Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ބަންޑާރަ ނައިބް އަނެއްކާވެސް އިސްތިއުފާ ދެއްވައިފި

ބަންޑާރަ ނައިބް އަނެއްކާވެސް އިސްތިއުފާ ދެއްވައިފި

އެޓަރނީޖެނެރަލްގެ މަގާމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު އިއްޔެ އިސްތިޢުފާ ދެއްވައިފިއެވެ. މަގާމުން އިސްތިޢުފާ ދެއްވައި، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޓީފުޅުގައި، މަގާމު އިސްތިޢުފާ މިދެއްވީ،

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހި ދައުލަތް މިވަގުތު ހިންގެން އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 14 ވަނަ ބާބުގައި، އެޤާނޫނުއަސާސީއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އިންތިޤާލީ މުއްދަތު ހަމަވިއިރު، އެބާބުގައި ބަޔާންކޮށްފައިވާ ކަންކަން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ފުރިހަމަކުރުމުގައި އިހްމާލުވެފައިވާ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީއެވެ. އަދި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމުގެ ފުރްޞަތު އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.

 

މިއީ ދެމަސް ދުވަސް ތެރޭގައި ބަންޑާރަ ނައިބް ކަމުން ސުއޫދު އިސްތިއުފާ ދެއްވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހުސްވި މަހު އިސްތިއުފާ ދެއްވީ ދައުލަތުގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ދުވަހުއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް