Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު "އަމިއްލައެއްޗަށްފައިން ނޭރެނީސް" ރައީސްގެނޭދެވޭއަމަލުތަކުންސަލާމަތްވުމަށް ގައުމިޕަޓީންގޮވާލައިފި

"އަމިއްލައެއްޗަށްފައިން ނޭރެނީސް" ރައީސްގެނޭދެވޭއަމަލުތަކުންސަލާމަތްވުމަށް ގައުމިޕަޓީންގޮވާލައިފި

hassanqasimanni

"

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަމިއްލަފުޅު އިބާރާތުން ބުނާނަމަ " އަމިއްލަ އެއްޗަށް ރަނގަޅަށް ފައިން ނޭރެނީސް" ރައީސް ނަޝީދުގެ ނޭދެވޭ އަމަލު ތަކުން ސަލާމަތްވުމަށް ދިވެހި ގައުމީ ޕާޓީން ދިވެހި ރައްޔިތުންނަށް ގޮވާލައިފިއެވެ.
ދިވެހި ގައުމީ ޕާޓީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ސަރުކާރުގެ އަމަލުތަކާއިމެދު ދިވެހި ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހެއެވެ. އެގޮތުން ގައުމީ ޕާޓީއަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފާހަގަ ވާ ކަމަށްބުނާ ޤާނޫން އަސާސީއާ ޚިލާފު އަދި އިސްލާމީ ޝަރީއަތާ ޚިލާފު ކަންތައްތަކެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ގައުމީ ޕާޓީން ރައީސް ނަޝީދުގެ ވެރިކަން ސިފަކޮށްފައިވަނީ ޣައިރުޤާނޫނީ ވެރިކަމެއްގެ ގޮތުގައެވެ. އެހެންކަމުން އެފަދަ ކޮންމެ ވެރިކަމެއް ނިމުމަކަށް ގެނައުމަކީ ދައުލަތުގެ ކޮންމެ މުއައްސަސާ އަކަށް ވާޖިބު ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނިފައިވާ ކަމަށްބުނާ ދީނާ ޚިލާފު ކަންތައްތަކެއްވެސް އެޕާޓީން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެޕާޓީން ފާހަގަ ކޮށްފައިވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
1- އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމުގައިވާ ބަނގުރާ (ސޫލާޝަރާބް) ނަޝީދު ބުއި ކަމަށް ނޫސްތަކުގައި ލިޔެފައިވެއެވެ. ސިޔާސީ އިސްބޭބޭފުޅުން އެވާހަކަ ޓީވީ ރޭޑިޔޯ ފަދަ ވަޞީލަތްތަކުގައި ތަކުރާރު އެބަކުރައްވައެވެ. ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންނަށް އަދި ޕްރޮސިކިއުޓަރ ޖަނަރަލްގެ ޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖަނަރަލަށް މި މައްސަލަ ތަޙްޤީޤު ނުކުރެވިގެން އުޅެނީ ނަޝީދާއި ނަޝީދުގެ ސަރުކާރުގެ ނުފޫޒުގެ ސަބަބުންތޯ އެބަ ބަލަންޖެހެއެވެ.
2- އިންގިރޭސިން ރާ ބޯނެޔޭ އެމީހުން އުޅޭގޮތަށް އުޅުނީމާ ރަނގަޅުވާނެޔޭ ބުނެ ދީނުގައި ޙަރާމްކުރައްވާފައިވާ ކަމަކަށް ގޮވާލާ ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައިވެއެވެ.
3- މަސްތުވާ ތަކެތީގެ ވާހަކަ ދައްކަވަމުން ހަކުރު (ބްރައުން ޝުގާ) ފިޔަވާ އެހެން އެއްޗެހި ބޭނުންކުރުމުން މައްސަލައެއް ނެތްކަމަށް ބުނެ ދީނުގައި ޙަރާމްކުރައްވާފައިވާ ކަމަކަށް ގޮވާލާ ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވެއެވެ. އަދި ހަމައެހެންމެ، މަސްތުވާ ތަކެތީގެ ވާހަކަ ދައްކަވަމުން ހުރިހާ އެންމެން 24 ގަޑިއިރު ހަމަހޭގައި ތިބޭކަށެއް ނުޖެހޭނެޔޭ ބުނެ ދީނުގައި ޙަރާމްކުރައްވާފައިވާ ކަމަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވެސްވެއެވެ.
4- ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ދެފަހަރެއްގެ މަތިން ބަނގުރާ ވިއްކަން ހުއްދަ ދީފައިވެއެވެ. މިކަމަކީ ދީނީގޮތުން ކުރަން ހެޔޮވާވަރުގެ ޢަމެލެއް ނޫންކަމަށް ޚުދު ނަޝީދުގެ ސަރުކާރުގެ ފިޤްހު އެކެޑެމީގެ އިސްވެރިން އަދި ނަޝީދުގެ ސަރުކާރުގެ ދީނީ އިސް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
5- އިސްލާމުންގެ އެންމެ ބޮޑު ޢަދާވާތްތެރި ޤައުމު ކަމަށްވާ އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި ރަޢްޔިތުންގެ މައްޗަށް ހަގުރާމައިގެ ކުށް ނުވަތަ ވޯކްރައިމް ގެ ޢަމަލުތައް އިންގިކަމަށް އދ.ގެ ޚާއްޞަ މަންދޫބު ނިންމަވާފައިވަނިކޮށް އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށް އަދި ޔަހޫދީންގެ ރަގަޅުކަމުގެ ވާހަކަ ދިވެހި ތުއްތު ކުދިންނަށް ސްކޫލުތަކުގައި ކިޔަވާދިނުމަށް އިޒުރޭލާއެކު އެއްބަސްވެފައިވެއެވެ.
6- ދިވެހިރާއްޖޭގައި ހިނގަމުން އައި އިސްލާމީ ތަޢުލީމުދޭ ދެ ބިނާ ކަމުގައިވާ ޢަރަބިއްޔާ އާއި މަޢުހަދު އުވާލުމުގެ މަސައްކަތް ކުރައްވަމުންއެބަ ގެންދަވައެވެ.
7- އިސްލާމްދީން ނޫން ދީންތައް ރާއްޖޭގެ ތުއްތުކުދިންނަށް ސްކޫލުތަކުގައި ކިޔަވާ ދިނުމުގެ މަސައްކަތް ކުރައްވަމުންއެބަ ގެންދަވައެވެ.
8- ގްރޭޑް 10 އަދި 11 ގައި އިސްލާމް އަދި ދިވެހި ކިޔެވުން ކޮންމެހެން ލާޒިމުނުވާ ގޮތަށް ހަމަޖައްސަވާ ދިވެހިންގެ މާދަރީ ބަހާއި ތަރިކައާއި އަދި ޢަޤީދާ ބަލިކަށިކުރެވޭ ފަދަ ޢަމަލު އެބަކުރައްވައެވެ.
9- ޑެވިޑް ހާޑިންގހަމް ފަދަ ނަޞާރާ ދީނުގެ ފާދަރީންނަށް ދައުލަތުގެ މާލިއްޔާއިން ހޭދަކޮށްގެން އަރިސްމީހުންގެ ގޮތުގައި ވަޒީފާ ދީގެން އެބަ ގެންގުޅުއްވައެވެ.
10- މި ސަރުކާރުގެ އިސްވެރިންގެ ކާރުތަކުންނާއި ގެސްޓް ހައުސް ފަދަ ތަންތަނުން ގިނަ ޢަދަދެއްގެ ބަނގުރާ ފެނުމުންވެސް އެފަދަ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައެއް ނުވެއެވެ.
11- ކީރިތި ރަސޫލާގެ ހަދީސު ފުޅާއި އިސްލާމް ދީނުގެ އިރުޝާދާއި ޚިލާފަށް ޣީބަ ބުނުން ފަދަ މުންކަރާތްތަކަށް ގޮވާލާ ދަޢުވަތު ދެއްވާފައިވެއެވެ.
12- އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އަދަބުތަކާއި މެދު ސުވާލު ކުރައްވާ ހަޖޫ ޖައްސަވާފައިވެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 08:04 އާދީއްތަ, 11 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް