Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އަޅުގަނޑާއި ގުޅޭ ކޮރަޕްޝަނުގެ ކަމެއް އޮތިއްޔާ ހާމަކުރަން ސަރުކާރަށް ގޮވާލަން- ޔާމީން

އަޅުގަނޑާއި ގުޅޭ ކޮރަޕްޝަނުގެ ކަމެއް އޮތިއްޔާ ހާމަކުރަން ސަރުކާރަށް ގޮވާލަން- ޔާމީން



yameen255-135
ރައްޔިތު ންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީންއާގުޅޭ ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް އޮތިއްޔާ ރައްޔިތުންނަށް ހާމަ ކުރުމަށާއި އެފަދަ ކަމެއް އޮތިއްޔާ އެކަން ސިއްރު ނުކުރުމަށް ސަރުކާރަށާއި ކަމާއިބެހޭ ފަރާތްތަކަށް ޔާމީން ގޮވާލައްވައިފިއެވެ.
އިއްޔެ ޕީއޭގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޔާމީން މިފަދައިން ވިދާޅުވީ ރައީސް ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މެމްބަރު އަލްއުސްތާޒް އިދުހާމް މުއިއްޒު
އަދުދާން ކޮމިޝަނުގެ މެމްބަރުކަމުން އިސް ތިއުފާ ދެއްވީ ޔާމީންއާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލައެއް އާންމު ނުކުރުމަށް ރައީސް އޮފީހުން ކޮމިޝަނަށް އެންގެވުމުން ކަމަށް މީޑިޔާގައި ވާހަކަ ފެތުރުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ގުޅުން ހުރި ކުޑަވެސް ކަމެއް އޮތިއްޔާ އެކަން ސިއްރުނުކޮށް ރައްޔިތުންނަށް ރަނގަޅަށް އަންގައިދިނުމަކީ އޭނާ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އަދި އެފަދަ ކަމެއް އޮތިއްޔާ އިންސާފުވެރިކަމާއިއެކު ބެލުމަށް ސަރުކާރަށާއި އޭސީސީއަށް ޔާމީން ގޮވާލެއްވިއެވެ.
"ކޮރަޕްޝަނުގެ މައްސަލައެއްގައި އަޅުގަނޑުގެ ނަން ހާމަ ނުކުރެވޭނެ ޙާލަތެއް ނާންނާނެ. އައިސްގެން ނުވާނެ. އަޅުގަނޑުގެ ނަން ހިމެނޭނަމަ އަޅުގަނޑުގެ ނަން ހާމަކުރަން ސަރުކާރުން ޖެހިލުންވާ ސަބަބަބެއް ނުވިސްނޭ." ޔާމީން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކޮރަޕްޝަނުގެ ކަންކަމޭ ކިޔައިގެން ޔާމީންގެ ނަން ސަރުކާރުން އަރުވައިގެން ދޭތެރެދޭތެރެއިން އުޅެނީ ޔާމީންގެ އަގު ވައްޓާލުމުގެ ބޭނުމުގައެވެ. އެގޮތަށް އަޑު އަރުވައިގެން އަގު ވައްޓާލަން ނޫޅެ ރަނގަޅަށް މައްސަލަތައް ބެލުމަށް ތަކުރާރުކޮށް އޭނާ ގޮވާލެއްވިއެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް