Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރައްޔިތުން އަތުން އެއްވެސް ފީއެއް ނަގަންޖެހޭނީ ކެބިނެޓުން ނިންމާ ގޮތެއްގެ މަތިން- ރައީސް އޮފީސް

ރައްޔިތުން އަތުން އެއްވެސް ފީއެއް ނަގަންޖެހޭނީ ކެބިނެޓުން ނިންމާ ގޮތެއްގެ މަތިން- ރައީސް އޮފީސް


ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގަޔާއި، އަދި ޤާނޫނެއްގެ ދަށުން ހައްދަވާ ގަވާއިދަކާ ގުޅިގެން، ރައްޔިތުންގެ އަތުން އެއްވެސް ފީ އެއް ނަންގަވަންޖެހޭ ނުވަތަ ހޭދައެއް ކުރައްވަންޖެހޭ ކަންކަން ނިންމެވުމުގެ ކުރިން، ކަމާބެހޭ މިނިސްޓްރީއެއް މެދުވެރިކުރައްވައި ވަޒީރުންގެ މަޖިލީހަށް އެކަމެއް ހުށަހަޅުއްވައިގެން، އެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތިން މެނުވީ ޢަމަލު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް އިއްޔެ އަންގަވައިފިއެވެ.
އެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމެއްގައި، އެކަމަކާ ގުޅިގެން ވަޒީރުންގެ މަޖިލީހަށް އެމިނިސްޓްރީ އަކުން ހުށަހަޅުއްވާ ކަރުދާހަކާ ގުޅޭގޮތުން، އެމަޖިލީހުގައި މަޝްވަރާ ކުރައްވައި ގޮތެއް ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭ އެއްވެސް ނިންމެވުމެއް ޢާންމު ނުކުރެއްވުމަށްވެސް ވަނީ އަންގަވާފައެވެ. އަދި އެ މައްސަލައަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމާބެހޭ ވުޒާރާއަކަށް ރަސްމީގޮތުން އެންގެވުމުން، އެ ނިންމެވުމަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް މި ދެންނެވުމުގައި އަންގަވާފައިވެއެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް