Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ފަނޑިޔާރުންގެ ހުވަޔާ ގުޅިގެން ރައީސް ނަޝީދަށް ނިސްބަތްކޮށް ވާހަކަ ނުދެއްކުމަށް ރައީސް އޮފީހުން އަމުރުކޮށްފި

ފަނޑިޔާރުންގެ ހުވަޔާ ގުޅިގެން ރައީސް ނަޝީދަށް ނިސްބަތްކޮށް ވާހަކަ ނުދެއްކުމަށް ރައީސް އޮފީހުން އަމުރުކޮށްފި

އޯގަސްޓް 2010 ވަނަ ދުވަހު ފަނޑިޔާރުން ހުވާކުރެއްވި ކުރެއްވުމާ ގުޅުވައި، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވައި ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ. މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައެވެ

. މިދަންނަވާލަނީ އެބަޔާނެވެ.

 

"ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީ ކުރެއްވުމުގެ ގޮތުން 59 ފަނޑިޔާރަކު 4 އޯގަސްޓް 2010 ވަނަ ދުވަހު ހުވާކުރެއްވި ކުރެއްވުމާ ގުޅުވައި، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވައި ޙަޤީޤަތާ ޚިލާފު ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައެވެ.

ފަނޑިޔާރުންގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވަނިކޮށް، އެ މައުލޫމާތު ލިބި ތިއްބަވައި، ފަނޑިޔާރުން ހުވާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބައެއް މެންބަރުން ސިޔާސީ މަޞްލަޙަތު އިސްކުރައްވައިގެންކަމަށް ފާހަގަކުރެވެއެވެ.

2010
އޯގަސްޓް 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފަނޑިޔާރުންގެ ފެންވަރާއި ސުލޫކީ މިންގަނޑުތައް ކަނޑައެޅުއްވުމާއި، ފަނޑިޔާރުން އަލުން މަގާމަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، އެކަންކަން ކުރައްވަންވާނީ ހާމަކަންބޮޑު، އެތެރެ ފެންނަ، އެންމެހާ ފަރާތްތަކަށް ގަބޫލުކުރެއްވޭނެ އުޞޫލުތަކެއްގެ ދަށުން ކަމަށެވެ.

ވީމާ، އެނޫން މާނައެއް ދޭހަވާ ގޮތްގޮތަށް އެއްވެސް ބޭފުޅަކު ވާހަކަ ދެއްކެވުންވާނީ، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކަވަނީ ކަމަށެވެ."

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް