އެހެންމީހުންނަށް ސުލޫކީ މިންގަނޑެއް ކަނޑައަޅައި ދައްކާއިރު އެކަން ކުރާމީހާ ނުވަތަ މީހުން ތިބެންވާނީ އެމިންގަނޑުގައިކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ސްލޫކީ މިންގަނޑާ ބެހޭ ގޮތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ސްލޫކީމިންގަނޑެއް ކަނޑައަޅަން ވާހަކަ ދައްކާއިރު އެމެރިކާގެ ވާހަކަވެސް ބައެއް މީހުން ދައްކާ ކަމަށް އޭނާ ފާހަގަކުރިއެވެ. ރާއްޖެއަކީ އެއަށްވުރެ މާރަގަޅު، މުއްސަނދި، ސަގާފަތެއް ކަމަށްވާ އިސްލާމީ މުއްސަނދި ސަގާފަތެއް އޮތްތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާމްދީން މީހުންްގެ މައްްޗަށް ފޮނުއްވީ ރަހުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ސްލޫކީ މިންގަނޑެއް އަޅާއިރު މިކަންކަން ކަމަށް ވިސްނަވަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން މީހުންނަށް އަނިޔާވެރިވުމާއި، ބަދަލު ހިފުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުގެ ރައީސް މުޙައްމަދު ނަޝީދަކީ އޭގެ ނަމޫނާ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ ހެއްކަކީ ރާއްޖޭގައި ތިރީސް އަހަރު ވަންދެން ވެރިކަން ކުރެއްވި މައުމޫން ޢަބްދުލް ގައްޔޫމު ދޫކުރައްވާފައި ބެހެއްޓުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރުގެ ރައީސަކީ، “ބަދަލެއް ނުހިއްޕަވާ، އަނިޔާވެރިއެއް ނުވާ ބޭފުޅެއް” އޭނާ ވިދާޅުވިއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










