Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރީކޯކާރުން ބަނގުރާފެނުނު މައްސަލައިގައި، ހޯދަމުންދާ ދިވެހިމީހާ އަދިވެސް ހޯދިފައެއްނުވޭ- ޕޮލިސް

ރީކޯކާރުން ބަނގުރާފެނުނު މައްސަލައިގައި، ހޯދަމުންދާ ދިވެހިމީހާ އަދިވެސް ހޯދިފައެއްނުވޭ- ޕޮލިސް


ހުޅުހެންވޭރު ދާއިރާގެ މެންބަރު، ރީކޯ މޫސާ މަނިކުގެ ކާރުން ބަނގުރާ ފެނުނު މައްސަލައިގައި، އެންމެ ބޮޑަށް ބޭނުންވާ ދިވެހި މީހާ، ސާޅިސް އަށް ދުވަސްވެގެންދިޔައިރުވެސް ހޯދިފައިނުވާކަމަށާއި، އޭނާ އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެން ކަމަށް، ފުލުހުން ބުނެފި.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތޭވީސް ވަނަ ދުވަހުގެރޭ، މޫސަގެ ކާރުން ސަތޭކަފަސްދޮޅަސް އަށްފުޅި ބަނގުރާ އަތުލައިގެން މައްސަލައިގެ ތަހްގީގް މިހާރުވެސް ކުރިއަށް ދާކަމަށާއި، ނަމަވެސް ތަހުގީގަށް އެންމެބޮޑަށް ބޭނުންވާ މީހާ ހޯދުމުގެ މަސައްކަތް މިހާރު ވެސްކުރަމުންދާކަމަށް ފުލުހުން ބުނޭ. ފުލުހުން ހޯދަމުންދާ މީހާއަކީ ކާކުކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވާއިރު، އެ މީހާއާބެހޭ މައުލޫމާތު ހާމަކުރުމަށް ވެސް ފުލުހުން ވަނީ ފަސްޖެހިފަ.

މިމައްސަލައިގައި، ކާރުގެ ވެރިފަރާތް މޫސާ މަނިކާއި ސުވާލުކުރައްވާފައިވޭތޯ އެހުމުން، ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވަނީ، މިމައްސަލާގައި، ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް، ތަހްޤީގަށް ބޭނުންވާ މައުލޫމާތުތައް ހޯދަމުންދާކަމަށް. މިމައްސަލައާ ގުޅިގެން އެކާރު ދުއްވަން އިން ބިދޭސީ ޑްރައިވަރަކާއި، އެމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ބިދޭސީ އިތުރު ތިންމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އެ ހާދިސަ ހިނގި ރޭ ގެންދިޔަނަމަވެސް، މިހާރު އެގޭތެރެއިން މީހަކާއި، މޫސަގެ ކާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވޭ.

މިދިޔަ ފެބްރުއަރީ މަހުގެ ތޭވީސް ވަނަ ދުވަހުގެރޭ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މޫސަގެ ކާރުން ރާފުޅިތައް އަތުލައިގެންފައިވަނީ މ. ކުރަހާގޭ ކައިރިން ދުއްވާފައި ދަނިކޮށް ކަމަށް، ފުލުހުން ވަނީ ބުނެފަ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:38 އަންގާރަ, 13 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް