Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރާއްޖޭގެ ނަގިލި މެދުއިރުމަތިން ނަގައިގެން އިޒްރޭލަށް ލައިފި- އުމަރު

ރާއްޖޭގެ ނަގިލި މެދުއިރުމަތިން ނަގައިގެން އިޒްރޭލަށް ލައިފި- އުމަރު


ދިވެހިރާއްޖޭގެ ނަގިލި މީގެކުރިން އަބަދުވެސް ބާއްވާފައި އޮންނަނީ މެދުއިރުމަތީގައި ކަމަށާއި ނަމަވެސް އެތައްހާސް އަހަރެއް ފަހުން ދިވެހިންގެ ނަގިލި މެދުއިރުމަތިން ނަގައިގެން އިޒްރޭލަށް ލައިފި ކަމަށް ޑީއާރުޕީގެ ނައިބް ލީޑަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޑީއާރުޕީން ބުރާސްފަތި ވިލޭރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން އާލާވީއްސުރެ އިސްލާމް ދީންގެ ބެލެނިވެރިޔަކީ ދިވެހި ސަރުކާރު ކަމަށާއި ނަމަވެސް އެމްޑީޕީގެ ސަރުކާރުން ބޭނުން ވަނީ ސަރުކާރުގެ ބެލެނިވެރިކަމުގެ ދަށުން އިސްލާމް ދީން ނެރެ ބޭރުކޮށް ދީނަކީ އެމީހަކު ހިތުހުރި ގޮތަކަށް އުޅެން އޮތް އެއްޗަކަށް ހަދަން ކަމަށެވެ. އަދި ދީނީ ކަންކަމަށް ސަރުކާރުން ކުރަމުން އައި ހޭދަތައްވެސް ކުޑަ ކުރަމުން އަންނަ ކަމުގައި އުމަރު ވިދާޅުވިއެވެ.
އެގޮތުން މިސްކިތްތައް މަރާމާތު ކުރުމަށް ކުރާ ޚަރަދު ކުޑަކުރުމާއި ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވާ މީހުންގެ އަދަދު 40 ން 10 ށް ދަށް ކުރުމަކީވެސް ދައުލަތުން އިސްލާމް ދީނަށް ކުރާ ހޭދަކުޑަކޮށް ދައުލަތުގެ ބެލެނިވެރިކަމުން ދީން ބޭރުކޮށްލުމަށް ކުރާ ކަމެއް ކަމުގައި އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މީގެކުރިން ދިވެހިން ކަމެއް ދަމެއް ބޮޑުވާއިރަށް އެންމެ ފުރަތަމަ އަތް ދިއްކޮށްލަނީ މެދުއިރުމަތީގައި ހިމެނޭ އަރަބި ގައުމަކަށް ކަމަށާއި ނަމަވެސް މިސަރުކާރުން އެންމެ ފުރަތަމަ އަތް ދިއްކޮށްލަނީ އިޒްރޭލަށް ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
 

 

 

އެންމެ ފަހުގެ ޙަބަރުތައް

އެންމް މަގުބޫލު ޙަބަރުތައް