Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އިންތިޚާބު ލަސްކުރަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ- ޑީއާރުޕީ

އިންތިޚާބު ލަސްކުރަން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ- ޑީއާރުޕީ

ލޯކަލްކައުންސިލްގެ އިންތިޚާބު ލަސްކޮށް، ކައުންސިލަރުންގެ އަތްމަތީ ބާރު ދެމެހެއްޓުމަށް ސަރުކާރުންކުރާ މަސައްކަތުގެ ސަބަބުން ސިޔާސީ ފައިދާއެއް ނުކުރާނެކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފިއެވެ.

ޑީއާރުޕީގެ ލީޑަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެންބަރ އަހުމަދު ތަސްމީން އަލީ

ވިދާޅުވީ ކުރިއަށްއޮތް ލޯކަލްކައުންސިލްގެ އިންތިޚާބު ލަސްކޮށް، ކައުންސިލަރުންގެ އަތްމަތީ ބާރު ދެމެހެއްޓުމަށް ސަރުކާރުންކުރާ މަސައްކަތުގެ ސަބަބުން ސިޔާސީ ފައިދާއެއް ނުކުރާނެކަމަށާއި، ރައްޔިތުން މިހާރު ތިބީ މިހިނގާކަންތައްތަކަށް މާ ބޮޑަށް ލޯހުޅުވިފަކަމަށެވެ.

 

އަދި މިހާރު ބޮޑުމަޝްވަރާއަކަށްގޮސްގެން ސަރުކާރުން އިންތިޚާބު ލަސްކުރަން ބޭނުންވަނީ އެމްޑީޕީއަށް މިހާރުއޮތް ސިޔާސީ މާހައުލު އިތުރަށްފަހިވެގެން ދާނެކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ ކަމަށް ތަސްމީންވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައި ބުނާ ރަށްރަށް ގެޒެޓްކުރެވިފައި އޮންނަންވާނެކަމަށް، ބުނާ މާއްދާހިފައިގެން ސަރުކާރުން މަސައްކަތްކުރަމުންދަނީ އިންތިޚާބު ލަސްކުރުމަށްކަމަށާއި، މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށްވެސް ތަސްމީންވިދާޅުވިއެވެ.

އަދި މިހާރުހުރިރަށްރަށް ގެޒެޓްކޮށް، އިންތިޚާބެއް ބޭއްވިނަމަވެސް، ރައްޔިތުންގެ ތާއީދާއެކު އިދާރީ ދާއިރާތައް އެއްކޮށްލުމަށްފަހު، ގެޒެޓްކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ފަހުންވެސް އޮންނާނެކަމަށް އޭނާވިދާޅުވިއެވެ. އިންތިޚާބުގެ ކުރީން މީހުންދިރިއުޅޭރަށްތައް ކަނޑައަޅާ ގެޒެޓްކުރުމަށް ކުރަމުންދާ މަޝްވަރާތަކަށް އިދިކޮޅު ޑީއާރުޕީއަށް ފުރުސަތު ދެއްވާފައިވާތީ އެކަމަށް އެއްބާރުލުން ދިންނަމަވެސް، ޑީއާރުޕީން މިކަންތައްތަކާއި ކަންބޮޑުވާ ކަމަށްވެސް ތަސްމީންވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް