މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް ފޮނުއްވި ކޮމެޓީން ބިލް ދިރާސާކުރުމަށް ފަހު މާދަމާގެ ޖަލްސާ އަށް ކޮމެޓީގެ ރިޕޯރޓް ހުށަހަޅުއްވާނެ އެވެ.
މިބިލް ހުށަހެޅުއްވި ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ނަޝީދެވެ. މިއަށް އެމަނިކުފާނު އެ އިޞްލާޙުގައި ވަނީ ތާރޑްޕާޓީ އިންޝުރެންސް ކުރުން ލާޒިމް ކުރުމަށް އިތުރު ދެއަހަރު ދިނުމަށެވެ. މިގޮތަށް ހުށަހެޅުއްވީ މިކަމާބެހޭ ޚާއްސަ އޮނިގަނޑެއްވެސް ނެތީމައެވެ. އެހެން ކަމުން ދޮޅު އަހަރު ތެރޭގައި އޮނިގަނޑެއް އެކުލަވާލަން ޖެހޭނެކަމަށްވެސް އިސްލާހު ހުށަހެޅުއްވިއެވެ. ބިލު ހުށަހަޅުއްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވީ ތާރޑްޕާޓީ އިންޝުއަރެންސް ކުރުމަށް ޤާނޫނުގައި ބުނާ މުއްދަތު ފަސް ކުރުމަށް ހުށަހެޅުއްވީ އެކަން ލާޒިމުކުރުމުގެ ގޮތުން ހަމަޖައްސަވަން ޖެހޭ އިންތިޒާމު ތަކެއް ހުރިކަމަށް ދެކަވަޑައިގަންނަވާތީ ކަމުގައެވެ. މިމަހު ފަނަރައިގެ ނިޔަލަށް ޤާނޫނުގައި ބުނާ މުއްދަތު ހަމަވާއިރު ޤާނޫނުގައި ބުނެފައިވަނީ އިންޝުއަރ ކޮށްގެން ދުއްވަންޖެހޭ ވާހަކަ އެކަނިކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ދޮޅު އަހަރުތެރޭ އޮނިގަނޑު އެކުލަވައިލައި ތަންފީޒުކުރުމާ ދޭތެރޭގައި ހަމަސް ދުވަހުގެ މުއްދަތެއް ދެއްވައިފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އިންޝުއަރެންސްގެ ޤާނޫނީ އުޞޫލުތަކެއް އޮވެގެން ނޫނީ ޤާނޫނަކުން އިންޝުއަރެންސް ކުރުމަށް ލާޒިމް ކުރަން ނުޖެހޭ ބައިވަރު ސަބަބުތައް ހުރިކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ބެލެވޭ ގޮތުގައި މާދަމާގެ ޖަލްސާގައި މިބިލަށް ގޮތެއް ނިންމަވާނެއެވެ. ނަޝީދުގެ މިހުށަހެޅުމަށް މެންބަރުންގެ ތާއީދު ވަނީ ލިބިފައެވ
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










