Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ތިންބޭފުޅަކު އައްޔަން ކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަނަށް ތިންބޭފުޅަކު އައްޔަން ކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ތިންބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ޢައްޔަން ކުރައްވައިފިއެވެ.

އެ ތިން ބޭފުޅުންނަކީ މާފަންނު ހުކުރަދިގޭ މަރިޔަމް ޢަޒްރާ އަޙްމަދާއި، ފާދިއްޕޮޅު ހިންނަވަރު ދޭލިޔާގޭ ޖީހާން މަޙްމޫދާއި، ހެންވޭރު އައްޑޫގޭ އަޙްމަދު ޠަލާލެވެ.

 

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އެބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިބޭފުޅުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަކީ ރައްޔިތުންގެ ޙައްޤުތައް ވަރަށް ބޮޑަށް ނަގަހައްޓާ ޤާނޫނުއަސާސީއެއް ކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދެވިފައިވާ، ވަރަށް ފުރިހަމަ ޤާނޫނުއަސާސީއެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި މީގެކުރިން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިނގާފައިވުމާއެކު، އެކަމުގެ ޝަކުވާތައް ލިބިވަޑައިގަންނަވަމުންދާ ކަމަށާއި، އެކަންކަން ނުބަލައި، ކުރިއަށް އޮތް ތާނގައި ކަންކަން ރަނގަޅު ނުކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަންކަން ހިއުމަން ރައިޓްސް ކޮމިޝަނުން ބައްލަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް