Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރައްޔިތުންގެ މަޖިލީހުގެ ވަކިކޮމިޓީތަކަށް ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުން ނުފޮނުއްވަން ރައީސް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ވަކިކޮމިޓީތަކަށް ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުން ނުފޮނުއްވަން ރައީސް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ވަކި ކޮމިޓީތަކަށް ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ޙާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ބަޔާންކުރައްވައި، މަޢްލޫމާތު ދެއްވަމުން، ޕްރެސް ސެކްރެޓަރީ

މުޙަންމަދު ޒުހައިރު އިއްޔެ ވިދާޅުވީ، ވަޒީރުންނާއި ސަރުކާރު މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގަންނަވާނީ އަދި މަގާމުގެ ޙައިޘިއްޔަތުން ޖަވާބުދާރީވެވަޑައިގަންނަވާނީ، ހަމައެކަނި ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

 

އަދި ސަރުކާރުން ކުރައްވާ ނުވަތަ ހިންގަވާ ކަމަކާމެދު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ، ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެވުޒާރާއަކާ ޙަވާލުވެވަޑައިގެން ހުންނެވި ވަޒީރު ކަމަށާއި، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ، ޤާނޫނު ނަންބަރު 2005/2 (ވަޒީރުންނާ ސުވާލު ކުރުމުގެ ޤާނޫނު) ގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

އެހެންކަމުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމުގައި ޢަމަލުކުރައްވާނީ، އިސްވެ ދެންނެވި އުޞޫލުން ކަމަށް ދަންނަވައި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ސިޓީފުޅެއް ފޮނުއްވާފައި ކަމުގައި ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ދެއްވައި، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ކަމުގައިވެސް ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް