އަތޮޅު ކައުންސިލާއި ރަށު ކައުންސިލިލް އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވަން ބޭނުންވާ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް ހުޅުވާލި ފުރުސަތު 19 އޯގަސްޓް 2010 ގެ ނިޔަލަށް ހަމަވިނަމަވެސް، އެޕާޓީން އެމުއްދަތު އިތުރުކޮށްފިއެވެ.
ޖުމްހޫރީޕާޓީން ނެރުނު
އިއުލާނެއްގައިވަނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލިލް އިންތިހާބަށް މުއްދަަތު އިތުރުކޮށްދިނީ ގިނަ އަދަދެއްގެ މީހުން އެދެމުންދިއުމާއެކުއެވެ. އެހެންކަމުން، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ޖުމްހޫރީ ޕާޓީގެ މެންބަރުން 30 އޯގަސްޓް 2010 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕާޓީގެ މައި އިދާރާ (މ.ޗަބޭލީގެ 3 ވަނަ ފަންގިފިލާ) އަށް އެންގެވުމަށް ޖުމްހޫރީޕާޓީގެ އިއުލާންގައިވެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ފޯން 3305549 އަށެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










