ރައްޔިތުންގެ މަޖިޅިހުގައި ޑީއާރުޕީއަށް ލިބޭނެ ވޯޓު އިތުރުވެގެންދާނެ ކަމަށް އެޕާޓީގެ ނާއިބު ލީޑަރުކަމަށް އިންތިޚާބު ކުރެވިފައިވާ ގެމަ ނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.
ޑީއާރުޕީގެ ބައެއް ބައެއް މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއް އަޑުއިވިގެން އިލްހާމަށް ގުޅާލުމުން އޭނާ ވިދާޅުވިއެވެ. “މިޕޓީގައި މިހާރު ތިބި އެއްވެސް މެންބަރަކު އިތުޔރު ޕާޓީއަކަށް ދާނެ ކަމަށް އަޅުގަނޑަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރެވޭ. ކިތަންމެ ގިނަފައިސާއެއް ހުށަހެޅިޔަސް އެމީހުންދާނެ ކަމަށް އެއްގޮތަކަށްވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ހަމަގައުމުވެސް ކުރިއަށްއޮތްތާގައި ޑީއާރުޕީގެ ޚިޔާލާ އެއްގޮތަށް ވޯޓުދޭނެ އެތައް މެންބަރުންނެއް މަޖިލީހުން ފެނިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން.” އިލްހާމް ވިދާޅުވިއެވެ.
ޑީއާރުޕީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލް ގައްޔޫމު ސިޔާސީ ދާއިރާއާ ވަކިވެ ވަޑައިގަތުމުން ކުރީ ސަރުކާރުގައި މަތީމަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅަކުވެސް އެމްޑީޕީއާ ގުޅޭނެ ކަމުގަ މަޢުލޫމާތެއް ވަނީ ލިބިފައެވެ. އަދި އިތުރު މެންބަރަކުވެސް ގުޅޭނެ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.
މީގެ އިތުރަށް ޑީއާރުޕީން ބޭއްވި އެއްވުމެއްގައި މުލިއާގެއާއި، ސިފައިންގޭގެ ދޮރާއްޓަށް އަރަން އުޅުމުގެ މައްސަލައިގައި ބައެއް އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޕާޓީގެރޫހު ކަމަށްމިހާރު ގިނަޔަބަކު ގަބޫލު ކުރާ ޢުމަރު ނަސީރު ގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެމީހުންނަށް ހުކުމެއް އައިސްފިއްޔާ ފަސްވަރަކަށް ގޮނޑި އެޕާޓީއަށް ގެއްލޭނެ ކަމުގެ ވާހަކަތަކެއްވެސްވަނީ ދެކެވެން ފަށައިފައެވެ.
މިކަމާ ބެހޭ ގޮތުން އިލްހާމް ވިދާޅުވީ ނުކުރާ ކަމެއް ސާބިތު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. “އެމީހުން އެކަން ސާބިތު ކުރާނީ ކިހިނެއް” އިލްހާމް ވިދާޅުވިއެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










