Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރާއްޖޭގެ ސްކޫލްތަކުގައި އެހެން ދީންތައް ކިޔަވައިދިނުމަށް ރައީސް އަންގަވައިފި- ގައުމީ ޕާޓީ

ރާއްޖޭގެ ސްކޫލްތަކުގައި އެހެން ދީންތައް ކިޔަވައިދިނުމަށް ރައީސް އަންގަވައިފި- ގައުމީ ޕާޓީ


8a7b9ff16aac382ef86abfcc904123a6ރާއްޖޭގެ ތައުލީ މަންހަޖުގައި ހިމަނައިގެން އިސްލާމް ދީން ނޫން އެހެން ދީންތައްވެސް ތުއްތު ކުދިންނަށް ކިޔަވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންނަށް އަންގަވާފައިވާ ކަމަށް ދިވެހި ގައުމީ ޕާޓީން ބުނެފިއެވެ.

ގައުމީ ޕާޓީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު މިފަދައިން އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަވާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިންނާއެކު ބައްދަލު ކުރައްވައެވެ. އަދި އެބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދު މިފަދައިން އެންގެވި ކަމަށް ގައުމީ ޕާޓީން ބުނެފައި ވަނީ އެމިނިސްޓްރީގެ ޑިވޮލޮޕްމެންޓް ސެންޓަރުގެ ކަރިކިއުލަމް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔަކަށް ހުންނެވި ޑރ. ނާޝިޔާއަށެވެ.

"މިއީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތުދިނުމަށް ރައީސް ނަޝީދާއި އެމް.ޑީ.ޕީ. ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން މިހާ ހިސާބަށް އެންމެ ފާޅުގޮތެއްގައި ކުރި މަސައްކަތެވެ. ނަޝީދު އަންގަވާފައި ވަނީ ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖު ގެ އޮނިގަނޑު (ކަރިކިއުލަމް ފްރޭމް ވޯކް)ގެ ތެރެއަށް އިސްލާމްދީން ފިޔަވާ އެހެނިހެން ދީންތަކުގެ މަޢުލޫމާތު ގެނެވޭނެ ގޮތް ހޯދުމަށެވެ. އަދި މިހާރު ކަރިކިއުލަމް ޑިޕާޓްމަންޓުން އެކުލަވާލައްވާފައިވާ، ކަރިކިއުލަމް ފްރޭމް ވޯކުގައި ކީ ކޮމްޕިޓެންސީސްގެ ތެރޭގައި ހިމެނޭ، އިސްލާމް އެންޑް ސްޕިރިޗުއަލިޓީ ހިމަނާފައި އޮތް ތަން، ރެލިޖަސް ސްޕިރިޗުއަލިޓީ އަށް ބަދަލު ކުރެވޭނެ ގޮތް ހޯދުމަށްވެސް ނަޝީދު ވަނީ އަންގަވާފައެވެެ. ބޭނުމަކީ ދައުލަތުގެ މާލިއްޔާއިން ހޭދަކޮށްގެން ދައުލުގެ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިންނަށް ނަޞާރާދީން ފަދަ ދީންތަކުގެ ދަރުސްތަކާއި އެފަދަ ދީންތަކުގެ ދަރުސްތަސް ދިނުމެވެ. ނަޝީދާއި އޭނާގެ އެހީތެރިން މަސައްކަތް ކުރައްވަމުން މިގެންދަވަނީ މި ޤައުމުން އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތުދެވޭނެ ހުރިހާގޮތްތައް ހޯދަމުންނެވެ. އަދި އިސްލާމީ ދިވެހި ދަރީންގެ ހިތްތައް ބާޠިލުދީންތަކަށް ލެއްބުވުމަށެވެ." ގައުމީ ޕާޓީން ބުނެފައި ވެއެވެ.

ނަޝީދުގެ ސަރުކާރުން މިހާރުވެސް ދަނީ ޑޭވިޑް ހާޑިންގހަމް ފަދަ ނަޞާރާދީނުގެ ފާދިރީންނަށް ދައުލަތުގެ މާލިއްޔާއިން ބޮޑެތި މުސާރަ ދެމުންނެވެ. ދާދި އިހަކަށް ދުވަހު ނަޞާރާދީނުގެ ޙަރަކާތްތަކެއް ޏ.ފުވައްމުލަކުގައި ހިންގިކަމުގެ އަޑުފެތުރިފައިވެއެވެ. މީގެ އިތުރުން ނަޝީދު ސަރުކާރާއި ޙަވާލުވުމާއި ގުޅިގެން ދިވެހިންގެ ތެރޭގައި ނަޞާރާދީން ފެތުރުމުގެ ޙަރަކާތްތަށް އިތުރުވެފައެވެ.

އެޕާޓީން އިތުރަށް ބުނެފައިވާ ގޮތުގައި ދިވެހިންގެ ހިތްތަކުން އިސްލާމް ދީނުގެ ނޫރު ފަނޑުކޮށްލުމުގެ އިތުރުން ނަޝީދާއި ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހިންގެ މާދަރީ ބަހާއި ޘަޤާފަތްވެސް ނެތިކޮށްލުމަށެވެ. މިގޮތުން ގްރޭޑް 11 އަދި 12 ގައި ކިޔަވާ ދަރިވަރުންނަށް އިސްލާމް މާއްދާއާއި ދިވެހި މާއްދާއަކީ ކޮންމެހެން ކިޔަވަން ނުޖެހޭ މާއްދާއެއްގެ ގޮތުގައި ހަމަޖެއްސެވުމަށްވެސް ނަޝީދުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

" މީގެ ބޭނުމަކީ ވެސް ދިވެހި ދަރީންނަށް އިސްލާމީ ތަރުބިއްޔަތާއި އިސްލާމީ ތާރީޚާއި އަދި މީ ނޫނަސް އިސްލާމް ދީނުގެ މަޢުލޫމާތުތައް ލިބުމުގެ މަގުބަންދުކޮށް އިސްލާމް ދީނާ ބީރައްޓެހި ކުރުވުމެވެ. އަދި ދިވެހިންގެ އަމިއްލަ ބަސްވެސް ކޮންމެހެން ކިޔަވަން ބޭނުންނުވާގޮތަށް ނިންމަމުން އެދަނީ ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަން ދިވެހި ޤައުމުން ފުހެލުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައެވެ." ގައުމީ ޕާޓީން ބުނެފައި ވެއެވެ.

ރައީސް ކަމަށް ނަޝީދު ގެނައުމަށްޓަކައި މުހިންމު ރޯލެއް ކުޅުއްވި ބޭފުޅުންކޮޅެއް ހިމެނޭ ގައުމީ ޕާޓީގެ ވެބްސައިޓުގައި ލިޔެފައިވާ މިލިޔުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު އެ ވިދާޅުވާ “ހިތި ބޭސް” މިދަނީ ދިވެހިންނަށް މަޑުމަޑުން ބޯންދެމުންނެވެ.

"ނަޝީދުގެ މިޢަމަލަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ކުރައްވާފައިވާ ޢަމަލެކެވެ. ޤާނޫނު އަސާސީ ލާޒިމުކުރާ ގޮތުން އޭނާ މަޤާމާއި ޙަވާލުވިއިރު ވަނީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކޮށްފައެވެ." ގައުމީ ޕާޓީން ބުނެފައި ވެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 20:17 އާދީއްތަ, 11 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް