Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ގައުމީ ޕާޓީން މިހާރު ދައްކާ ވާހަކަ ތަކަކީ ވަރަށް ހެއްވާ ވާހަކަތަކެއް- ރީކޯ މޫސަ

ގައުމީ ޕާޓީން މިހާރު ދައްކާ ވާހަކަ ތަކަކީ ވަރަށް ހެއްވާ ވާހަކަތަކެއް- ރީކޯ މޫސަ

ސަރުކާރަށް ނިސްބަތްވާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެނިފެސްޓޯއާ އާ އެއްގޮތަށް ސަރުކާރު ހިންގުމަށް އިދިކޮޅު ފަރާތްތަކުން އެތައް ގޮތަކުން ދަތިކުރުމަށްފަހު އެ މެނިފެސްޓޯއާ އެއްގޮތަށް ސަރުކާރުން އަމަލުކުރަން ޖެހޭނޭ ކަމަށް ޤައުމީ ޕާޓީން މިހާރު އެބުނާ ބުނުމަކީ ވަރަށް ހެއްވާ ވާހަކައެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ

ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތުދެއްވަމުން މޫސަ ވިދާޅުވީ ، އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ސަރުކާރު ހިންގުމަށް ދަތިކުރުމުގެ ގޮތުން މަޖިލީހާއި މަޖިލީހުން ބޭރުގައި މަސައްކަތްކުރަމުންދާ ބަޔަކު އެބައެއްގެ އަމިއްލަ މަސްލަހަތު ދިފާޢުކުރުމަށް އެމްޑީޕީގެ މެނިފެސްޓޯ ހުއްޖަތަކަށް ދެއްކުމަކީ ވަރަށް ޚުދުމުޚްތާރު އަމަލެއް ކަމަށެވެ. ” މިހުރިހާ ދުވަހު އެމްޑީޕީ މެނިފެސްޓޯއާ ދެކޮޅަށް މަސައްކަތްކުރި ބަޔަކު ކުއްލިއަކަށް މިހާރު، އެބައެއްގެ އަމިއްލަ ފައިދާ އަށް. ދައުލަތުގެ މީޑިއާ މުށުތެރެއަށް ލުމަށް އެމްޑީޕީގެ މެނިފެސްޓޯ ހުއްޖަތަކަށް ހަދައިގެން މީޑިއާގައި އެވާހަކަ ދައްކަމުން ދިއުން އަޅުގަނޑަށް ވަނީ ވަރަށް ހެއްވާ ކަމަކަށް. ކިހާވަރަކަށްތޯ އެމީހުން އެމްޑީޕީގެ މެނިފެސްޓޯއާ ދެކޮޅަށް މަސައްކަތްކުރީ. ދިވެހިރައްޔިތުން ރައީސް

 

ނަޝީދު ވެރިކަމަށް ގެނައީ އެމްޑީޕީން ދޮރުންދޮރަށް ހިނގައި އެކުލަވާލާފައިވާ މެނިފެސްޓޯ އަށް އެ ރައްޔިތުން ތާޢީދުކޮށްގެނެއް ނޫނޭ ކިޔައިގެން ކިހާ ވާހަކައެއް އިދިކޮޅު ފަރާތްތަކުން ދެއްކިތޯ. އެހެންވީމަ މިއަދު އެމީހުން އަޅުގަނޑުމެންގެ މެނިފެސްޓޯ އަށް ތާޢީދުކޮށް ވާހަކަދެއްކުމުން އަޅުގަނޑަށް އެކަން ވަނީ ބޮޑު ޖޯކަކަށް ” މޫސަ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ ކުންފުންޏެއް ކަމަށްވާ އެމްއެންބީސީގެ ދަށުން ހިންގަމުން ގެންދާ ދަޢުލަތުގެ މީޑިއާތައް ކަމަށްވާ އެމްއެންބީސީވަން އާއި ރާއްޖެރޭޑިއޯ، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ އަޣްލަބިއްޔަތު ބޭނުންކޮށްގެން އުފައްދާފައިވާ އިދިކޮޅު އިއްތިހާދުގެ ގޮނޑިކޮއްކޮ ކުންފުންޏެއް ކަމަށްވާ އެމްބީސީގެ ދަށަށް ގެންދިއުމަށް އެ ފަރާތްތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް