Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާޙް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާޙް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަސާސީ ގަވައިދަށް ބައެއް އިސްލާޙް ގެނެސް އާންމު މެންބަރުން ގެންނަން ބޭނުންވާ އިސްލާޙްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތަށް ފާސްވެފައިވަނީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 82 ވަނަ ޖަލްސާ އިންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޤައުމީ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި، މިހާރު އަމަލުކުރެވެމުންދާ އެޕާޓީގެ އަސާސީ ގަވައިދުގެ 31 ވަނަ މާއްދާ އާއި 33 ވަނަ މާއްދާގައި ބަޔާންކުރާ ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތާއި، ކޯރަމްގައި ގުނޭ ވޯޓުލިބިގެންވާ މެންބަރުންނަކީ ކޮބައިކަން ބަޔާންކުރާ މާއްދާ، އިސްލާހްކޮށްފައިވެއެވެ. އަދި މި އިސްލާޙްތަކުގެ އިތުރުން އަސާސީ ގަވައިދަށް އެމްޑީޕީގެ އާންމު މެންބަރުން ގެންނަން ބޭނުންވާ އިސްލާޙްތައް ހުށަހެޅުއްވުމަށް 14 ދުވަހުގެ މުހުލަތެއް ދިނުމަށް ރޭގެ ޖަލްސާ އިން ވަނީ ފާސްކޮށްފައެވެ. ރޭ 10.00 ން ފެށިގެން 1.15 އާ ހަމަޔަށް ދިގުދެމިގެންދިޔަ މި ޖަލްސާގައި އަސާސީ ގަވައިދަށް ގެންނަން ފެންނަ އިސްލާހްތަކާ ބެހޭގޮތުން ބަހުސްކުރުމުގެ އިތުރުން ވެސް މުހިއްމު ވަރަށް ގިނަ ކަންތައްތަކެއް ފާސްކޮށްފައިވެއެވެ. އޭގެތެރޭގައި އެމްޑީޕީގެ ކޮންގްރެސް މިއަންނަ އޮކްޓޯބަރ 28، 29 އަދި 30 މި 3 ދުވަހު ބާއްވާ ގޮތަސް ފާސްކުރުމާއި އެމްޑީޕީ ސެކްރެޓޭރިއެޓުގެ މުއައްޒަފުންނަށް މިއަންނަ މަހު ބާއްވާ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ގައި ވާދަނުކުރެވޭ ގޮތަށް ފާސްކުރުމާއި، އިންތިޚާބާއި ބެހޭ ކޮމިޓީއަކާއި އިންތިޚާބާއި ބެހޭ ޝަކުވާ ހުށަހަޅާ ކޮމިޓީއެއް ނެގުން ހިމެނެއެވެ. 33 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް