Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރައްޔިތުންގެ މަޖިލިސް ފޭލްވެއްޖެ ކަމަށް އަލްހާން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލިސް ފޭލްވެއްޖެ ކަމަށް އަލްހާން ވިދާޅުވެއްޖެ

ދައުލަތުގެ 3 ބާރުގެ ތެރެއިން އެންމެ އުސް އެއް ބާރު ކަމަށްވާ ސްޕްރީމް ކޯޓު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލިސް ފެއިލް ވުން ދައްކައިދެނީ މުޅި ރައްޔިތުންގެ މަޖިލިސް ފެއިލްވެފައިވާކަން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. އިއްޔެ މެންދުރުފަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، މަޖިލީހުގެ ރޭގެ ޖަލްސާ ކެންސަލްކުރު ކުރުމުންވެސް މަޖިލިސް ފެއިލްވެފައިވާކަ ން ދޭހަވާ ކަމަށެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭނުންވަނީ ވީހާވެސް އަވަހަށް ސްޕްރީމް ކޯޓު އެކުލަވާލަން ކަމަށް އަލްހާން ވިދާޅުވިއެވެ. މި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙުމަދު ހަމްޒާ ވިދާޅުވީ އިންތިޤާލީ މަރުހަލާ ނިމެންވާއިރަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކުރަންހުރި ހުރިހާ ކަމެއް ކުރިކަމަށާއި، ފަނޑިޔާރުން ދާއިމީ ކުރުމުގެ މައްސަލައިގައި އެމްޑީޕީން ކަންބޮޑުވަނީ ތަޢުލީމާއި ތަމްރީން ލިބިފައި ނެތް ޤާބިލް ބަޔަކު ފަނޑިޔާރުންގެ ތެރޭގައި ތިބުމުން ކަމަށާއި، އެޕާޓީން ބޭނުންވަނީ ތަޢްލީމީ ގޮތުން ޤާބިލްކަމެއް ނެތް ފަނޑިޔާރުންނަށް، ތަޢުލީމް ލިބިދިނުމަށް 7 އަހަރުގެ ފުރުސަތެއް ދިނުމަށްފަހު، އޭގެ ފަހުން ދާއިމީ ކުރުމަށް ކަމަށެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 19:02 އާދީއްތަ, 08 އޯގަސްޓް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް