Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މިސަރުކާރަކީ ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރާނެ ސަރުކާރެއް ނޫން-ޢުމަރު ނަސީރު

މިސަރުކާރަކީ ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރާނެ ސަރުކާރެއް ނޫން-ޢުމަރު ނަސީރު



ރާއްޖޭގައި މިހާރު ހިނގަމުންދާ ސަރުކާރަކީ ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރާނެ ސަރުކާރެއް ނޫންކަމަށް ޑީއާރުޕީގެ ނާއިބު ލީޑަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ކަންކަން އިސްލާހު ކުރުމަށް ވާހަކަ ދައްކަން ކުރިން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން އެނގުނީ “މިސަރުކާރަކީ ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރެވޭނެ ސަރުކާރެއް ނޫންކަން” ޢުމަރު ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރު ހަމައަކަށް އަޅުވަން ތިންދިމާއަކުން އަބަދުވެސް ކުޅެމުންދާނެ ކަމަށެވެ.
އެންމެ ފުރަތަމަ ޕްރަންޓެއްގެ ގޮތުގައި ކުޅެމުންދާނީ ރައްޔިތުންގެ މަޖިލީސްތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ފުރަންޓެއްގެ ގޮތުގައި ކުރަމުންދާ ކަމަކީ މިސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންކަން ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތިންވަނަ ފުރަންޓެއްގެ ގޮތުގައި ކުޅެމުންދާނީ މަގުމަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “މަޖިލީހުގައި އަޅުގަނޑުމެން މަސައްކަތްް ކުރަމުންދާނީ މިހާރުވެސް މަސައްކަތް ކުރަމުންދާ ގޮތަށް. އެއީ ބަހުސްކޮށްގެން ކަންކަންކާމިޔާބު ކުރުމާއި، އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ޖެހުމުން އެކަން ކޮށްގެންނާއި، އަދިވެސް މަޖިލީސްތެރެއިން ކުރެވެން ހުރި މިބާވަތުގެ ކަންކަން ކޮށްގެން. ދެވަނަ ކަމަކީ ސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންކަން ބައިނަލްއަގުވާމީ ފަރާތްތަކަށް އަންގައި އެފަރާތްތައް ސަރުކާރާމެދު ސަމާލުކުރުވުން. ތިންވަނަށް މަގުމައްޗަށް ނިކުމެވެސް އެބަޖެހޭ ކުޅެން. އެއީ މުޒާހަރާތަކާއި، އެއްވުންތައް ބޭއްވުންފަދަ ކަންކަންކުރުން” ޢުމަރު ވިދާޅުވިއެވެ.
މީގެ ތެރެއިން އެއްވެސް ކަމެއް ނުކޮށް އެންމެ ބޮޑަށް ޑީއާރުޕީ ބޭނުންވަނީ ވާހަކަ ދައްކައިގެން ކަންކަން އިސްލާހު ކުރުންކަމަށް ޢުމަރު ވިދާޅުވިއެވެ. ނަމަވެސް އެއީ މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މަގުމައްޗަށް ނިކުމެގެން ކަންކަން އިސްލާހު ކުރެވޭނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ ބައެއްކަންކަން އިސްލާހުވާކަމަށެވެ. މިސާލަކަށް މަގުމައްޗަށް ނުނިކުތްނަމަ ކުރީގެ އޮޑިޓަރޖެނެރަލްގެ މައްސަލަވެސް ކާމިޔާބު ނުވީސްކަމަށެވެ.
ޑީއާރުޕީގެ އާ ލީޑާރޝިޕުގެ ދަށުގައި އެޕާޓީފެންނާނީ ވަރަށް ކެރޭ ހަރުދަނާ ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑީއާރުޕީގެ މެންބަރުންގެ ލޮލަށްޖަހާ ކަރުނަގޭހަކުން ދެން އެމީހުންގެ ލޮލެއް ނުކަރާނެ ކަމަށް ޢުމަރާއި، އެޕާޓީގެ ލީޑަރ ތަސްމީން ޢަލީ ވަނީ ވިދާޅުވެފައެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް