ރަށްފުށުގެ ޞިއްޙީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުމެއް ބާއްވައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ޑޮކްޓަރ ވަޙީދު މިހެން ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިހަށްރޭ ޣާޒީ ސްކޫލުގައި ބޭއްވެވި ޙަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.އެމަނިކުފާނު ވިދާޅުވީ ޞިއްޙަތު ގުޅިފައިވަނީ ރާއްޖޭގެ ރަށްރަށަށާއި، ޖަމާޢަތަށްކަން މިއަދު ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި ދޭންޖެހޭ ޚިދްމަތް ރަނގަޅަށް ދެވޭނީ ސާފުތާހިރު އަދި ޞިއްޙީ ގޮތުން ދިރިއުޅެވޭނެ މާޙައުލެއް އޮވެގެން ކަމަށް ވިދާޅުވިއެވެ.
މިހަފުލާގައި ނާއިބު ރައީސް ވިދާޅުވީ ބަލި މީހުން މާލެއަށް ނުގެނެސް ހުޅުމާލޭ ހޮސްޕިޓަލުން ފަސޭހަކަމާއެކު ޚިދްމަތްދެވޭ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހިޔާލު (0)

ކިޔުންތެރިންގެ ހިޔާލު










