Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ކައުންސިލް އިންތިޚާބުގައިވާދަކުރާއެމްޑީޕީގެ ކެންޑިޑޭޓުން ނޮހޮވައިފިނަމަ ރޯންޖެހޭނެ - ޝިފާޤް މުފީދު

ކައުންސިލް އިންތިޚާބުގައިވާދަކުރާއެމްޑީޕީގެ ކެންޑިޑޭޓުން ނޮހޮވައިފިނަމަ ރޯންޖެހޭނެ - ޝިފާޤް މުފީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުނުދީ  އެބޭފުޅުން ލޯކަލް ކައުންސިލްތަކަށް ނުހޮވައިފިނަމަ، އެރަށެއްގެ ނުވަތަ އެސަރަޙައްދެއްގެ ބަޔަކު ކަރުނަ އަޅާ ރޯން ޖެހޭނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ. ޝިފާޤު މިހެން ވިދާޅުވީ އިހަށްރޭ އޭދަފުށީގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭދަފުށީ ބަނދަރު ސަރަޙައްދުގައި ބޭއްވި މިޖަލްސާގައި ޝިފާޤު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ނުދިއުމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރަށްރަށަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނީ ބާރު ދިނުމުގައި އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް ރަށަކުން ނުވަތަ އެއްވެސް ހިސާބަކުން އެމްޑީޕީއަށް ނާކާމިޔާބު ވެއްޖެނަމަ،  އެރަށެއްގެ ނުވަތަ އެސަރަޙައްދެއްގެ ބަޔަކު ކަރުނަ އަޅާ ރޯން ޖެހޭނޭ ކަމުގައި ޝިފާޤު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް ލިބިފައިވާ ބާރުތައް އެމަނިކުފާނު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެއްވުމަށް އެދިއްކުރައްވާ އަތްޕުޅުގައި ހިފުމަށް ރައްޔިތުންގެ ކިބައިން ޝިފާޤު އެދިވަޑައިގެންނެވިއެވެ.
އޭދަފުއްޓާއި ބ.އަތޮޅުގެ ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެ މިޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ އެމްޑީޕީން ވެފައިވާ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ވައުދު، ނުވަތަ ރައްޔިތުންނަށް ވެރިކަން ހިންގުމުގެ ބާރު ދިނުމުގެ  ވައުދު ފުއްދުމުގެ ގޮތުން ލާމަރުކަޒީ ބިލު ފާސްކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ކެނޑިނޭޅި މަސައްކަތްކުރަމުން ދާނޭ ކަމަށާއި، އޭދަފުށީގައި މިބޭއްވޭ ޖަލްސާ އަކީ ވެސް އެކަމުގެ ރަމްޒެއް ކަމުގައެވެ. އަދި މިވައުދު ފުއްދުމަށާއި، އެމްޑީޕީގެ އެހެނިހެން ވައުދުތައް ފުއްދުމުގައި އެހީތެރިވުމަށް ރަށްރަށުގައި އެމްޑީޕީގެ ވީހާވެސް ގިނަ ގޮފިތައް ހަދައި މެންބަރުން އިތުރުކުރަމުން ގެންދާނޭ ކަމުގައި އުއްމީދުކުރައްވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގެ ގޮނޑި ބޭނުންކުރަނީ އަމިއްލަ ހިމާޔަތަށް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ހުވައެއް ކޮށްގެން ތިއްބަވާ ބޭފުޅުން އަމިއްލަފުޅު ބޭނުންތަކަށް މަޖިލިސް ބޭނުން ކުރައްވާތީ ހިތާމަފުޅު ކުރައްވާ ކަމުގައި މާރިޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ސ.ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠާރިޤު، ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އަދި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އިލްޔާސްގެ ވާހަކަފުޅު ރަށުކައުންސިލް އިންތިޚާބުގެ މައްޗަށް ބިނާކުރެއްވިއިރު، އީސަގެ ވާހަކަފުޅު ބިނާކުރެއްވީ ކައުންސިލަރުގެ ޒިންމާއާއި ބެހޭގޮތުންނެވެ.  އަދި ޕްރޮވިންސް ހެދުމަކީ ޤާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ޑީއާރުޕީން ތަކުރާރުކޮށް ވިދާޅު ވަމުންދާއިރު އެ މައްސަލައިގައި މިއަދާ ހަމައަށް ޑީއާރުޕީން ސްޕްރިމް ކޯޓަށް ގޮސްފައި ނުވަނީ ޤާނޫނު އަސާސީން ޕްރޮވިންސް ހެދުމަށް ތަންދޭތީ ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އީސަ ވިދާޅުވިއެވެ.
ތާރީޚީ ނަޒަރަކުން ބ.އަތޮޅުގެ ބައެއް ސިޔާސީ ޚިދުމަތްތެރިންގެ އަގުހުރި ޚިދުމަތްތަކުގެ މައްޗަށް ތޯރިޤުގެ ވާހަކަފުޅުގައި ބަައްލަވާލެއްވިއެވެ. ރާއްޖޭގެ ސިޔާސީ ހާލަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު ޝިފާޒް  ކުރީގެ ސަރުކާރަށް ވަރށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މަޑަވެލީ ދާއިރާގެ މެންބަރު ނާޒިމްގެ ވާހަކަފުޅު ބިނާކުރެއްވީ އެމްޑީޕީގެ މެންބަރަކަށް ވާންވީ ސަބަބުތަކާއި ބެހޭގޮތުންނެވެ.  ނާޒިމްގެ ވާހަކަފުޅުގައި އުތުރުގެ ރައްޔިތުންނަކީ އަަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ބައެއް ކަމަށާއި، މިގޮތުން އެމްޑީޕީއަށް ވެރިކަން ލިބުމަށްފަހު ދެކުނުގެ ރައްޔިތުން ފަހަތަށް ޖައްސާލުމަށްފަހު އުތުރުގެ ރައްޔިތުން އެމްޑީޕީއާ ގެން ކުރިއަށް ދާން ފަށައިފި ކަމުގައި ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ޕްރޮވިންސް އުފެއްދުމުގެ މުހިއްމު ކަމާއި ލާމަރުކަޒީ އުސޫލުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނޭ ގިނަގުނަ ފައިދާތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މިޖަލްސާގައި އޭދަފުއްޓާއި، ބ.އަތޮޅުގެ ބައެއް އެހެން ރަށްރަށުން އެމްޑީޕީގެ އަލަށް ގުޅުނު މެންބަރުންގެ މެންބަރޝިޕް ފޯމް ޕާޓީގެ ޗެއާޕާސަން އާ ހަވާލުކުރުމުގެ އިތުރުން އޭދަފުށީ އެމްޑީޕީ އަންހެނުންގެ ގޮފި އިފްތިތާހް ކުރުމާއި، އެމްޑީޕީއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އޭދަފުށީ ވައިޖެހޭގޭ އާދަމް ނަސީރަށް ހަނދާނީ ފިލައެއް ހަދިޔާ ކުރެވުނެވެ. މިފިލާ އެފަރާތާ ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ  އަހުމަދު ދީދީ އެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:42 ހޯމަ, 12 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް