މާލޭގެ ބިމުން ސިޔާސީ މަޤަޞަދުތަކަށް ދީފައިހުރި ގޯތިތައް ނެގުމާއި ބެހޭ ބިލު ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ
މަނިކު ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މާލެގެ ރައްޔިތުން ގޯތި ނުލިބި ދަތިހާލުގައި މާލޭގައި އުޅޭއިރު ކުރީ ސަރުކާރުގެ ވަޒީރުންނަށް ހަމަ ވަޒީރުކަން ލިބޭ އިރަށް ގޯތިދީފައި އެބަހުރިކަމަށެވެ. ” ކޮންމެ މީހަކަށް ވަޒީރުކަންދީފަ އޭގެ އަނެއްދުވަހު ގޯއްޗެއްދީގެން މިމީހުން މިތިބެނި ގޯއްޗަށް ސަވާރުވެގެން” މޫސަ ވިދާޅުވިއެވެ.
