Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ކުރިން އެންގުމަކާ ނުލައި އެއަރޕޯޓުގައި ވަޒިފާ އަދާކުރި ފަސްމީހަކު ވަޒީފާއިން ކަނޑައިލައިފި

ކުރިން އެންގުމަކާ ނުލައި އެއަރޕޯޓުގައި ވަޒިފާ އަދާކުރި ފަސްމީހަކު ވަޒީފާއިން ކަނޑައިލައިފި


ކުރިން އެންގެވުމަކާ ނުލައި އެއާރޕޯޓުގެ ވަޒީފާގައި އުޅުނު ފަސްމީހަކު ވަޒީފާއިން ވަކިކޮށްފިއެވެ. މީގެ ތެރެއިން ހަތަރު މީހަކު ބުނީ އެމީހުންގެ ފަސްމީހުންނަކީވެސް އެއާރޕޯޓުގައި ގެންގުޅޭ ތެޔޮދޯންޏެއްގައި މަސައްކަތް ކުރާ މީހުންކަމަށެވެ. “އަޅުގަނޑުމެންނަށް އެންގީ ވަޒީގެ ކަންތައް ގޮތަކަށް ނިންމެ ވުމަށް އޮފީހަށް އައުމަށް. ދިޔުމުން ބުނީ ދޯނި ވިއްކާލަންވެގެން ކަލޭމެން ވަޒީފާއިން ވަކިކޮށްފީމޭ. ވަޒިފާއިން ވަކިކޮށްފައި ތިންމަހުގެ  މުސާރަވެސް ދިން. އެކަމަކު މީގައި މުހިންމީ ތިންމަހުގެ މުސާރައެއްވެސްނޫން. ކުރިން އެންގުމަކާނުލައި ވަކިކުރުން. މިވާހަކަ ވެރިންނަށްދެންނެވުމުން އެކި ބޭފުޅުން އެކިވާހަކަ ވިދާޅުވަނީ” އޭގެ ތެރެއިން އެކަކު ބުންޏެވެ.
އެމީހުންގެ ބުނާ ގޮތުގައި އޭގެ ތެރޭގައި އެގާރަ އަހަރު، ފަސް އަހަރު، ދެ އަހަރު މަސައްކަތް ކޮށްފައިވާ ދާއިމީ މުވައްޒަފުން ހިމެނޭ ކަމަށެވެ. ނަމަވެސް ދުވާލަކަށް ދުއިސައްތަ ފަންސާސް ރުފިޔާ ދީގެން ސޯޅަ ވަރަކަށް ވަގުތީ މުވައްޒަފުންވެސް އެތާގައި ގެންގުޅޭ ކަމަށެވެ.
މި މީހުން ބުނީ އެއަރޕޯޓުގެ ކަކަންކަދަނީ އެންމެ އެކަށީގެންވާ ގޮތުގައި ނޫން ކަމަށެވެ. ވެރިންނާމެދު މުވަޒަފުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ބަޔަކުވެސް އުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. “މިސާލަކަށް އަޅުގަނޑުމެންނަށް މިހެން ވުމުން ހުރިހާ ހިތްހަމަނުޖެހުމެއްދާނީ ސަރުކާރަށްތާ. މިއީ ބައެއް މީހުން ބޭނުންވާ ގޮތް ކަމަށް ތުހުމަތު ކުރެވޭ. އަޅުގަނޑުމެން ބޭނުންވަނީ އަލުން ވަޒީފާއަށް ދާން. އަޅުގަނޑުމެންގެ ހައްގުތައް ހޯދަން” އެމީހުން ބުންޏެވެ.
މިމައްސަލައިގައި އެއަރޕޯޓުގެ އިސްބޭފުޅެއްގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ. މީޑިއާ ކޯޑިނާޓަރ އަޝްރަފްވެސް ފޯންވެސް ނިވިފައިވާތީ ގުޅޭ ގޮތެއް ނުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 18:52 ހޯމަ, 19 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް