Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މީޑިޔާ ކައުންސިލް އެކުލަވާ ލުމުގައި ގާނޫނާ ޚިލާފަށް އަމަލުކުރާ ކަމަށް ބުނެފި

މީޑިޔާ ކައުންސިލް އެކުލަވާ ލުމުގައި ގާނޫނާ ޚިލާފަށް އަމަލުކުރާ ކަމަށް ބުނެފި


zahirމޯލްޑިވްސް މީޑިޔާ ކައުންސިލްގެ ގާނޫނާއި ފުށުއަރާފަދަ ގޮތަކަށް، މީޑިޔާ ކައުންސިލް އެކުލަވާލުމުގައި އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ އެކަންކަން ބަލަމުންދާކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން، އެމްޖޭއޭގެ ރައީސް ހިރިގާ އަހްމަދު ޒާހިރު ވިދާޅުވީ މީޑިޔާ ކައުންސިލް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެކަން ކުރުމުގައި، ގާނޫނާއި ފުށުއަރާފަދަ ގޮތަކަށް ބައެއް ކަންކަން ކުރަމުން އަންނަކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެކަމާއިގުޅިގެން ލިބިފައިވާ ޝަކުވާތައް މިހާރު ބަލަމުންދާކަމަށާއި

ސަރުކާރު އޮފީސްތައް ހުޅުވުމުން އެކަންތައްތައް ހިނގާފައިވާ ގޮތް ބަލާ، އެމައްސަލަތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެކަމަށެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ގާނޫނުގައި އެކައުސިލް އެކުލެވިގެންވަނީ މީޑިޔާގެ ދާއިރާގައި މަސައްކަތް ކުރާ އަށް މީހުންނާއި އަދި އާންމުންގެ ތެރެއިން ކުރިމަތިލައިގެން ހޮވޭ ހަތް މީހުންގެ މައްޗަށްކަމަށް ބުނެފައިވީ ނަމަވެސް އާންމުގެ ތެރެއިން ކުރިމަތިލީ މީހުންގެ ނަންތައް ޝޯޓްލިސްޓް ކުރުމުގައިވެސް ބައެއް މައްސަލަތައް އުޅޭކަމަށް ބުނެ އެކަމާއި ގުޅޭޝަކުވާތައް ބައެއް ފަރާތްތަކުން ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން އެތައް ބައެއްގެ ތެރެއިން ވަކި ބައެއްގެ މަސްލަހަތު އޮންނަ ގޮތަށް ސާދަ މީހުންގެ ނަން ޝޯޓްލިސްޓްކޮށްފައި ވުމާއި، ކައުންސިލަށް މެންބަރުން ހޮވުމުގައި ބަލަންޖެހޭ ކަންކަމާ ޚިލާފަށް އިންފޮމޭޝަން ޑިޕާރްތްމެންޓުން އަމަލުކޮށްފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މީގެއިތުރުން މީޑިޔާ ކައުންސިލް އެކުލަވާލުމަށް ބާއްވާ ޖަލްސާގައި، ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލު ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތެއް ތަމްސީލްކުރާ އެކަކަށް ބައިވެރިވެވޭނެކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެފުރުސަތު އިންފޮމޭޝަން ޑިޕާޓްމަންޓުން ނެރުނު އިއުލާނަކުން ހަނިކޮށް، ވަކި ތާރީހެއްގެކުރިން ސިޓީ ނުފޮނުވާ ފަރާތްތަކަށް އެޖަލްސާގައި ބައިވެރި ނުވެވޭގޮތް ހަދާފައިވާކަމުގެ ޝަކުވާވެސް އެމްޖޭއޭއަށް ހުށަހަޅާފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފައި ވެއެވެ. ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެމްޖޭއޭގެ ރައީސް ހިރިގާ ޒާހިރު ވިދާޅުވީ އެޖަލްސާގައި ވޯޓްދިނުމަށް ބައިވެރިވާނެ ފަރާތްތައް އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި ނުނެރޭތާ ގިނަދުވަސްވެފައިވާ ނޫސްމަޖައްލާތައްވެސް ހިމެނޭކަމަށާއި އަދި މިފަދަ ކަންކަމުގެ ސަބަބުން ވަކި ސްޓޭމްޕަކަށް އެކައުންސިލް ބައްޓަންކުރަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ޒާހިރު ތުހުމަތުކުރެއްވިއެވެ.

އެމްޖޭއޭއިން ތަކުރާރުކޮށް ބުނަމުން އަންނަނީ ސަރުކާރުން މީޑިޔާ ރެގިއުލޭޓް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. ވޯޓުދިނުމުގެ ހައްގު ދީފައިވާ ނޫސްމަޖައްލާ ތަކުގެ ލިސްޓަށް ބަލާއިރު ނުނެރޭތާ ގިނަދުވަސްވެފައިވާ ނޫސްމަޖައްލާތަކުގެ ތެރޭގައި މައުމޫނު ސަރުކާރުގެ ވެރިކަން ބަދަލުކުރުމުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ހަރަކާތްތެރިވެގެން ނެރުނު މިނިވަން ނޫސްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މިނިވަންނޫހަކީ ވެރިކަން ބަދަލުވުމާ ގުޅިގެން ނެރުން ހުއްޓާލާފައިވާކަން އަމިއްލައަށް އިއުލާނުކޮށްފައިވާ ނޫހެކެވެ. މިގޮތުން އިންފޮމޭޝަނުން ވޯޓުދިނުމުގެ ހައްގު ދީފައިވާ ވިހި ނޫސްމަޖައްލާގެ ތެރެއިން އާންމު ގޮތެއްގައި ފެންނަމުންނުދާ ނޫސް މަޖައްލާ ތަކުގެ ތެރޭގައި ހިޔަމަ މަޖައްލާއާއި ވަންނި މަޖައްލާއާއި އާއިލާ މަޖައްލާއާއި ނަވަރަންނައާއި ސުންގަޑިއާއި މަނަސް ޑެއިލީއާއި މަނަސް ހަފުތާ މަޖައްލާ ފަދަ ނޫސްމަޖައްލާތައް ހިމެނޭކަން ފާހަގަކުރެވެއެވެ.

http://www.maldivesinfo.gov.mv/home/upload/downloads/media%20list%20for%20council%20election.pdf

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 07:51 އާދީއްތަ, 11 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް