Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ޑޯނާ ކޮންފަރެންސްގައި އިދިކޮޅު ފަރާތްތަކުގެ އެއްވެސް ލިޔުމެއް ބޭރުގެ ބައިވެރިންނަށް ނުދޭން ރައީސް ނިންމަވާފައިވާ ކަމަށް ގައުމީ ޕާޓީން ތުހުމަތު ކޮށްފި

ޑޯނާ ކޮންފަރެންސްގައި އިދިކޮޅު ފަރާތްތަކުގެ އެއްވެސް ލިޔުމެއް ބޭރުގެ ބައިވެރިންނަށް ނުދޭން ރައީސް ނިންމަވާފައިވާ ކަމަށް ގައުމީ ޕާޓީން ތުހުމަތު ކޮށްފި

މި މަހު 28އިން 29 އަށް ބަޑޮހުގައި ބާއްވާ “ޑޯނާ ކޮންފަރެންސް” ގައި އިދިކޮޅު އެއްވެސް ޕާޓީއަކުން އެއްވެސްކަހަލަ ރިޕޯޓެއް ނުވަތަ ލިޔެމެއް ނުބެހޭގޮތަށް ނަޝީދު ވަނީ ހަމަޖައްސަވާފައި ކަމަށް ދިވެހި ގައުމީ ޕާޓީން ތުހުމަތު ކޮށްފިއެވެ.

އެޕާޓީން ބުނެފައި ވަނީ މިގޮތަށް ހަމަޖެއްސީ ރައީސް ނަޝީދުގެ

ސަރުކާރުން ކުރާ ތަފާތު "ބޮޑު ވައްކަމާއި، ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކާއި، އިންސާނީ ޙައްޤުތަކަށް އަރާއިގަންނަ ކަންތައްތަކާއި، އަދި ޤާނޫނާއި ގަވާޢިދާއި ޚިލާފަށް އޭނާއާއި އޭނާގެ ސަރުކާރުން ކުރާ ގިނަގުނަ ކަންތައްތައް" ބޭރުގެ ފަރާތްތަކަށް ހާމަވެދާނީތީވެ ބިރުންނެވެ.

 

އެޕާޓީން ބުނެފައި ވަނީ ބަޑޮހުގެ އިސްވެރިންނަށް ރައީސް ނަޝީދުގެ ސަރުކާރުން އަމުރުކޮށްފައި ވަނީ އިދިކޮޅު އެއްވެސް ބަޔަަކަށް އެރަށަށް އެރިޔަނުދިނުމަށާއި އެއްވެސް ލިޔެކިޔުމެއް ޑޯނާ ކޮންފަރެންސުގެ ބައިވެރިންނަށް ލިބުނަ ނުދިނުމަށެވެ.

"އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ނަޝީދުގެ އެމް.ޑީ.ޕީ ޙަރަކާތްތެރި ވަމުންދިޔައިރު ހަމަ ބަޑޮހުގައި ބޭއްވިޕާޓްނަރޝިޕް ފޯރަމުގައި” އެ ޕާޓީއިން ތައްޔާރުކުރި ލިޔުންތައް ބެއްސެވިއެވެ. އެއިރުގެ ސަރުކާރުން އެކަމަށް އިޢުތިރާޒެއް ނުކުރައެވެ. އެއިރު ތިމާއަށް އެންމެ ރަގަޅުވިގޮތް މިއަދު ތިމާގެ އަޚުންނަށް ކަމުނުދަނީ ތޯއެވެ؟ އެއިރުގެ އޮތް ސަރުކާރަކީ ޚުދުމުޚުތާރު ސަރުކާރެއްކަމަށް ގޮވަމުންދިޔަ ނަޝީދުގެ ސަރުކާރުގެ ޚުދުމުޚުތާރުކަން މާބޮޑުނޫންތޯއެވެ؟ ދަންނަވަންތޯއެވެ؟ އިދިކޮޅު ޕާޓީތަކުން ތައްޔާރުކުރާ ހުރިހާ ލިޔުންތަކާއި ރިޕޯޓުތައްވެސް ޑޯނާ ކޮންފަރެންސުގެ ބައިވެރިންނަށް ލިބޭނޭ އިންތިޒާމު އެފަރާތްތަކުން ހަމަޖައްސަވާނައެވެ. އަދި އި ރިޕޯޓުތައް ބަހަން ސަރުކާރުން ހުއްދަނުދިންކަން އެފަރާތްތަކަށް އެގުމުން އެއިރުވާނޭ ފަލީހަތް މާބޮޑުވާނެއެވެ." ގައުމީ ޕާޓީން ބުނެފައިވެއެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް