Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރާއްޖޭގެ އިސްވެރިންތަކެއް އަވަހާރަ ކޮށްލަން ބަޔަކު ރާވާފައިވާ ކަމުގެ ސިޓީއެއް މަހެލޫފަށް ލިބިއްޖެ- ޑީއާރުޕީ

ރާއްޖޭގެ އިސްވެރިންތަކެއް އަވަހާރަ ކޮށްލަން ބަޔަކު ރާވާފައިވާ ކަމުގެ ސިޓީއެއް މަހެލޫފަށް ލިބިއްޖެ- ޑީއާރުޕީ

ރާެއްޖޭގެ ސިޔާސީ މައިދާނާއި އަދުލްއިންސާފު ގާއިމް ކުރުމުގެ ދާއިރާގައި އުޅުއްވާ އިސްފަރާތްތަކެއް އަވަހާރަ ކޮށްލުމަށް ބަޔަކު މީހުން ރާވަމުން އަންނަ ކަމުގެ މައުލޫމާތު ހުރި ސިޓީއެއް ޑީއާރުޕީގެ ޒުވާނުންގެ ފޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަޙްމަދު މަހެލޫފަށް ލިބިއްޖެ ކަމުގައި ޑީއާރުޕީ އާއި މެހެލޫފް ވިދާޅުވެއްޖެއެ

ވެ.

 

ޑީއާރުޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނޭ އުމަރު ނަސީރާއި އިލްހާމް އަޙްމަދު އަދި މަހެލޫފް ވިދާޅުވީ އެސިޓީ މަހެލޫފްގެ ގެއަށް ފޮނުވާފައި ވަނީ ކާކުކަން އެނގެން ނެތް ކަމަށާއި ސިޓީގައި ޖަހާފައި ވަނީ "ހެޔޮއެދޭ މީހެއް" ގެ ފަރާތުން ކަމަށެވެ.

އެސިޓީގައިވާ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން އަލީ އާއި އެޕާޓީގެ ނައިބް ލީޑަރުންގެ ތެރެއިން އުމަރު ނަސީރާއި އާއި އިލްހާމް އަޙްމަދު އާއި އަލީ ވަޙީދު އާއި އަޙްމަދު މަހެލޫފްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ޕީއޭގެ ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ޖުޑީޝަލް ކޮމިޝަނުގެ ކުރީގެ ރައީސް މުޖްތާޒް ފަހުމީ އާއި ޖިނާއީ ކޯޓުގެ އިސްގާޒީ އަބްދުﷲ މުޙައްމަދުގެ އިތުރުން ބޭރުގެ ގައުމުތަކަށް ކަނޑައަޅުއްވާފައިވާ ބަޔެއް ސަފީރުން ވެސް ހިމެނޭ ކަމަށް ޑީއާރުޕީ އާއި މެހެލޫފް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިކަމަކީ ދިވެހިންގެ ބަޔަކު ނުވަތަ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ނުވަތަ ބޭރުގެ ޖަމާއަތަކުން ކުރާކަމެއްކަން ސިޓީން ސާފުވާން ނެތް ކަމަށް މަހެލޫފް ވިދާޅުވިއެވެ. އަދި މިސީޓީ އަތަށް އެރުމުން އެންމެ ފުރަތަމަ އެކަން ނެންގެވީ ޖޯކެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއީ ވެދާނެ ކަމެއް ކަމަށް ބެލެވޭތީ އެކަން ޕާޓީގެ އިސްވެރިންނާއި މަޝްވަރާ ކުރުމަށް ފަހު ޕޮލިހާއި އެމްއެންޑީއެފް އަދި ރައްޔިތުންގެ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މަހެލޫފް ވިދާޅުވިއެވެ.

މަހެލޫފް ވިދާޅުވީ މިއީ މިލިސްޓުގައި ތިބި ބޭފުޅުންނަށް ބިރު ދައްކާލުމުގެ ގޮތުން ބަޔަކު ކުރި ކަމެއް ކަމަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް މިފަދަ ކަމެއް ހިނގައިފިނަމަ އެކަން ހިނގުމުގެ ކުރިން އެކަން ޙިއްސާ ކުރެއްވީ ކަމަށް ވިދާޅުވިއެވެ. މިމައްސަލަ ގައުމީ ސަލާމަތާބެހޭ ރައްޔިތުންގެ ކޮމިޓީންވެސް ބެލުމަށް ވަނީ ނިންމާފައެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް