ނޫސް ވެރި ކަމަށް ޖާގަ ނުދެވޭތަނެއްގައި ޑިމޮކްރަސީ ނޭވައެއް ނުލާނެ ކަމަށްއާސަރުކާރުގެ ފުރަތަމަ ސިވިލްއޭވިއޭޝަނާއި ބެހޭ ވަޒީރުކަންކުރެއްވި ދިވެހުގައުމީޕާޓީގެއިސްމެމްބަރު ޑރ މުހައްމަދު ޖަމީލުއަހުމަދު ވިދާޅު ވެއްޖެއެވެ ދިމިނިވަންދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަމީލު ވިދާޅުވީ ރާއްޖެ އަށް މިހާރުއައިސްފައިވާ އިސްލާހީބަދަލު ތތަކަކީ ނުވަތަރާއްޖޭގައި އެޅިފައި ވާޑިމޮކްރަސީގެ ބިންގަލަކީއެއްވެސް ހާލެއްގައި ވަކިބަޔަކުއެކަނި ކުރި މަސައްކަތަކުން ހޯދިފައިވާ އެއްޗެއްނުން ކަމަށާއި ޑިމޮކްރަސީއަށް ވާސިލް ވުމުގައި
މަސައްކަތްކުރެއްވުމުގެޝަރަފު ނުވަތަ ކްރެޑިޓްލިބެންޖެހޭ ވަރަށް ގިނަބަޔަކު ރާއްޖޭގައި އެބައުޅޭކަމަށްވެސް އޭނާ ވިދާޅުވިއެވެ އެގޮތުން ކުރީގެ ރައީސް މައުމޫނަށް ވެސް ކުރެޑިޓް ދެވެން ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ އަދި ހާއްސަ ކޮށް ދިވެހި ނޫސްވެރިން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައިކުރި ބުރަމަސައްކަތާއި ކުރީ ގެސަރުކާރު ތެރޭތިއްބަވައިގެން ނިއު މޯލްޑީވްސް މެނބަރުން ކުރެއްވި މަސައްކަތް ރައީސް ނަޝީދު ފާހަގަކުރެއްވި ކުރެއްވުމަށް އިޝާރަތް ކުރައްވައި ހަމައެކަނި ބަޔަކު މަގުމައްޗަށްނިކުމެ ހޯދި އެއްޗެއްކަމަށް ބުނާ ބުނުމަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅު ވިއެވެ އަދި އިތުރަށް އޭނާ ވިދާޅުވީ ޑީމޮކްރަސީގެވާކަ ދައްކާ އިރު މިނިވަން ނޫސް ވެރިކަމަކަށް ފުރުސަތު އޮންނަން ވާނެކަށާއި މިހާ ނޫސްވެރިކަމުގެ ހާލަތު ވަރަށް ބޮޑަށްދަށަށް ދާ މަންޒަރު ފެންނަމުންދާކަމީ ޑިމޮކްރަސީއަށް އޮތް ބިރެއް ކަމަށް ވެސް އޭނާވިދާޅު ވިއެވެ











