ވަގަށްނަގާފައިވާކަމަށް ތުހުމަތުކުރެވޭ ފަސްލައްކައަށްވުރެ ގިނަ ރުފިޔާއާއި އެކު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ. މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ވަގަށްނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ތިޖޫރިއެއް ހިފައިގެން ބަޔަކުގޮސް ތަނެއްގެތެރޭގައި ތިބެ ތިޖޫރި ހަލާކުކޮށްލާފައި ވަނިކޮށެވެ. މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި މިމީހުން ފުލުހުންގެ ބެލެމުގެދަށަ
ގެނެސް އެތަން ޗެކްކުރި ކުރުމުން އެސަރަޙައްދުން ފަސްލައްކައަށްވުރެ ގިނަ ފައިސާއާއި، ގިނަ ޢަދަދެއްގެ ޑޮލަރާއި ޗެކްތަކެއްވެސް ފުލުހުން ހޯދާފައިވެއެވެ.
މިހާތަނަށް ބެލިބެލުމުން ފުލުހުން ހޯދި މިފައިސާއާއި ތިޖޫރިއަކީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ގެލެކްސީ އެންޓަރޕްރައިސަސްއިން ވަގަށްނަގާފައިވާ ތަކެތި ކަމަށް ވަނީ ބެލެވިފައެވެ. ގެލެކްސީ އެންޓަރޕްރައިސަސް ފަޅާލާ އެތާހުރި ތިޖޫރިން ގިނަ ޢަދަދެއްގެ ފައިސާއާއިއެކު ވަގަށްނެގިކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިމައްސަލަ މޯލްޑިވްސް ސަރވިސްގެ ޕްރޮޕަރޓީ އެންޑް ކޮމާޝަލް ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުޤީޤް ކުރަމުންނެވެ.











