Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މާލެ އާއި ތިލަފުށި ނޫން ބަނދަރު ތަކަށް މުދާ ބޭލުމުގެ ވަގުތީ ހުއްދަ ދިނުން ހުއްޓާލަން ނިންމައިފި

މާލެ އާއި ތިލަފުށި ނޫން ބަނދަރު ތަކަށް މުދާ ބޭލުމުގެ ވަގުތީ ހުއްދަ ދިނުން ހުއްޓާލަން ނިންމައިފި

މާލެއާއި ތިލަފުށްޓާއި ސަރަޙައްދީ ދެބަނދަރު ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމަށާއި މުދާ އެރުވުމަށް މިހާރު ދެއްވަމުން ގެންދަވާ ވަގުތީ ހުއްދަ ދެއްވުން ހުއްޓަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މާލެއާއި ތިލަފުށްޓާއި ސަރަޙައްދީ ދެބަނދަރު ފިޔަވައި އެހެން ތަންތަނަށް މުދާ ބާލައި އެރުވުމުން

ކުރިމަތިވާ މައްސަލަތަކުގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

 

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ބަނދަރުތަކުގެ ވިޔަފާރި ތަރައްޤީ ކުރެއްވުމަށްޓަކައި އެބަނދަރުތަކަށް ކަނޑުމަގުން އެތެރެކުރާ ހުރިހާ މުދަލެއްގެ ޑިއުޓީން 30 ޕަސެންޓް މަޢާފްކޮށް ދެއްވާފައިވުމާއެކު، އެބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އެތެރެވަނީ ކޮންބާވަތެއްގެ މުދަލެއްތޯ ބަލައި، ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީވެސް މިހާރު ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.

މިސަބަބުތައް މިހެން ހުރުމާއެކު، މާލެއާއި ތިލަފުށްޓާއި ސަރަޙައްދީ ދެބަނދަރު ފިޔަވައި އެހެން ތަންތަނަށް މުދާ ބޭލުމާއި އެރުވުމުގެ ވަގުތީ ހުއްދަ ދެއްވުން މިހާ ހިސާބުން ހުއްޓަވާލެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް