Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެންމެ ގިނަ ބަޔަކާ ދެކޮޅަށް ބަގާވާތް ކުރުމުގެ ދަޢުވާ ކޮށްފައިވާތީ ރައީސް ނަޝީދަށް ފިލައެއް އަރުވައިފ

އެންމެ ގިނަ ބަޔަކާ ދެކޮޅަށް ބަގާވާތް ކުރުމުގެ ދަޢުވާ ކޮށްފައިވާތީ ރައީސް ނަޝީދަށް ފިލައެއް އަރުވައިފ


civilehvun300ދިވެހި ތާރީހުގައި އެންމެ ގިނަ ބައެއްގެ މައްޗަށް ބަޣާވަތްކޮށް، ޣައިރުގާނޫނީ ގޮތުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ނުހައްގު ދައުވާ ސަރުކާރުން ކޮށްފައިވާތީވެ، ގައުމީ ޕާޓީން ރައީސް ނަޝީދަށް އެކަމުގެ ހަނދާނީ ފިލައެއް އަރުވައިފިއެވެ.

ގައުމީ ޕާޓީން ރައީސް ނަޝީދަށް އެރުވި މި ފިލައާއިއެކީ ރައީސް ނަޝީދަށް ސިޓީއެއްވެސް އަރުވާފައިވާނެ ކަމަށް ގައުމީ ޕާޓީން ބުނޭ. މި ސިޓީގައި ގައުމީ ޕާޓީން ރައީސް ނަޝީދަށް މިފަދަ ފިލައެއް

އަރުވަން ޖެހުނު ސަބަބު ވެސް ވަނީ ބަޔާން ކޮށްފައެވެ. ރައީސް ނަޝީދަށް މިފިލާ އަރުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މަޖިލީހުން ކަނޑައެޅި ފައިސާދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން އިންކާރު ކުރުމުން، ދުސްތޫރީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެ ފައިސާ ހޯދައިދިނުމަށްޓަކައި އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމުން، އެއީ ދިވެހި ސިވިލްސަރވިސްގައި މަސައްކަތްކުރާ އޮނަތިރީސް ހާސް ތިންސަތޭކަ ބާވީސް މުވައްޒަފުން ބަޣާވާތްކޮށް ޣައިރުޤާނޫނީ ގޮތުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުންކަމަށް ވިދާޅުވެ، އެމައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހެޅުމުންކަމުގައި ގައުމީ ޕާޓީގެ ސިޓީގައިވެއެވެ. އަދި މިއީ ދިވެހި ތާރީޚުގައި އެންމެ ގިނަ ބައެއްގެ މައްޗަށް އެއްފަހަރާ ޙައްޤުނޫންގޮތެއްގައި އެއްވެސް ކަހަލަ ހެއްކެއް ޤަރީނާއެއް ނެތި ދޮގު ދަޢުވާއެއް އުފުލުމަށް މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް ނަޝީދާއި އެއްކޮށް ރިޔާސީ އިންތިޚާބްގެ ދެވަނަ ބުރުގައި އިއްތިހާދުވެ، ރައީސް ނަޝީދުގެ އެޑްވައިޒަކަށް ހުންނެވުމަށްފަހު ސަރުކާރާއި މެދު ހިތްޕުޅާ ނުވެގެން އިސްތިޢުފާދެއްވި ޑރ ހަސަން ސަޢީދު އިސްކޮށް ހުންނަވާ ގައުމީ ޕާޓީގެ ސިޓީގައި ބުނެފައިވެއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމުންވެސް ކުރިން ސިވިލް ސަރވިސް ކޮމިޝަނާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައި ނުވާތީ ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދަޢުވާ އުފުލާފައެވެ. އަދި ކޮމިޝަނުން މިކުރާ މަސައްކަތަކީ ސަރުކާރު ހިންގަން ދަތިކުރުމަށް ހިންގާ އަމަލެއް ކަމަށްބުނެ ފިނޭންސް މިނިސްޓްރީން ވަނީ އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 07:02 ބުރާސްފަތި, 22 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް