Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އަޅުގަނޑު ރާއްޖެ ދޫކޮށްފައި އެހެން ގައުމަކަށް ދިރިއުޅުން ބަދަލެއް ނުކުރާނަން- މައުމޫން

އަޅުގަނޑު ރާއްޖެ ދޫކޮށްފައި އެހެން ގައުމަކަށް ދިރިއުޅުން ބަދަލެއް ނުކުރާނަން- މައުމޫން


ދުވަހަކުވެސް ދިރިއުޅުން ރާއްޖެ ނޫން އެހެން ގައުމަކަށް ބަދަލު ނުކުރައްވާނެ ކަމަށާއި އަބަދުވެސް ދިރިއުޅުއްވާނީ ދިވެހި ގައުމުގައި ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި އޮތް އެޕާޓީގެ ރަސްމިއްޔާތެއްގައި ވާހަކަ ފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނު ދިވެހިރާއްޖެ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ކުރައްވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަ ތަކުގައި އެއްވެސް ތެދެއް އެކުނުލެވޭ ކަމަށެވެ.
މިޖަލްސާގައި މައުމޫން ވިދާޅުވީ މައުމޫނަކީ ޑީއާރުޕީ ކަމަށާއި އަދި ޑީއާރުޕީއަކީ މައުމޫން ކަމަށެވެ. އަދި ޑީއާރުޕީގެ ކުރިމަގު އުޖާލާ ކުރުމަށް އަބަދުވެސް އެމަނިކުފާނުގެ ލަފާ ލިބޭނެ ކަމަށާއި ޕާޓީގެ ޒައީމްގެ ޙައިސިއްޔަތުން އަބަދުވެސް ޕާޓީއަށް އެހީ ވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޑީއާރުޕީ ކާމިޔާބު ކުރުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އެގޮތުން ޕާޓީގެ އާލީޑަރ އަޙްމަދު ތަސްމީން އަލީއާއެކު އިންތިޚާބަށް ނުކުމެ ވަރުގަދައަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް