Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ހާމަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން- އަފ

ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ހާމަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން- އަފ


ރިޔާސީ ކޮމިޝަނުން ހާމަކުރަންބޭނުންވާ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ ކުރިން، ނޫސްވެރިންނަށް ހާމަނުކުރުމަށް އެކޮމިޝަނަށް އަންގަވާފައިވާނެކަމަށާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ހާމަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ، ހަސަން އަފީފް ވިދާޅުވެއްޖެ.

ރިޔާސީ ކޮމިޝަނަށް ސިޔާސީ ނުފޫޒު ހިންގާކަމަށް ވިދާޅުވެ، އެކޮމިޝަނުގެ މެންބަރުކަމުން އިދުހާމް މުއިއްޒު އަދުނާނު އިސްތިއުފާދެއްވާފައިވާތީ، އެކަމާއި ގުޅިގެން، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ އަފީފް ވިދާޅުވީ، ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ހިނގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެ މަތިންކަމަށް. އަދި އެކޮމިޝަނުން ހޯދާ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާންޖެހޭކަމަށާއި،

އެހެންކަމުން، ކޮމިޝަނަށް އެނގޭކަންކަން މީޑިޔާއަށް ހިއްސާކުރުމުގެ ކުރިން، ރާއީސަށް އެކަންކަން އަންގަވަންޖެހޭނެކަމަށް އަފީފް ވިދާޅުވި. އޭނާ ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ނޫސްވެރިންނާއި މައުލޫމާތުތަކެއް ހިއްސާކުރައްވަން ބޭނުންވިނަމަވެސް، އެމައުލޫމާތުތައް ރައީސް ނަޝީދަށް ފޮނުއްވާފައި ނުވާކަމަށް. އަދި އެމައުލޫމާތު ރައީސް ނަޝީދަށް ފޮނުއްވުމަށްފަހު، އެކަން ކުރެއްވުމުގެ ފުރުސަތު އަދިވެސް ރިޔާސީ ކޮމިޝަނަށް ލިބިފައިވާކަމަށް އަފީފް ވިދާޅުވި.

ރިޔާސީ ކޮމިޝަނަށް އަހަރެއްހާދުވަސް ވެފައިވާއިރު، އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަފީފް ވިދާޅުވީ، އެކަމަކީ އަހަރެއްހާ ދުވަހުން ކުރެވޭ ވަރަށްވުރެ ބޮޑު މަސައްކަތެއްކަމަށް. އަދި އެމަސައްކަތަކީ ފެންނަން ހުރި ހެކިތަކެއްގެ މައްޗަށް ބަލާ، ޚިޔާނާތުގެ މައްސަލަތަކެއް ނުވަތަ ޖިނާއީ މައްސަލަތަކެއް ހުރިތޯ ބެލުންކަމަށާއި، އެކަމަށް ދިގު މުއްދަތެއް ނަގާފާނެކަމަށް އަފީފް ވިދާޅުވި.

އަފީފް މިހެން ވިދާޅުވިނަމަވެސް، ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް އެކަށީގެންވާގޮތަށް ކުރިއަށް ނުގެންދެވޭކަމަށާއި، އެކޮމިޝަން އުވާލުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ގޮވާލާފައިވޭ. އަދި އެފަރާތްތަކުން ބުނެފައިވަނީ، އެކޮމިޝަނަކީ އިދިކޮލު ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތެއްކަމަށް. ރިޔާސީ ކޮމިޝަންގެ މެންބަރު، އިދުހާމް މުއިއްޒު އެކޮމިޝަނުގެ މެންބަރުކަމުން އިއްޔެ އިސްތިއުފާދެއްވަމުން ވިދާޅުވެފައިވަނީ، ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއަށް ތަކުރާރުކޮށް ސަރުކާރުން ނުފޫޒު ހިންގަވާފައިވާކަމަށާއި، އެފަދަ ކޮމިޝަނެއްގައި ހުންނަވަން ބޭނުންފުޅު ނުވާކަމަށް. އަދި ރައީސް ނަޝީދު ބޭނުންފުޅުވާ ބަޔަކު އައްޔަން ކުރައްވައިގެން، އެމަނިކުފާނު ބޭނުންފުޅުވާގޮތަކަށް އެކަން ކުރެއްވުން މާރަނގަޅުވާނެކަމަށް އިދުހާމް މުއިއްޒު ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:09 އަންގާރަ, 13 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް