ރާއްޖޭގައި މިހާރު މިއޮތީ މިލިޓަރީ ވެރިކަމެއް- އިބްރާހިމްޝަރީފް
20:02 ބުދަ, 25 އޯގަސްޓް 2010
ޖޭއާރް
ރާއްޖޭގައި މިހާރު މިއޮތީ މިލިޓަރީ ވެރިކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކަމަށް މުޙައްމަދު ނަޝީދު ރައްޔިތުން އައްޔަން ކޮށްފައި ވިޔަސް ރައީސް ނަޝީދު ސަރުކާރު މިހާރު ހިންގަނީ ދާދި ފަހުން ތައިލެންޑު ސަރުކާރު ހިންގި ގޮތަށް ކަމުގައި ޑީއާރުޕީގެ ނައިބް ލީޑަރެއް ކަމުގައިވާ އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެ
އެވެ.
ޝަރީފު ވިދާޅުވީ މިހާރު ވެރިކަން ކުރަމުން ދަނީ މިލިޓަރީ ވެރިކަމެއް ރަސްމީކޮށް އިއުލާން ނުކޮށް ކަމަށެވެ. އެހެންކަމުން މިހާރު ރައީސް ނަޝީދަށް އެންމެ ރަނގަޅުވާނީ ރަސްމީކޮށް އިއުލާން ކޮށްގެން މިލިޓަރީ ވެރިކަމެއް ރާއްޖޭގައި ކުރުން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިހާރުގެ ސަރުކާރަކީ ގާނޫނަކަށް ގަވައިދަކަށް ނުބަލައި ހިތުހުރި ގޮތަކަށް ހިންގަމުން އަންނަ ސަރުކާރެއް ކަމަށާއި އެއީ މިލިޓަރީ ސަރުކާރަކުން އަމަލުކުރާނެ ގޮތް ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ ބާރު ރައީސް ނަޝީދުގެ ސަރުކާރުން މުޅިން ކަނޑުވާލައިފި ކަމަށް ކުރިން އެމްޑީޕީގައި އުޅުއްވި ޝަރީފު ވިދާޅުވިއެވެ.
