Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްއެންޑީއެފްއިން މިއަދު ރަސްމީކޮށް ފިޒިކަލް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފްއިން މިއަދު ރަސްމީކޮށް ފިޒިކަލް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި



ދިވެހި ސިފައިންގެ އަޚުލާޤާއި ސުލޫކު ދެމެހެއްޓިފައި އޮންނައޮތުމުގެ މައިގަނޑު އަސާސްކަމުގައިވާ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދިވެހި ސިފައިންގެ މެދުގައި އަބަދަށް ދެމެހެއްޓުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ ގޮތުން މިއަދު ރަސްމީކޮށް ފިޒިކަލް ޓްރޭނިންގ ޕްރޮގްރާމް ފަށައިފިއެވެ.
މިއަދު ފެށި މިޕްރޮގްރާމްގެ މަޤްޞަދަކީ، އެމް.އެން.ޑީ.އެފްގެ މަސްއޫލިއްޔަތު އަދާކުރުމަށްތިބި ހުރިހާ ފަންތިއެއްގެ ސިފައިންނަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ބަޔަކު ކަމުގައި ހެދުމަށްޓަކައި ހަށިހެޔޮކަމަށް ސިފައިން ޝައުޤުވެރިކުރުވައި ހަށިހެޔޮ ވެއްޓެއް ޤާއިމްކުރުން ކަމަށް އެމްއެންޑީއެފްގެ ވެބުސައިޓުގައި ބުނެފައިވެއެވެ. މިޕްރޮގްރާމް ރަސްމީކޮށް މިއަދު ފެށުމާއި ގުޅިގެން މިހަފުތާއިން ފެށިގެން ކޮންމެ ހަފުތާއަކު ދެ ދުވަހު ދުވާލަކު އެއްގަޑިއިރު ޔުނިޓް ލެވެލްގައި ރޫޓިންކޮށް ސިފައިން ޕީ.ޓީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ތިން މަހުން އެއްމަހު ކަނޑައެޅޭ ދުވަހެއްގައި އެމް.އެން.ޑީ.އެފްގެ މުޅި ލަޝްކަރު ހިމެނޭގޮތަށް ފޯމޭޝަންތައް ވަކީން ޕީ.ޓީ ކުލާސްތައް ބޭއްވުމަށްވަނީ ހަމަޖައްސަވާފައެވެ.
މިއަދު ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށީގައި ފެށި މިޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ އެމް.އެން.ޑީ.އެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރެވެ. މިޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމާއެކު މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރައްޔިތުން ރައްކާތެރިކޮށް، ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަތިވެރި އަމާނާތް ހަވާލުވެފައިވާ ބަޔަކީ ދިވެހި ސިފައިންކަމަށާއި، މިކަން ކުރުމަށް ދިވެހި ސިފައިން މެނުވީ ފުރާނައާއި ހަށިގަނޑު ޤުރުބާންކޮށްލުމަށް މާތް ﷲ ގަންދީ ހުވާކޮށްގެންތިބި ބަޔަކު މިއުޑުދަށުގައި ނެތްކަމަށެވެ. އެހެންކަމަށްވުމާއިއެކު ހަނގުރާމައާއި ނުރައްކަލާ އަދި އެނޫންވެސް ކަންކަމަށް ހުށަހެޅޭވަގުތުތަކުގައި މިހުވައާއި އަހުދު ކަށަވަރު ހިފައިގެންތިބި ބައެއްގެ މައްޗަށް މިއަމާނާތް އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ދިވެހި ސިފައިން ތިބެންޖެހޭނީ އަބަދުވެސް ތައްޔާރުވެގެންކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ކިތަންމެ ބޮޑު އިކްއިޕްމަންޓްތަކާއި، ކިތަންމެ މޮޅު ޓެކްނޮލޮޖީއެއް ބޭނުންކުރި ކަމުގައިވިޔަސް ހަށިހެޔޮކަން އޭގެ އެންމެމަތީ ފަންތީގައި ނުބެލެހެއްޓޭނަމަ އެމެޝިން ނުވަތަ އެޓެކްނޮލޮޖީގެ ޕީސް ބޭނުންކުރަންޖެހޭ ވަގުތު، އަޅުގަނޑުމެންވާނީ ނުކުޅެދިފައިވާ ބަޔަކަށްކަމަށްވެސް ބްރިގޭޑިއަރ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދުނިޔޭގެ މަޝްރަހާއި ރާއްޖޭގެ މަޝްރަހް އޮތްގޮތުން ދިވެހި ސިފައިންގެ ކުރިމަތީ ހުރި ގޮންޖެހުންތައް ވަރަށް ގިނަކަމަށާއި، މިގޮންޖެހުންތަކާއި އަޅުގަނޑުމެން ކުރިމަތިލާއިރު އެންމެ މުހިންމުކަމަކަށް މިވަގުތަށް ފާހަގަކުރެވޭ އެއްކަމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއިއެކު ފުރިހަމަ ފިޓްނަސް ލެވެލްއެއް މެއިންޓެއިންކޮށް ދެމެހެއްޓުންކަމުގައިވެސް ބްރިގޭޑިއަރ ޖެނެރަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ މާޒީގައި އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާތަކާއިއެކު މިއަދު ހުރިހާ ސިފައިންވެސް އާ ހަށިހެޔޮކަމުގެ ޝަޤާފަތެއް އެމް.އެން.ޑީ.އެފްގެ ތެރޭގައި އާލާކޮށް، މިރޫޙް އިތުރަށް ދިރުވާ ތަރައްޤީކުރުމަށް ޓަކައި ދިވެހި ސިފައިންގެ ލީޑަރޝިޕުން މިއަދު މިވަނީ އެކަން އެކަށައަޅާފައިކަމަށްވެސް ބްރިގޭޑިއަރ ޖެނެރަލް ވިދާޅުވިއެވެ.
މިއަދުގެ މިޕްރޮގްރާމްގައި ކުރިއަށްގެންގޮސްފައިވަނީ ސިފައިންގެ މުޅި ލަޝްކަރު ހިމެނޭގޮތަށް އެރޮބިކްސް ކުލާސްތަކެކެވެ. މިކުލާސްތައް ނަންގަވައިދެއްވީ "ގްލޯފިޓް" ގެ ހަތަރު އިންސްޓްރަކްޓަރުންނެވެ. މިއަދުގެ މިޕްރޮގްރާމަށްފަހު "ގްލޯފިޓް" ގެ ބޭފުޅުންނަށް އެމް.އެން.ޑީ.އެފްގެ ފަރާތުން ހަނދާނީ ފިލައެއް ހަދިޔާކުރެއްވިއެވެ. އެބޭފުޅުންނަށް މި ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް ފަރުހަތު ޝަހީރެވެ. "ގްލޯފިޓް" ގެ ބޭފުޅުން ސިފައިންނަށް ހިންގަވައިދެއްވި މިއެރޮބިކްސް ކުލާސްތަކަކީ ވޮލަންޓިއަރކޮށް ހިންގަވައިދެއްވި ކުލާސްތަކެކެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް