މަސްތުވާތަކެތީެގެ ބޮޑުންގެ އެކަކު ދާދި ފަހުން ރާއްޖޭގެ ކޯޓަކުން ދޫކޮށްފައިވަނީ ދިވެހިންގެ އެތައް ބައެއްގެ ލޮލުން ކަރުނަ ބާލާފައެވެ. ފުލުހުންކޮށްފައިވާ އަގުހުރި މަސައްކަތް ފަނުފުލުން ދުއްވާލާ ކޯޓުން ނިންމި ނިންމުމާމެދު ވިސްނާ ފިކުރުކުރަން އެބަޖެހެއެވެ. ކުރީގައި ބުނަމުން އައީ ހެކިބަސްދޭނެ މީހަކު ނުވީކަމަށެވެ. އެހެނަސް މިފަހަރު ދިވެހި ދަރިއަކުވަނީ ސާބިތުކަންމަތީ ހުރެ ގައުމަށްޓަކާ ހެކިބަސްވެސް ދީފައެވެ. ދެން ބުނަމުން އައީ އެންމެ ހެއްކަކު ކަމުން ނުވި ވާހަކައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން 04 ފުލުހުންވެސް ވަނީ ސާބިތުކަންމަތީ ކޯޓުގައި ހެކިބަސްދީފައެވެ. އަދި ޝަރީއަތް އަޑުއަހަންދިޔަ ފަރާތްތަކުން ލިބުނު މަޢުލޫމާތުން އެނގޭ ގޮތުން ގާޒީ ހާމަކުރި ގޮތުގައި އާދަމް ނަސީރުގެ ގެއިން ފެނުނު 5 މިލިއަންރުފިޔާ ހޯދި ގޮތެއް އޭނާ ޝަރީއަތުގައި ބުނެދޭކަށެއްނުޖެހޭނެއެވެ. އަދި ބޯލާކޮޅުގައި އެ ފައިސާ ފޮރުވާ ފައި ބެހެއްޓުމަކީ އޭނާގެ ޒާތީ ކަމެއް ކަމަށް ވެސް ގާޒީ ބުނެފައިވެއެވެ. ގިނަބައެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ ދިވެހިފަނދިޔާރުން ފަނޑިޔާރުކަން ކުރަމުން
ދަނީއިންސާފުންތޯ ނުވަތަ އަމިއްލަ މަސްލަހަތު ކުރިޔަށް ނެރެގެންތޯ؟ ބުރަވެވެނީއަމިއްލަ މަސްލަހަތު ކުރިޔަށް ނެރުއްވަމުން ގެންދަވާ ކަމަށެވެ. އާދަމް ނަސީރު އަތުން ފެނިފައިވާ ފައިސާ އޭނާ ހޯދި ގޮތެއް އޭނާ އަށް ބުނެދެވިފައިނުވާ ކަން ސާބިތުކޮށްދިނުމަށް ދަޢުލަތުން 12 ހެކިބަހުގެ ބަޔާން ހުށަހަޅަން އެދުމުން ގާޒީވަނީ އެފުރުސަތުވެސް ނަގާލާފައެވެ. ދަންނަވަންތޯއެވެ. ދަޢުލަތުގެ ވަކީލުންނާއި ފުލުހުން ހިމޭނުން އެތިބެނީ މި މައްސަލަ އިސްތިއުނާފުކުރަމުންދާތީއެވެ. އެނގޭ އެއްޗެކީ ކޯޓުގެ ގާޒީންނަށް ހިތުހުރި ގޮތަކަށް މި ގައުމުގައި ޝަ ރީއަތްކޮށްކޮށް ނުތިބެވޭނެކަމެވެ. ރައްޔިތުން އަމިއްލައަށް އިންސާފު ނުހޯދާ ނުތިބޭނެކަމަށް ވެސް ބެލެވެ އެވެ.....ފުލުހުންގެ 04 މީހުންދިން ހެކިބަހުގެ ވާހަކަ މީޑިއާގައި ނުދައްކަނީ ކީއްވެ......؟ މި އީ ވެސް އާއްމުން ގެ ހިތުގައި ސުވާލު އުފެދޭނެކަމެއް ކަމަށް ބެލެވެ އެވެ








