Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހިދާނެ ކަމުގެ އިންޒާރު ޝައިޚް އިލްޔާސް ދެއްވައިފި

ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހިދާނެ ކަމުގެ އިންޒާރު ޝައިޚް އިލްޔާސް ދެއްވައިފި


މިހާރު އުފެދިފައިވާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރާ ދެކޮޅަށް ތެދުވަން ޖެހިދާނެ ކަމުގެ އިންޒާރު އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބް ރައީސް އަދި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ދީނީ ތަގްރީރު ކުރައްވައިގެން ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ އައްޝައިޚް އިލްޔާސް ޙުސައިން ދެއްވައިފިއެވެ. ޝައިޚް އިލްޔާސް މިފަދައިން ވިދާޅުވީ ހުސްވި ހަފްތާ ބަންދުގައި ހއ. އަތޮޅުގެ ބަޔެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްވި ދަރުސެއްގައެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ މިސަރުކާރު ގެނައުމުގައި ޢަދާލަތު ޕާޓީއިން ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައި ކަމަށާއި ދިވެހި ރައްޔަތުން މުޙަންމަދު ނަޝީދު އާއި ވެރިކަން ޙަވާލު ކުރީ ޢަދާލަތު ޕާރޓީ ވެސް ކޯލިޝަން ގައި ހިމެނޭތީ ކަމަށެވެ. އަދި ދީނީ ކަންތައް ރަނގަޅު މަގުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމު މަސްއޫލިއްޔަތު ޢަދާލަތު ޕާރޓީއާއި ޖާމިނު ކޮށްފައި ކަމަށެވެ.
ނަމަވެސް މިބޮޑު ޙަގީގަތް މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ހަނދާން ނެތިއްޖެ ކަމުގެ ހެކިތައް ފެންނަން ފަށައިފި ކަމުގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖލީހުގެ ނާއިބު ރައީސް އަދި އެބޭފުޅެއްގެ އަސަރުގަދަ ތަގުރީރު ތަކަށް މުޅި ދިވެހިރާއްޖޭގެ ކަންކޮޅު ތަކުން ޝައުގުވެރިވާ ޢިލްމުވެރިޔާ އައްޝައިޚު އިލްޔާސް ޙުސައިން ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ދީނީ ކަންތައް ކުރިއަށް ގެންދިއުމަށް ލިބެންޖެހޭ އެއްބާރު ލުން ނުލިބޭ ކަމަށާއި، ދީނަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތި ކުރަން ފަށައިފި ކަމަށާއި، ބަޔަކު ހިތުހުރި ގޮތަކަށް ދީނުގެ ކަންތަކަށް ފުރައްސާރަ ކުރަމުންގެންދާނަމަ ޢަދާލަތު ޕާޓީއިން ހިމޭނުން ނޯންނާނޭ ކަމަށެވެ. މުސްލިމުންނަށް ދީނާއި ސިޔާސަތަކީ އެކައްޗެއް ކަމަށާއި، މިދޭތި ވަކިކުރުމުގެ ވާހަކަ އެދައްކަނީ ޔަހޫދީންގެ ފަލްސަފާޔަށް ތަބާވާ ބަޔަކު ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. 
އިލްޔާސް ވިދާޅުވީ އަދާލަތު ޕާޓީން ފުރަތަމަ ބަލާނީ ސުލްޙަވެރި ގޮތުގައި ވާހަކަ ދައްކައިގެން މިމައްސަލަތައް ޙައްލު ކުރެއްވުމަށް ކަމަށާއި ނަމަވެސް އިސްލާޙު ނުވެއްޖެނަމަ މައުމޫނުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި ފަދައިން ނަޝީދުގެ ސަރުކާރާއި ދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހިދާނެ ކަމަށެވެ. އަދި ސަރުކާރުގެ މިއަމަލުތަކަށް ދިވެހި ރައްޔިތުން ރަނގަޅަށް ފާރަވެރިވެ ތިބުމަށްވެސް ޝައިޚް ގޮވާލެއްވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް