Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ކައުންސިލް އިންތިޚާބުގައި ބަޔެއް ރަށްތައް އެއްކޮށްލުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް ރައީސް ވިދާޅުވެއްޖެ

ކައުންސިލް އިންތިޚާބުގައި ބަޔެއް ރަށްތައް އެއްކޮށްލުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ އެއްވިސްނުންފުޅަކީ، އެރަށަކީ ގާތުގައި އޮތް ބޮޑު ރަށެއް ކަމުގައިވިޔަސް، އަދި ކުޑަރަށެއް ކަމުގައިވިޔަސް، ގާތުގައި އޮންނަ ރަށަކާ ގުޅިގެން ހިންގޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

އެވެ.

 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުއްވުމުގައި، ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތަށް ހިންގެން ހުރި ކިތަންމެ ރަށެއް ފެންނަން އެބަހުރި ކަމަށާއި، އެގޮތަށް ހަމަޖެއްސިއްޖެނަމަ، އޭގެ ސަބަބުން ކިތަންމެ އިޤްތިޞާދީ ފައިދާއެއް އަދި އިޖްތިމާޢީ ކުރިއެރުންތަކެއް ލިބުމުގެ ފުރްޞަތު މާބޮޑަށް ފަހިވެގެންދާނެ ކަމަށް ސަރުކާރަން ލަފާކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިމަސައްކަތް ސަރުކާރުން ހިންގަވަން ބޭނުންފުޅުވަނީ، ވީހާވެސް ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރައްވައިގެން ކަމަށް ވިދާޅުވެ، އެކަމުގެ މަޝްވަރާތައް މިހާރު ފެށިގެންދާކަން ހާމަކުރެއްވިއެވެ. މިގޮތުން، ވަޒީރުންގެ މަޖިލީހުގަޔާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލްގައި މިމަޝްވަރާތައް ކުރައްވައިފި ކަމަށާއި، އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއި، މިކަމުގެ ޚާއްޞަ މުޝީރުންނާވެސް ވާހަކަފުޅު ދައްކަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ބާއްވާ ލޯކަލް ގަވަރންމަންޓް އިންތިޚާބަށް ބައްލަވައިލައްވަމުން، އެ އިންތިޚާބުގެ އެންމެބޮޑު އެއްމަޤްޞަދަކީ، ކަތީބުން އިންތިޚާބު ކުރުމަށް ވަކާލާތު ކުރަމުން ގެންދިޔަ ގެންދިޔުން ޙަޤީޤަތަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ. ކައުންސިލަރުން ތިއްބަވާއިރު، ކަތީބުންނަކީ އިދާރީ އޮނިގަނޑުގެ ތެރޭގައި ފަހުން އައިސް ހިމެނޭނެ މަގާމެއްތޯ ނުވަތަ ނޫންތޯ ބަލަން އެބަޖެހޭ ކަމަށާއި، މިއީވެސް އިތުރަށް މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތައް އިންތިޚާބު ކުރުމާއެކު، އިތުރު މަސައްކަތްތައް ހިންގަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރަށުއޮފީހުގެ މަސައްކަތްތައް ރޭވުންވެސް މީގެތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އާބާދީއާ ގުޅުވައިގެން، ބޮޑުވެ ކުޑަވާ އެއްމިންގަނޑަކަށް އޮންނަ އޮނިގަނޑުތަކެއް މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި ގަތާލެވެން އެބަޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އެއޮނިގަނޑުތަކާއި ދެން އިންތިޚާބުވާ ކައުންސިލްތަކާ އޮންނަ ގުޅުން ފުރިހަމަ ކުރެވިގެން ނޫނީ އަޅުގަނޑުމެން މި ޙާޞިލު ކުރަން ބޭނުންވާ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ އިންތިޚާބު ބާއްވާއިރު، އިލެކްޝަންސް ކޮމިޝަނާއެކުވެސް ސަރުކާރުން މަޝްވަރާތައް އިތުރަށް ހިންގަވަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށްރަށުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތުގައި ސިވިލް ސަރވިސް ކޮމިޝަނާވެސް މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް