Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ޒަމާނުއްސުރެންއޮތް ނިޒާމަށް ބަދަލުގެނައުމުގައިއެއްމެބޮޑުޙިއްޞާއެއް އަދާކުރީ ޒުވާނުން:ރައީސް

ޒަމާނުއްސުރެންއޮތް ނިޒާމަށް ބަދަލުގެނައުމުގައިއެއްމެބޮޑުޙިއްޞާއެއް އަދާކުރީ ޒުވާނުން:ރައީސް

president-1


ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އައި ވަރަށް ބޮޑަށް ހިފެހެއްޓިފައި އޮތް ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމުގައި، އެންމެބޮޑު ޙިއްޞާއެއް އަދާކުރީ ރާއްޖޭގެ ޒުވާނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު  ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ޔޫތު ޗެލެންޖް 2010" އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ދަރުބާ ރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޒުވާނުން އެ ބަދަލުގެނައީ، އެމީހުންނަށް ފެންނަ ފެނުމަށާއި، އެމީހުންގެ އުންމީދުތަކަށާއި މަންޒަރުތަކަށް ޙަޤީޤީ ސިފަ ހޯދުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ދިމާވެފައިވާ ގިނަ ދަތިތަކާއި އުނދަގޫތަކުގެ އެންމެބޮޑު ބައެއް ޙިއްޞާކުރާ އެއްބަޔަކީ ޒުވާނުންކަން ފާހަގަކުރައްވަމުން، މިރާއްޖޭގެ އާބާދީގެ އެންމެބޮޑު ބަޔަކީވެސް ޒުވާނުން ކަމުގައި ވިދާޅުވިއެވެ. މާލެއަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، މާލެ ތޮއްޖެހި، ވަޒީފާގެ ފުރްޞަތުތައް މަދުވެ، ބާރުގަދަ ޑްރަގްސްތަކުގައި ޖެހިފައިވާ ޒުވާނުން ގިނަވެ، ބޯހިޔާވަހިކަމުގެ ދަތިތައް ކުރިމަތިވެ، މާރާމާރީއާއި ތަޅާފޮޅުން އިތުރުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، މާލޭގެ ކަންކަމާ ގުޅޭގޮތުން ފިކުރުނުކޮށް ނަތީޖާ ނެރެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރަށްރަށުގައި ވަޒީފާގެ ފުރްޞަތުތައް ނެތުމާއި، ތަޢްލީމާއި ޞިއްޙީ ޚިދްމަތްވެސް ރައްޔިތުން އެދޭ މިންވަރަށް ނުލިބޭކަން އެއީ، މައްސަލައެއްކަން އެމަނިކުފާނު ބަޔާންކުރައްވަމުން، މާލެ ތޮއްޖެހިފައި އޮތް އޮތުމާއި، މާލޭގެ ޙާލަތު އެހެން ގޮތަކަށް ބަދަލުކުރެވެން އޮތީ، ރަށްރަށް ތަރައްޤީ ކުރެވިގެން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންގެ އަޑު ނާހައި ދޫކޮށްލައިގެންނުވާނެ ކަމަށާއި، އެމީހުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ކުރެވެންހުރި ކަންތައްތައް ހުއްޓާލައިގެން ނުވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

"ޔޫތު ޗެލެންޖް 2010" ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވުމަށްފަހު، ފެއަރގެ ސްޓޯލްތައް ބައްލަވައިލައްވައި، އެ ސްޓޯލްތަކާބެހޭ މަޢްލޫމާތު އެމަނިކުފާނު ހޯއްދެވިއެވެ.
ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 20:20 ބުރާސްފަތި, 08 އެޕްރީލް 2010  

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް