Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރާއްޖެއަކީ އޮޑިދޯނިފަހަރު ބަނުމުގެ ސިނާޢަތު ކުރިއަރުވިދާނެ ގައުމެއް-ލުތުފީ

ރާއްޖެއަކީ އޮޑިދޯނިފަހަރު ބަނުމުގެ ސިނާޢަތު ކުރިއަރުވިދާނެ ގައުމެއް-ލުތުފީ



ދިވެހިރާއްޖެއަކީ އޮޑިދޯނިފަރު ބަނުމުގެ ސިނާޢަތު ވަރަށް ބޮޑަށް ކުރިއަރުވާލެވިދާނެ ގައުމެއް ކަމަށް ގެރެންޓީގުލާސް ފައިބާރގެ ޗެއަރމަން އަޙުމަދު ލުތުފީ ވިދާޅުވެއްޖެއެވެ. “ދިވެހިރާއްޖެއަކީ އޮޑިދޯނިފަރު ބަނުމުގެ ސިނާޢަތު ވަރަށް ބޮޑަށް ކުރިއަރުވާލެވިދާނެ ގައުމެއް. އެއީ ރަށްތައް ތިރިވެފައި ކަނޑު އެހާކައިރީގައި އޮވެފައި އައިޑިއަލް މާހައުލެއްވެސް އޮތީމައި. ނަމަވެސް އެހެން ކަންކަމުން ދަތިތަކެއް އެބަހުރި. އެއީ ލޭބާކޯސްޓް އެހާ ބޮޑު. ބޭރުން ގެންނަ އެއްޗެއްސަށް ނަގާ ޑިޔުޓީ އެހާ ބޮޑު މިކަންކަން ރަނގަޅު ވެއްޖެ ކަމަށްވާނަމަ މިރާއްޖެއަކީ މިސަރަހައްދުގައި އޮތް މިކަމަށް އެންމެ ރަނގަޅު ގައުމަށް ނުހެދެންވީ އެއްވެސް ސަބަބައެއްނެތް” ލުތުފީ ވިދާޅުވިއެވެ.
މިހާރުވެސް ލޯންޗު ފަހަރު ބަންނަމުންދާ ކުންފުނީގެ ޗެއަރަމަން ވިދާޅުވީ މިދުވަސްވަރަކީ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް ކަމަށެވެ. ވިޔަފާރި ދަށްވެފައިވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސަރުކާރުން ރާއްޖެއަށް ތަޢާރާފް ކޮށްފައިވާ ފެރީގެ ނިޒާމް ކަމަށްވެސް އޭނާ ވިދާޅުިއެވެ. “ފެރީގެ ނިޒާމަށް ވާގޮތެއް ބަލަން މީހުން ތިބެނީ. އަޅުގަނޑުމެން ލާންޗު ބަނަސް ގަންނާނެ ބަޔަކު ނެތިއްޔާ ބޭކާރު ކަމަކަށްތާވާނީ. މީހުންވެސް ލާންޗު ގަންނަނީ އެ ދުއްވައިގެން އެއްޗެއް ހޯދުމަށް. ނަމަވެސް ފެރީގެ ނިޒާމް ގާއިމް ކުރުމުން އަޅުގަނޑުމެންނަށް ލިބޭ އޯޑަރު ވަރަށް ބޮޑަށްވަނީ މަދުވެފައި. އެހެންވީމާ އަޅުގަނޑުމެންގެ ވިޔަފާރި ދަށަށްމިދަނީ” އޭނާ ވިދާޅުވިއެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް