނގައި ޑިއުޓީގައި ތިއްބައެވެ. މިއީ ތުނބުޅިލީ ފަގުޑި އެޅި މީހުންނެވެ. އަޖާބެކެވެ. ހަމަ އެކަނި މުސްލިމު ތުނބުޅިލީ ފަގުޑިއެޅި މީހުންދެކެ ބިރުގަންނަކަމަށް ޚަބަރު ފެތުރުމަކީ ކިހާ ބޮޑު ރޭވުމެއް ނުވަތަ ކޮންސްޕިއަރެސީއެއް ނޫންތޯއެވެ.؟ މިދެންނެވި ޙަމަލާ ސިކުން ދީފައިވަނީ 1984 ގައެވެ. އަދި މީގެ އިތުރުން 1984 ގައި އަޅުގަނޑުމެންގެ ހަނދާނުގައި އިންޑިޔާގެ ބޮޑުވަޒީރު އިންދިރާ ގާންދީ މަރާލީވެސް މިދެންނެވި ކަހަލަ ފަގުޑިއޮޅި ތުނބުޅިލީ މީހެކެވެ. އެއީ މުސްލިމެއްތޯއެވެ. އެވަރުންވެސް އިންޑިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ސިކު ޓެރަރިސްޓެކޭ ކިޔާކަށް ނުކެރުނެވެ. ކީއްވެތޯއެވެ؟ ނޯރތް އިންޑިޔާގެ ތްރިޕޫރާގެ އޭޓީޓީއެފް ކްރިސްޓިއަންފޯސް އަކީ ކޮންބަޔެއްތޯއެވެ. އަދި ހަމަ މިގޮތަށް ނޯރތު އިންޑިޔާގެ ޓައިގަރފޯސްއާއި ކްރިސްޓިއަން ފްރޮންޓުގެ ނަމުގައި އެ އުޅެނީ މުސްލިމުން ތޯއެވެ.؟ ހަމައެކަނި އިންޑިޔާގެ އާސާމަށްބެލިކަމުގައި ވިޔަސް އެތާނގެ އާސާމުގެ ހިންދޫ ޓެރަރިސްޓު ގްރޫޕް އުލްފާ އަކީ ޚާއްޞަކޮށް މުސްލިމުންނަށް އެކަނި ޙަމަލާ ދިނުމަށް އުފެދި އަދި އުފައްދައިފާ ޖަމާޢަތެކެވެ. މި މީހުން އެކަނިވެސް 1990 އިން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް 16 އަހަރު ތެރޭގައި 749 ބޮމް އެޓޭކް އިންޑިޔާގައި އެކަނި ސާބިތުވެފައި ވެއެވެ. މިއީ ތޯތޯކޮށް ލިޔެލާ ވާހަކަ ތަކެއްނޫނެވެ. އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތް ތަކާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގައި ރެކޯރޑް ކުރެވިފައިވާ ޢާއްމު މަޢްލޫމާތެވެ. ނަމަވެސް މިމީހުންނަކަށްވެސް ހިންދޫ ޓެރަރިސްޓެކޭ އެއްބަޔަކުވެސް ނުކިޔައެވެ. ސައުތުއޭޝިއަން ޓެރެރިޒަމް ޕޯޓަލްގެ ނަމުން މަޝްހޫރުވެފައިވާ ވެބްސައިޓުގައި ވެސް ޢަޖާބަކީ އަލްޤައިދާގެ ނަން އެންމެ ކުރީގައި ލިޔެފައިވާތީއެވެ. އެމީހުންގެ މައްޗައް ޖުމްލަ 28 ޙަމަލާއަކަށް ޝައްކުކުރެވިފައިވެއެވެ. އޭގެ ތެރެއިން ސާބިތުވާކަމަށް ބުނެފައިވަނީ އެންމެ 2 ޙަމަލާއެވެ. ނަމަވެސް ކޮބައިތޯ 749 އާއި 28 އާއި އަޅާކިޔާނީ ކޮންފަދައަކުންތޯއެވެ. އެއްވެސްޙާލެއްގައި އަލްޤާޢިދާ ރަނގަޅޭ ނުވަތަ ނުބައޭވެސް އަޅުގަނޑު ބުނަނީޔަކީ ނޫނެވެ. ހަމައެކަނި މިބުނި ޔޫރަޕްގެ ޚަބަރުތަކުން ނަންކުރާ އަލްޤާޢިދާވެސް ލަދުގަންނަވަރަށް އިންޑިޔާގެ ހިންދޫޓެރެރިސްޓުން އުލްފާއިން 749 ޙަމަލާ ކަށަވަރު ކަމާއެކީ ދީފައިވެއެވެ. މިއީ މުސްލިމުންތޯ އަދި މިމީހުންނަކީ ޓެރަރިސްޓުންނަށް ނުވެދާނެތޯ ސުވާލުކޮށްލަންބޭނުމެވެ؟ އަދިވެސް މީގެ އިތުރުން ނޭޕާލުގެ މާއޮއިސްޓުން ދީފައިވާ 99 ޓެރެރިސްޓް އެޓޭކް ނުވަތަ ޢުދުވާނީ ޙަމަލާޔަކީ ކޮންކަމެއްތޯއެވެ؟ މި މީހުންނަކީ ކޮމިއުނިސްޓުންނެވެ. އިންޑިޔާގައި 7 އަހަރު ތެރޭގައި ތަފާތު އެކި ޙަމަލާ ދީފައިވެއެވެ. ނަމަވެސް މި މީހުންނަކަށް ޓެރަރިސްޓުންނެކޭ ނުކިޔައެވެ. ކޮންސަބަބަކާއި ހުރެ ހެއްޔެވެ؟ ހަމައެކަނި މުސްލިމުންނާއި ދިމާލަށް އިނގިލިދިއްކޮށް ހަދަނީ ކީއްވެހެއްޔެވެ؟ ވަރަށް ފުންކޮށް ވިސްނާލައްވާށެވެ! 2006 ވަނައަހަރު 9 ސެޕްޓެމްބަރ ވީދުވަހު 875 ރޮކެޓް އަދި 30 ލޯންޗަރ އަދި ބަޑިބޭހުގެ ވައްތަރު ތަކެއް އިންޑިޔާ ސިފައިން ހިންގި ސިއްރު އޮޕަރޭޝަނެއްގައި އަތުލައިގަތްގަތުމަކީ ދުނިޔޭގެ ތާރީޚްގައި އަމިއްލަ ޖަމާޢަތެއްގެ އަތުން މިފަދަ ނުރައްކާތެރި ހަތިޔާރުތަކެއް އަތުލެވުނު ފުރަތަމަ ފަހަރެވެ. އެއީ ކޮންބަޔެއްތޯއެވެ؟ އާދެ! އެއީވެސް މިދެންނެވި މާއޮއިސްޓު ކޮމިއުނިސްޓުންނެވެ. ޢަދުލު އިންސާފުގެ ބަހުންނަމަ (މާއޮއިސްޓު ކޮމިއުނިސްޓު ޓެރަރިސްޓުން) ނެވެ. މިހިސާބަށް ލިޔުނު އިރު މަޝްހޫރު ޤާތިލް ޖޯޒެފް ސްޓާރލިން ނުވަތަ އަންކަލްޖޯ ކޮބައި ހެއްޔެވެ.؟ 14.5 މިލިޔަން މީހުން މަރައި މުޅި ލިސްޓުގެ ދެވަނަޔަށް އެންމެ ގިނަމީހުން މަރާފައިވަނީ މީނާޔެވެ. މިއީ ބޮޑު ކްރިސްޓިއަނެކެވެ. މުސްލިމެއްތޯއެވެ؟ ޗައިނާގެ މާއޯޓީސޭޓީސުންގ އާއި އިޓަލީގެ ބެނީތޯމުސޮލިނީ އަކީ މުސްލިމުންތޯއެވެ؟ އިންޑިޔާގެ މަޝްހޫރު ހިންދޫ ރަސްގެފާނު އަޝޯކާ ކަލިންގާ ހަގުރާމައިގައި އެކަނިވެސް 100000 އެއްލައްކަ މީހުން މަރާފައިވެއެވެ.. ނަމަވެސް މުޅި އިސްލާމީ ތާރީޚްގައި މާތް ރަސޫލާ ސައްލައްﷲ ޢަލަހި ވަސއްލަމަގެ ދުވަސްވަރު 23 އަހަރުގެ ތެރޭގައި ކޮށްފައިވާ މަދު ހަނގުރާމަ ތަކުގައި ޖުމްލަ މަރުވެފައިވަނީ 1083 ނުވަތަ 1082 މީހުންނެވެ. ދެން ނިކަން ވިސްނަވާށެވެ. މިބުނި ކާފަރުންގެ އެންމެ މީހަކުވެސް މިއަށްތުރެގިނައިން މީހުން މަރާފައި ވެއެވެ. ޓެރަރިސްޓުންނަކީ ކޮންބައެއްތޯއެވެ؟ ދަންވަންތޯއެވެ؟ މިދެންނެވި ހުރިހާ މީހުންނަކީވެސް ނޮންމުސްލިމުންނެވެ. ސާފުބަހުންނަމަ ރޯ ކާފަރުންނެވެ. އަދި ވަކިން ޚާއްސަކޮށް 480 މިލިޔަން ކުށެއްނެތް އިންސާނުންނަށް ބިރުދައްކައި މުދާފޭރި ގަސްތުގައި މަރާފައިވާ މި މީހުންގެ 100 އިން 98 އިންސަތަ އަކީ ތިމާމެންނަކީ ޑިމޮކްރެޓިސްޓުން ކަމުގައި ދަޢްވާކުރި އަދި ކުރާ މީހުންނެވެ. މީގެން ސާފުވެ ފާޅުވެގެން ދަނީ ޙަޤީޤީ ޓެރެރިސްޓުންނަކީ ކާފަރު ނޮންމުސްލިމު ޑިމޮކްރެޓިކް މީހުންކަމުގައެވެ. އަދި މިއާއި އެކު މިދެންނެވި ޓެރަރިސްޓުން މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގައި ބުނެ ދޮގުހަދަން އުޅޭތަން ފެނި ހާމަވެގެން ހިގައްޖެއެވެ. މިދެންނެވި ބޯދާ ތާކުންތާކު ނުޖެހޭ ޑިމޮކްރަސީ އަކީ ނުވަތަ ޓެރަރިސްޓުން ޤަބުލުކުރާ ކުރުމުގެ ޙަޤީޤަތް ވަރަށް ސާފުކޮށް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނުގެ ފޮތް (އިސްލާމްދީނާއި ޑިމޮކްރަސީ. ފޮތްފާސްކުރުމުގެ ކާރޑް ނަންބަރު 142-2006-05 29މާރޗްގެ) ގެ ޢަދަދުގައި ވަރަށް ސާފުކޮށް ފާޅުކަން ބޮޑުގޮތެއްގައި ބަޔާންކޮށްދެއްވާ ފައިވެއެވެ. ދަންނަވަމެވެ. މީގެ ތެރޭގައި އެމެރިކާގެ ސީއައިއޭއިން އަހަރަކު މަރަމުންދާ 100000 އެއްލައްކަ މީހުންގެ ވާހަކަ އަދި ނުލިޔެވި ބާކީ އެބައޮތެވެ. ބޭނުންޖެހިއްޖެ ޙާލަތެއްގައި މީގެ ވާހަކަވެސް ލިޔެވޭތޯބަލާނަމެވެ…އަދި އޮސްޓްރޭލިޔާގައި އެބޮރްޖިން މިހުން އަޅުވެތި ކުރިވާހަކަ ކޮބައިތޯއެވެ؟ ދިވެހި ރާއްޖެ އަޅުވެތި ކުރި ތާރީޚްތައް ހަނދާންނެތުނީ ތޯއެވެ. ކިތައްކިތައް ޤައުމުން ކޮންކޮން ބަޔެއްތޯއެވެ. މިހާރުވެސް މާދިގު ވެއްޖެއެވެ. ނަމަވެސް އަދި ލިޔެލާނަމެވެ. ސީރިޔާ،ލެބްނާން، ފަލަސްތީން،އަފްޢާނިސްތާން، ޢިރާޤް،ބޮސްނިޔާ އަދި މިސުރުގައި މިއަދާއި ހަމަޔަށް މިހާރުވެސް މީހުން ކަމަކާއި ނުލައި ކިތައް ކިތައް މީހުން ކިހާ ޢަދަދަކަށް މަރާކަން އެނގޭތޯއެވެ... ގަދަކަމުން ހަތިޔާރާއެކު ރާއްޖެއަރާ ދިވެހި ރައްޔެތުންނަށް ބިރުދައްކާ އެމީހުންގެ މުދާފޭރި މުޅި ޤައުމު އަޅުވެތިކުރީ އަޅެފަހެ މުސްލިމު ބަޔަކުތޯއެވެ؟ މީގެ އިތުރުންވެސް އިންސާނުން ދުނިޔެއަށް އުފަންވީއްސުރެ ރެކޯރޑް ކުރެވިފައިވާ މަދު ޞަފްޙާތަކަށް ނަޒަރު ހިންގާލާއިރު އާދަމުގެދަރިޔަކު ފިއްކަނޑައިގެންދާހާ ގެއްލުމާއި ތަބާހާއި ކޮށްފައިހުރީ ހަމަ ސީދާ ކަނޑައެޅިގެން އިސްލާމްނޫން ދެންތިބި ބަޔެކެވެ.1945 ގެ އޯގަސްޓް 6ވަނަ ދުވަހާއި 9 ވަނަ ދުވަހު ޖަޕާނުގެ ހީރޯޝީމާ އާއި ނަގަސާކީއަށް އެޅި ނިއުކުލިއަރ އެޓޮމްބޮންތަކަކީ އޭގެ ނަތީޖާއެއްގެ ގޮތުން 1400000 އެއްލައްކަ ސާޅީސްހާސް މަރު ފުރަތަމަ އަދި 80000 އަށްޑިހަހާސް ދެވަނަ އެތިފަހަރުން މަރުވި ގެއްލުންބޮޑު ނުރައްކާތެރި ބިމުގެ މުދަލަށް ހަލާކުދެނިވި ޓެރެރިސްޓް ޢަމަލެކެވެ. އަދި ކިޔެއްތަ، މިއަދާހަމަޔަށްވެސް އެތަނުގައި ވިހައިގެ ސަބަބުން އިންސާނުންނަށް ދިރިއުޅުންވަނީ ތަޙައްމަލްކުރަންދަތިވެފައެވެ. ނިކަންވިސްނަވާށެވެ.މި ވޭތުވެދިޔަ 64 ވަރަކަށް އަހަރުތެރޭގައި މީގެ ސަބަބުން ޤައުމެއްގެ ބިންބޭނުން ނުކުރެވުމުގެ ސަބަބުންވީ މަޢްނަވީ ގެއްލުން މިނެކިރައި އޭގެ ޙިސާބު މިދުނިޔޭގައި އަޅުގަނޑުމެން ހަދާނީ ކޮންފަދައަކުން ހެއްޔެވެ.؟ އަދިވެސް އިންޓަރނެޓްގައި އެންމެބޮޑު ޓެރެރިސްޓް އެޓޭކްގެ ގޮތުގައި ލޭބަލްކުރަނީ މި ޙާދިސާޔެވެ. މިއީ އެމެރިކާގެ ޑިމޮކްރެޓިކް ރައީސް ހެރީ އެސް ޓްރްމާން ނަމަކަށް ކިޔާ ކާފަރު ޓެރަރިސްޓަކު ދިން ޙަމަލާޔެކެވެ. ޖުމްލަ 112 ތަފާތު އެކިކަހަލަ ހަނގުރާމަ 18ވަނަ ޤަރުނުން ފެށިގެން 2001 ވަނަ އަހަރާއި ހަމަޔަށް އެމެރިކާއިން ބޭރުގައްޔާއި އަދި އެމެރިކާ ތެރޭގައި ކޮއްފައިވެއެވެ. ޓެރަރިޒަމަކީ ނުވަތަ ޓެރަރިޒަމް ހިންގަނީ ކޮންބަޔެއްތޯއެވެ. ތާރީޚަށް ބަލާއިރު އަޅު ގަނޑުމެންނަށް ފެނިގެންދަނީ 18ވަނަ ޤަރުނުން ފެށިގެން މުސްލިމު ޤައުމުތަކުން ހިންގާފައިވާ ހަނގުރާމަ ލިސްޓް 25އަށް ވުރެ ދިގެއްނޫނެވެ. އޭގެ ތެރއިންވެސް %99 އަކީ ނޮންމުސްލިމު ކާފަރު ޤައުމުތަކުން ދޭ ޙަމަލާ ތަކުގެ ދިފާޢުގައި މުސްލިމުން ކޮށްފައިވާ ހަނގުރާމަ ތަކެވެ. ޓެރަރިޒަމްއޭ ކިޔައިގެން ބަޔަކު ދައްކާނެ ވާހަކަޔެއް ދައްކާށެވެ. އަޅުގަނޑުމެން ތިދޮގު ވާހަކަތަކެއް ޤަބޫލެއް ނުކުރާނަމެވެ. މިހާރުވެސް މާދިގު ވެއްޖެއެވެ. ނަމަވެސް އަދި ލިޔެލާނަމެވެ. ސީރިޔާ،ލެބްނާން، ފަލަސްތީން،އަފްޢާނިސްތާން، ޢިރާޤް،ބޮސްނިޔާ އަދި މިސުރުގައި މިއަދާއި ހަމަޔަށް މިހާރުވެސް މީހުން ކަމަކާއި ނުލައި ކިތައް ކިތައް މީހުން ކިހާ ޢަދަދަކަށް މަރާކަން އެނގޭތޯއެވެ...މީ ކޮންކަމެއްތޯއެވެ؟. އާދެ މިއީ އެމީހުންގެ ބަހުން ޓެރެރިޒަމްއެވެ..ލިޔުމުގެ ޚުލާސާގައި ލިޔެލަންބޭނުންވަނީ ޙަޤީޤީ ޓެރެރިސްޓުންނަކީ ޑިމޮކްރެޓިސްޓުންކަން ތާރީޚް ހެކިދެޔެވެ. އަދި ކިއެއްތަ! އިންސާނިއްޔަތައް ރަޙްމަތެއްކަމުގައި ބާވައިލެއްވި ދީނާއި އެދީނަށް އުޅޭމީހުންނަކީ ރަޙްމަތެއްކަމުގައި ނޫނީ ނުވާނެއެވެ. ބުއްދި ތަންދެނީވެސް މިގޮތަށް ޤަބޫލުކުރާށެވެ. ނުނިމޭ....








