Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރާ ބިލާއި ގޭންގް ކުށްތައް މަނާކުރާ ބިލް ފާސްކޮށްފި

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރާ ބިލާއި ގޭންގް ކުށްތައް މަނާކުރާ ބިލް ފާސްކޮށްފި

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 13

އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 5 އިސްލާޙް ފާސްކޮށް މަޖިލީހުން އެ ބިލު ފާސްކުރައްވައިފިއެވެ. މިބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ގޭންގު ކުށްތައް މަނާކުރުމާބެހޭ ބިލަށް މެންބަރުން ހުށަހަޅުއްވައިފައިވާ 17 އިޞްލާޙަށް ވޯޓަށްއަހާ އޭގެތެރެއިން 10 އިސްލާޙް ފާސްކޮށް މަޖިލީހުން ބިލު ވަނީ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.

 

މީގެއިތުރުން އިއްޔެގެ ޖަލްސާގައި 7 ޖުލައި 2010 ވި ބުދަދުވަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަންކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އެޓަރނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކޮށްފައިވާ އަލްއުސްތާޛު ޙުސްނުއްސުޢޫދުއެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ މަޤާމަށް ޢައްޔަންކޮށްފައިވާ ހ. ސީސައިޑް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު އެ މަޤާމުން ވަކިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން އެޓަރނީ ޖެނެރަލްގެ މަޤާމަށް 12 އޯގަސްޓް 2010 ގައި ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ނަންފުޅު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެނަންފުޅު މަޖިލީހުގައި އިޢުލާންކުރައްވައި، އެނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މަޖިލީހުގެ ގަވައިދުގައި ވާގޮތުގެ މަތިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ.

71 މެންބަރުން ހާޒިރުވެވަޑައިގެންނެވި އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް