Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސިވިލްސާރވިސްގެ ރައީސް ކަމަށް ފަހުމީ، ނައިބް ރައީސް ކަމަށް އަހަންމައިދީ ހަމަޖައްސައިފި

ސިވިލްސާރވިސްގެ ރައީސް ކަމަށް ފަހުމީ، ނައިބް ރައީސް ކަމަށް އަހަންމައިދީ ހަމަޖައްސައިފި

ސިވިލްސާރވިސް ކޮމިޝަނުގެ ރައީސް ކަމަށް ކުރިންވެސް އެކޮމިޝަނުގައި މަސައްކަތް ކުރެއްވި މުޙައްމަދު ފަހުމީ ހަމަޖައްސަވައި އެކޮމިޝަނުގެ ނައިބް ރައީސް ކަމަށް އަޙްމަދު ހަސަން ދީދީ (ރެޑިއަމް އަހަންމައިދީ) ހަމަޖައްސަވައިފިއެވެ.

މިދެބޭފުޅުން މިމަގާމަށް ހަމަޖެއްސެވީ އިއްޔެ އޮތް

ރައްޔިތުންގެ މަޖިލީހުގައި ވޯޓަކަށް ގޮސްގެންނެވެ. ދެބޭފުޅުންނަށްވެސް 69 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އަހަންމައިދީ އާއި ފަހުމީގެ ނަން ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދެވެ.

 

ރައީސަކަށް ކުރިންވެސް ހުންނެވި ޑރ ލަތީފުގެ ނަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. ރިޔާޒްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މީގެއިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މާވަށު ދާއިރާގެ މެމްބަރު އަބްދުލްޖަމާލް އަބޫބަކުރުވެސް ތާއީދު ކުރެއްވިއެވެ. ނަމަވެސް ފުރަތަމަ ހުށަހެޅުން ފާސްވުމުން ދެވަނަ ހުށަހެޅުމަށް ނުގޮސް ނިންމާލީއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް